ކ. މާލެ
|
9 މެއި 2020 | ހޮނިހިރު 03:25
އދ.ގެ ސަލާމަތި މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން
-
ހަނގުރާމަ ހުއްޓުވުމަށް ކުރާ މަސައްކަތް
ހަނގުރާމަތައް ހުއްޓުވުމަށް ސަލާމަތީ މަޖިލީހުން ފާސް ކުރަން އުޅުނު ގަރާރު އެމެރިކާއިން ވީޓޯކޮށްފި
 
އދ. ގެ ސެކެޓްރީ ޖެނެރަލް ގުޓޭރެސް ވަނީ ހަނގުރާމަތައް ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލާފައި
 
އެމެރިކާއިން ވަނީ މި ގަރާރުގައި ފުށުއެރުންތަކެއް ހުރިކަމަށް ބުނެ ވޯޓަށް އެހިޔަ ނުދީ ހުއްޓުވާފައި
 
މިއީ ކޮވިޑް-19އަށް ފޯކަސް ކުރުމަށް ފުރުސަތު ހޯދަ ދިނުމުގެ ގޮތުން ފާސް ކުރަން އުޅުނު ގަރާރެއް

ހަނގުރާމަތައް ހުއްޓުމަކަށް ގެނައުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ފާސް ކުރަން އުޅުނު ގަރާރު އެމެރިކާއިން ވީޓޯކޮށްފި އެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހުކުރު ދުވަހު އދ. ގެ ސަލާމަތީ މަޖިލީހުން ވޯޓަށް އަހަން އުޅުނު މި ގަރާރަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި، ހަމަލާތައް ވަގުތީ ގޮތުން ހުއްޓުމަކަށް ގެނެސް، ސަރުކާރުތަކަށް ކޮވިޑް-19 އަށް ފޯކަސް ކުރުމަށް ފުރުސަތު ހޯދަ ދިނުމުގެ ގޮތުން ފާސް ކުރަން އުޅުނު ގަރާރެކެވެ.

މާޗް މަހުން ފެށިގެން މަޝްވަރާ ކުރަމުން އަންނަ މި ގަރާރުގައި ފުށުއެރުންތަކެއް ހުރިކަމަށް ބުނެ އެމެރިކާއިން ވަނީ މި ގަރާރު ވީޓޯކޮށްފަ އެވެ.

އެމެރިކާގެ މިހާރުގެ ސަރުކާރާ އދ. ގެ ގުޅުން ހީނަރުވެފައިވާއިރު، މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ކޮވިޑް-19 ގެ ކަންތަކުގައި ޑަބްލިޔުއެޗްއޯ އިން އަމަލުކޮށްފައިވަނީ ދެފުށް ފެންނަ ގޮތަށް ނޫން ކަމަށާއި، ފިޔަވަޅުތައް އަޅާފައިވަނީ ހަމަހަމަ އުސޫލަކުން ނޫން ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

އަދ. ގެ ސެކެޓްރީ ޖެނެރަލް ވަނީ މި ބަލިމަޑުކަން ދުނިޔެއަށް ފެތުރެން ފެށުމާއެކު ހަނގުރާމަތައް ހުއްޓާލުމަށް ގޮވާލައްވާފަ އެވެ. ގުޓޭރެސް ވިދާޅުވީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިންގަމުން ހަމަލާތައް ހުއްޓުވައި، ހަނގުރާމާގެ ސަބަބުން ވީރާނާ ވެފައިވާ ގައުމުތަކުން ވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށެވެ. އަދި މިއީ އެކަން ކުރަން އެންމެ ރަނގަޅު ދަނޑިވަޅު ކަމަށް ވިދާޅުވެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
20%
0%
0%
80%
0%
0%
ކޮމެންޓް