ކ. މާލެ
|
8 މެއި 2020 | ހުކުރު 09:36
ނިއުޔޯކްގައި މީހަކު ސަބްވޭއަށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްކުރަނީ
ނިއުޔޯކްގައި މީހަކު ސަބްވޭއަށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްކުރަނީ
ރޮއިޓަރސް
ކޮވިޑް-19: އެމެރިކާގެ ހާލަތު
އެމެރިކާގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 75،000:ށް ވުރެ މައްޗަށް އަރައިފި
 
ޓެކްސަސް، ވަރޖީނިއާރ، މެރީލޭންޑް، ފަދަ ސިޓީތަކުގަ ވައިރަސް ޖެހޭ މީހުންގެ އަދަދު ގިނަ
 
ނިއު ޔޯކާއި ނިއުޖަރޒީގައި ވައިރަސް ޖެގޭ މީހުންގެ އަދަދު ވަނީ ދަށަށްދާން ފަށާފަ
 
އޭޕްރީލް މަހުގެ 15 އިން ފެށިގެން ކޮންމެ ދުވަހަކު އެވްރެޖްކޮށް 2000 މީހުން މަރުވޭ

ކޮވިޑް-19 ޖެހިގެން އެމެރިކާގައި މަރުވި މީހުންގެ ޢަދަދު 75،000ށް ވުރެ މައްޗަށް އަރައިފިއެވެ.

އެމެރިކާގައި ވައިރަސް ޖެހިގެން މަރުވާ މީހުންގެ ޢަދަދުތައް މައްޗަށްދާއިރު އެޤައުމުގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް މަޑުމަޑުން ލުއިދިނުމަށް އެކި ފިޔަވަޅުތަކެއް ވަކިވަކިން އެނގޭގޮތަށް ގައިޑްލައިނެއް މިހާރު ވަނީ އެކުލަވާލާފަ އެވެ.

އެމެރިކާގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅު ތަކާއެކުވެސް މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު އެވްރެޖްކޮށް 2000 މީހުން އަންނަނީ މަރުވަމުންނެވެ.

އެމެރިކާގައި ވައިރަސް ޖެހިފައިވާ މީހުންގެ ޢަދަދު ވަނީ 1.2 މިލިއަނަށް އަރާފަ އެވެ. އެމެރިކާގައި މިހާތަނަށް އައިއިރު އެންމެ ގިނަ ޢަދަދެއްގެ ބަޔަކަށް ވައިރަސް ޖެހިގެން ރިޕޯޓުކުރަމުން އައި ނިއު ޔޯކާއި ނިއުޖަރޒީގައި ވައިރަސް ޖެގޭ މީހުންގެ ޢަދަދު ވަނީ ފާއިތުވި ހަފުތާތަކުގައި ދަށަށްދާން ފަށާފައެވެ. އެހެންނަމަވެސް ޓެކްސަސް، ވަރޖީނިއާރ، މެރީލޭންޑް، އިލިނޯއީ، މިނެސޯޓާ، ޓެނީސީ، ވިސްކޮންސިން ގައި ވައިރަސް ޖެހޭ މީހުންގެ ޢަދަދުތައް އަންނަނީ މަތިވަމުންނެވެ.

އެމެރިކާގެ ޞިއްޙީ މާހިރުން ލަފާކުރާގޮތުގައި އެޤައުމުގައި ވައިރަސް ޖެހިގެން މަރުވާާމީހުންގެ ޢަދަދު ހޫނުގަދަ މޫސުމަށްފަހު އަނެއްކާވެސް މައްޗަށްދާނެއެވެ. އެއީ ގޭގައި ތިބުމަށް މިހާރު އަންގާފައިވާ އެންގުންތައް އުވާލާ ރެސްޓޯރެންޓްތަކަށް ދިޔުމާއި ޖިމްތަކަށް ދިޔުމުގެ ހުއްދަ ދިނުމާއެކު އަނެއްކާވެސް މީހުން ބައްދަލުވެ އެޢަދަދުތައް މައްޗަށްދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަނެއްކޮޅުން ވޮޝިންގްޓަން ޔުނިވަރސިޓީން މީގެކުރިން ހެދި ދިރާސާގައި އަންދާޒާކޮށްފައިވާ ޢަދަދުތައް ވަނީ މިހާރު ދެގުނަ ކޮށްފައެވެ. ކުރިން އޮގަސްޓް މަސް އަންނަންވާއިރަށް އެމެރިކާގައި 60،000 މީހުން މަރުވާނެކަމަށް އަންދާޒާކޮށްފައި ވީނަމަވެސް މިހާރު އެޔުނިވަރސިޓީން އަންދާޒާކުރަނީ އޮގަސްޓް މަހުގެ 4 ވަނަ ދުވަހާ ހަމައަށް އެޤައުމުގައި މަރުވާ މީހުންގެ ޢަދަދު 134،000ށް އަރާނެކަމަށެވެ. ޓްރަމްޕްގެ ސަރުކާރުން މިހާރު ލަފާކުރާގޮތުގައި މެއި މަސް ނިމެންވާއިރަށް ދުވާލަކު 3000 މީހުން މަރުވާނެއެވެ.

އެމެރިކާގެ ގިނަ ސްޓޭޓްތަކުން އަންނަނީ ފުރަބަންދުގެ ޙާލަތު އުވާލާ ޢާންމު ހާލަތަކަށް ރުޖޫޢަ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެޤައުމުގައި ވަޒީފާ ގެއްލޭ މީހުންގެ ޢަދަދުތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހާތަނަށް ބަލާއިރު 33.5 މިލިއަން މީހުންގެ ވަޒީފާ ގެއްލިގެން އެކަމުގެ އިނާޔާތް ހޯދަން އެދިފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް