ކ. މާލެ
|
8 މެއި 2020 | ހުކުރު 10:27
ފްރާންސްގެ އިންޓީރިއަރ މިނިސްޓަރ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަނީ
ފްރާންސްގެ އިންޓީރިއަރ މިނިސްޓަރ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަނީ
ރޮއިޓަރސް
ކޮވިޑް-19: ފްރާންސްގެ ހާލަތު
ފުރަބަންދަށް ދޫދިނަސް ފްރާންސްގެ ބޯޑަރުތައް ޖޫން 15އާ ހަމަޔަށް ބަންދު
 
ބޭރުގައި އުޅޭއިރު ފޭސް މާސްކް އަޅަން ވަނީ މަޖުބޫރު ކޮށްފަ
 
ބޯޑަރުތައް ހުޅުވާނީ ޖޫން 15 ވަނަ ދުވަހު
 
މި މަހު 11 އިން ފެށިގެން ޕްރައިމަރީ ސްކޫލްތަކާއި، ބައެއް ފިހާރަތައް އަލުން ހުޅުވާލާނެ

ފުރަބަންދުގެ ޙާލަތާއި ގުޅިގެން ފްރާންސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް މެއި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ލުއިތަކެއް ދޭންފެށިނަމަވެސް އެޤައުމުގެ ބޯޑަރުތައް އަދި ހުޅުވާނުލާނެކަމަށް އެޤައުމުގެ އިންޓީރިއަރ މިނިސްޓަރ ކްރިސްޓޮފް ކެސްޓޭނަރ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކްރިސްޓޮފް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އެންމެ ފުރަތަމަ އަޅާ ފިޔަވަޅަކީ ބޯޑަރުތައް ބަންދުކުރުން ކަމަށާއި އެހެންކަމުން ބޯޑަރުތައް ހުޅުވާލެވޭނީ އަދި ފަހުންކަމަށެވެ. ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމު މުހިންމު ފިޔަވަޅު ދަމަހައްޓަންޖެހޭ ކަމަށާއި އެކަން ބަދަލުނުކުރާނެކަމަށް ކްރިސްޓޮފް ވިދާޅުވިއެވެ. އެގޮތުން ބޯޑަރުތައް ޖޫން މަހުގެ 15 އާ ހަމައަށް ބަންދުކޮށްފައި ހުންނާނެކަމަށް ކްރިސްޓޮފް ވިދާޅުވިއެވެ.

ފްރާންސަކީ ޔޫރަޕުގެ ޤައުމުތަކުގެ ތެރެއިން ކޮވިޑް-19 ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ޤައުމެވެ. އެ ޤައުމުގައި އިޢުލާނުކޮށްފައިވާ ފުރަބަންދަށް މަޑު މަޑުން ދޫދޭން ވަނީ ފަށާފައެވެ. އޭގެ ތެރޭގައި މި މަހު 11 އިން ފެށިގެން ޕްރައިމަރީ ސްކޫލްތައް ހުޅުވުމާއި، ބައެއް ފިހާރަތަކާއި އޮފީސްތައް އަލުން ހުޅުވާލުން ހިމެނެއެވެ. ނަމަވެސް ބޭރުގައި އުޅޭއިރު އަދި ވަކިން ޚާއްޞަކޮށް ބަހުގެ ޚިދުމަތް ހޯދާއިރު ފޭސް މާސްކް އަޅަން ވަނީ މަޖުބޫރު ކޮށްފައެވެ.

ފްރާންސްގައި މިހާތަނަށް 174,791 ވައިރަސް ޖެހިފައިވާއިރު 25,987 މީހުން ވަނީ މަރުވެފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް