ކ. މާލެ
|
9 މެއި 2020 | ހޮނިހިރު 03:06
މެދުގައި ކޭޓީ މިލާ ހުރިއިރު، އޭނާ ވަނީ ގިނަ ނޫސްވެރިންނާ ބައްދަލުވެފައި
މެދުގައި ކޭޓީ މިލާ ހުރިއިރު، އޭނާ ވަނީ ގިނަ ނޫސްވެރިންނާ ބައްދަލުވެފައި
-
އެމެރިކާގައި ކޮވިޑް-19 ފެތުރުން
އެމެރިކާގެ ނައިބް ރައީސް ޕެންސްގެ ޕްރެސް ސެކްރެޓަރީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
 
ޓްރަންޕްގެ ޕާސަނަލް ބޮޑީގާޑެއް ވެސް ކޮވިޑް-19ށް ޕޮޒިޓިވްވެފައިވޭ
 
ނޫސްވެރިން ޓެސްޓު ކުރުމުގެ މަގުފަހި ކޮށްދޭނެ ކަމަށް ވައިޓް ހައުސްއިން ބުނެފައިވޭ
 
ނައިބް ރައީސް ޕެންސް އާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވޭ

އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ މިލަރ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ ވައިޓް ހައުސްގައި ރިޕަބްލިކަން ޕާޓީ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ. މިލަރއާ ޓްރަމްޕް ބައްދަލުވެފައިނުވި ނަމަވެސް ނައިބް ރައީސް ޕެންސް އާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ކޭޓީ މިލަރ ވަނީ ޕްރެސްގެ ގިނަ ބަޔަކާ ބައްދަލުވެފައި ކަމަށާއި، އެހެންކަމުން ގިނަ ނޫސްވެރިންތަކެއް ޓެސްޓު ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ސީއެންއެންގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓް ޖިމް އަކޯސްޓަރ ގޮވާލާފައި ވެއެވެ.

ކެޓީ މިލަރ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ޓްރަމްޕް ގެ ޕަރސަނަލް ބޮޑީގާޑުންގެ ތެރެއިން މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މިކަމާއި ގުޅިގެން ޓްރަމްޕް ވަނީ އަނެއްކާ ވެސް ކޮވިޑް-19 އަށް ޓެސްޓުކޮށްފަ އެވެ. މިހާތަނަށް އެ ޓެސްޓުގެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް