ކ. މާލެ
|
9 މެއި 2020 | ހޮނިހިރު 03:14
އައިއެސްގެ ޖަމާއަތްތަކުގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތަކުގައިވޭ
އައިއެސްގެ ޖަމާއަތްތަކުގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތަކުގައިވޭ
އަލްޖަޒީރާ
އައިއެސްގެ ހަރަކާތްތައް
ކޮވިޑް-19ގެ މިދަނޑިވަޅުގައި އައިއެސްގެ ޖަމާއަތް ވަރުގަދަ ކުރަނީ!
 
އައިއެސްއިން އަންނަނީ ޖަމާއަތް ވަރުގަދަކުރުމަށް މަޝްވަރާތައް ކުރަމުން
 
ހުރިހާ ގައުމުތަކުން މިކަމަށް ސަމާލުކަން ދޭން ޖެހޭ: މައިކަލް ބެޗްލެޓް
 
އާންމުންނަށް ދޭ ހަމަލާތައް ވަނީ އިތުރުވެފައި

އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކޮވިޑް-19 ލޮކްޑައުންގެ ބޭނުން ހިފައި، ޖަމާއަތް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ޗީފް މައިކަލް ބެޗްލެޓް އާ ހަވާލީ އަލް އަރަބިއްޔާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ގައުމުތައް ހުއްޓުމަކަށް އައިސްފައިވާއިރު، އައިއެސް ޖަމާއަތުން ދަނީ އާންމުންނަށް އަމާޒުކޮށްދޭ ހަމަލާތައް އިތުރު ކުރަމުންނެވެ. އަދި އެމީހުން މިކަން ކުރަނީ ކޮވިޑް-19 ގެ ސަބަބުން ސަރުކާރުތަކުގެ ފޯކަސް ވައިރަހަށް ހުއްޓިފައިވާ ދަނޑިވަޅުގެ ނާޖައިޒު ފައިދާ ނަގައިގެންނެވެ،

މައިކަލް ވިދާޅުވީ ސީރިއާ ފަދަ ގައުމުތަކުގައި އައިއެސްގެ އެކި ގޮފިތަކުގެ މެދުގައި މަޝްވަރާތައްކޮށް، އެ ޖަމާއަތް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ. އެގޮތުން އައިއެސްގެ އެކި ގޮފިތަކުގައި އުފެދިފައިވާ މައްސަލަތައް ހައްލުކޮށް އެކަތިގަނޑަކަށްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް މައިކަލް ވިދާޅުވި އެވެ.

މައިކަލް ވިދާޅުވީ ކޮވިޑް-19އަށް މުޅި ދުނިޔެ ހުއްޓިފައި އޮތް ނަމަވެސް އައިއެސް އިތުރަށް ބާރުވެރިވުމަށް ފުރުސަތު ނުދިނުމަށް ގައުމުތަކުން ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
13%
38%
0%
38%
0%
13%
ކޮމެންޓް