ކ. މާލެ
|
7 މެއި 2020 | ބުރާސްފަތި 19:11
ލީބިއާގައި ހަރަކާތްތެރިވާ ސިފައިން
ރޮއިޓަރސް
ލީބިއާގައި ދެމުންދާ ހަމަލާތައް
ލީބިއާގެ ނޭޝަނަލް އަރމީން ރޯދަ މަހާ ގުޅިގެން ހިންގާ އޮޕްރޭޝަންތައް މަޑުޖައްސާލައިފި
 
އަވައްޓެރި ގައުމުތަކުން ވެސް ސުލްހަ ގާއިމް ކުރުމަށް ތަކުރާރުކޮށް އެދިފައިވޭ
 
އިންޓަނޭޝަނަލް ކޮމިއުނިޓީތަކުން ހަމަލާތައް މެދުކަނޑާލަން އެދިފައިވޭ

ލީބިއާގެ ނޭޝަނަލް އަރމީ އިން ރޯދަ މަހާ ގުޅިގެން ހިންގާ އޮޕްރޭޝަންތައް މަޑު ޖައްސާލައި، ހަމަލާތައް ދިނުން މެދުކަނޑާލައިފިއެވެ.

ލީބިއާގެ އިރުމަތީގައި ހަރަކާތްތެރިވަމުންދާ ލީބިއަން ނޭޝަނަލް އަރމީގެ ހަނގުރާމަ މަތީގެ ހަރަކާތްތައް މަޑުޖައްސާލަން ނިންމާފައިވާކަން ހާމަކުރީ ލީބިއަން ނޭޝަނަލް އަރމީގެ ސްޕޯކް ޕާރސަން މޭޖަރ ޖެނަރަލް އަހުމަދު މިސްމާރީ ބުދަ ދުވަހު ނޫސްވެރިންނަށް ދިން ޚާއްސަ އިންޓަވިއުއެއްގައެވެ.

މޭޖަރ ޖެނަރަލް ވިދާޅުވި ގޮތުގައި، ވަގުތީ ގޮތުން ހަމަލާތައް މެދުކަނޑާލީ ރޯދަމަހާ ގުޅިގެންނާއި އަދި އިންޓަނޭޝަނަލް ކޮމިއުނިޓީތައް އަދި އަވައްޓެރި ގައުމުތަކުން ހަމަލާތައް މެދުކަނޑާލުމަށް ތަކުރާރުކޮށް އެދެމުންދާތީއެވެ.

މީގެކުރިންވެސް ލީބިއަން ނޭޝަނަލް އަރމީއާ ޓްރިޕޮލީ ހަރަކާތްތެރިވަމުންދާ ގަވާމެންޓް އޮފް ނޭޝަނަލް އެކޯޑްގެ ސިފައިންނާ ދެމެދު ވަނީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުންތަކަށް އައިސްފައެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް އެއްބަސްވުންތަކާ ހިލާފަށް ހަމަލާތައް ބަދަލުކުރަމުން ދެއެވެ.

އެގޮތުން ނިމިދިޔަ މަހު ވެސް މި ދެގުރޫޕްގެ މެދުގައި ވަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް