ކ. މާލެ
|
8 މެއި 2020 | ހުކުރު 02:24
\"ސެލްފް-ސްޓެރެލައިޒޭޝަން\" ގޭޓް އަޖުމަ ބެލުމުގެ މަރުޙަލާގެ ތެރެއިން
"ސެލްފް-ސްޓެރެލައިޒޭޝަން" ގޭޓް އަޖުމަ ބެލުމުގެ މަރުޙަލާގެ ތެރެއިން
ސައުދީ ގެޒެޓް
ކޮވިޑް-19: ޙަރަމްފުޅު ރައްކާތެރިކުރުން
ޙަރަމްފުޅުގައި އަމިއްލައަށް 'ސްޓެރެލައިޒް' ކުރެވޭ ގޭޓެއް ގާއިމުކޮށްފި
 
ތަރމަލް ކެމެރާގެ އެހީގައި 6 މީޓަރު ދުރުގައި ހުންނަ މީހެއްގެ ހަޑިގަނޑުގެ ފިނިހޫނުމިން ބަލާލެވޭ
 
ގޭޓުގަ ލޯޑްކޮށްފައި ހުންނަ ސެނިޓަައިޒަރ ސްޕްރޭ ބޭނުންކޮށްގެން މީހާ ސްޓެރެލައިޒް ކޮށްދޭ
 
މިއީ، އެންމެ ފަހުގެ ޒަމާނީ ޓެކްނޯލޮޖީ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ގޭޓެއް

ސަޢުދީ ޢަރަބިއްޔާގެ މައްކާގައި ހުންނަ މަސްޖިދުލް ޙަރަމް (ޙަރަމްފުޅު) ގައި އަމިއްލައަށް "ސްޓެރެލައިޒް" ކުރުމުގެ ޤާބިލުކަން ލިބިގެންވާ އިލެކްޓްރޯނިގް ގޭޓެއް ޤާއިމުކޮށް ރަސްމީކޮށް އިފުތިތާޙު ކޮށްފިއެވެ.

ސައުދީ ރަސްކަމުގެ ދަރުބާރުގެ އަމުރުގެ މަތިން މި ގޭޓް އަޖުމަ ބެލުމަށްފަހު، ޤާއިމުކުުރުމުގެ ހުރިހައި މަރުޙަލާއެއްގެ މަސައްކަތްތައް ކުރިޔަށް ގެންދިޔައީ އެޤައުމުގެ "ދަ ޖެނެރަލް ޕްރެސިޑެންސީ ފޮރ ދަ އެފެއަރޒް އޮފް ދަ ގްރޭންޑް މޮސްކް އެންޑް ދަ ޕްރޮފެޓް މޮސްކް އިންނެވެ. މިއީ މައްކާގައި ހުންނަ މަސްޖިދުލް ޙަރަމްއާއި، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ ބަލަހައްޓާ ރައްކާތެރި ކުރުމުގެ ހުރިހައި ޒިންމާއެއް އުފުލަމުންދާ ރަސްމީ އިދާރާއެވެ.

ޙަރަމްފުޅަށް ވަންނަ މައިދޮރާށި ހުންނަ ޞަރަޙައްދުގައި ޤާޢިމުކުރި މި ގޭޓަކީ އެންމެ ފަހުގެ ޒަމާނީ ޓެކްނޯލޮޖީ ބޭނުން ކޮށްގެން ފަރުމާ ކޮށްފައިވާ ގޭޓެކެވެ. އެގޮތުން ގޭޓުން ވަންނަ މީހުން އޭގައި ލޯޑްކޮށްފައި ހުންނަ ސެނިޓަައިޒަރ ސްޕްރޭ ބޭނުންކޮށްގެން ޖަރާސީމު ފިލުވާލައެވެ. އަދި އޭގައި އިންސްޓޯލްކޮށްފައިވާ ތަރމަލް ކެމެރާއިން 6 މީޓަރު ދުރުގައި ހުންނަ މީހެއްގެ ހަޑިގަނޑުގެ ފިނިހޫނުމިން ބަލާލެވެއެވެ. އަދި އޭގައި ހަރުކޮށްފައިވާ ސްމާޓް ސްކްރީން ބޭނުން ކޮށްގެން އެއްފަހަރާ ގިނަ ބައެއްގެ ހަށިގަނޑުގެ ހޫނުމިން ރިކޯޑު ކޮށްލެވެއެވެ.

ޙަރަމްފުޅުގައި އަމިއްލައަށް ސްޓެރެލައިޒްކުރުމުގެ ޤާބިލުކަން ލިބިގެންވާ ގޭޓެއް ޤާއިމުކޮށްފައި މިވަނީ ސައުދީ ސަރުކާރުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ. އަދި މިއީ ޙަރަމްފުޅު ޢާންމުންނަށް ބަަންދުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް އެޤައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ހުޅުވާލާއިރު ޙަރަމްފުޅަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ޤާއިމުކުރި ގޭޓެކެވެ. ހަމަ އެއާއެކު ޙަރަމްފުޅުގެ ތެރޭގައި ވައިރަސް ފެތުރިޔަ ނުދިނުން މިއީ ވެސް މައިގަނޑު އެއް ސަބަބެވެ.

ކޮވިޑް-19 ސަޢުދީ ޢަރަބިއްޔާގެ ގިނަ ޞަރަޙައްދުތަކުގައި ފެތުރެން ފެށުމާއި ގުޅިގެން ރައްކަތެރިކަމުގެ ގިނަ ފިޔަވަޅުތައް ވަނީ އަޅާފައެވެ. މައި ސިޓީތައް ފުރަ ބަންދުކޮށް، ބައެއް އެހެން ޞަރަހައްދުތަކުގައި ކާފިއުގެ ޢަމުރު އިޢުލާނުކޮށް، މަދަނީ ފުލުހުންނާއި ސަލާމަތީ ބާރުތަކުންދަނީ ފޯރިމަރަމުންނެވެ.

އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، ބުރާސްފަތި ދުވަހު އެޤައުމުން 1,793 މީހުން އަލަށް ވައިރަސްއަށް ޕޮޒިޓިވްވެ، 10 މީހުްނ މަރުވިއެވެ. މިއާއެކު އެޤައުމުން ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 33,731ށް އަރާފައެެވެ. އަދި މަރުވީ މީހުންގެ ޖުމުލައަކީ 219 އެވެ. 25,714 މީހަކަށް މިހާރުވެސް ފަރުވާދެމުންދާއިރު، އޭގެއިން 145 މީހެއްގެ ޙާލު ސީރިއަސްކަން ޑޭޓާތަކުން ދައްކައެެވެ. އަދި ފަރުވާ ދީގެން 7,798 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
84%
4%
0%
4%
8%
ކޮމެންޓް