ކ. މާލެ
|
7 މެއި 2020 | ބުރާސްފަތި 17:56
މިގާރާރު ފާސްކުރުމާ ގުޅިގެން ޓްރަންޕް ބަހުގެ ހޫނު ހަމަލާތަކެއް ދީފައިވޭ
މިގާރާރު ފާސްކުރުމާ ގުޅިގެން ޓްރަންޕް ބަހުގެ ހޫނު ހަމަލާތަކެއް ދީފައިވޭ
ސައުދީ ގެޒެޓް
ޓްރަންޕަށް ލިބޭ ބާރުތައް ހަނިކުރުން
އިރާންގެ މައްސަލާގައި ޓްރަންޕާ ދެކޮޅަށް ފާސްކުރި އިސްލާހު ވީޓޯ ކުރުމަށް ނިންމައިފި
 
ރިޕަބްލިކަން ޕާޓީން ވެސް މިގަރާރަށް ވޯޓު ދިން މެމްބަރުންނަށް ފާޑު ކިޔުއްވާފައިވޭ
 
މިމައްސަލަ އަލުން ވީޓޯކޮށް، ޓްރަންޕާ އެއްކޮޅަށް ބަދަލު ކުރުމަށް ނިންމާފައިވޭ

އިރާންއާ ދެކޮޅަށް ހަނގުރާމައިގެ ބާރުތައް ބޭނުން ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބޭ ބާރުތައް ހަނިވާ ގޮތަށް އެގައުމުގެ ކޮންގްރެސުން ގަރާރެއް ފާސްކޮށްފިއެވެ.

މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މިގާރާރު ފާސްކުރުމާ ގުޅިގެން ރައީސް ޓްރަންޕް ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ކޮންގްރެސްގައި ވޯޓު ދިން މެމްބަރުންނަށް އަމާޒުކޮށްފައެވެ.

އެގޮތުން ޓްރަންޕް ވަނީ މިމައްސަލަ އަލުން ވީޓޯކޮށް، ޓްރަންޕާ އެއްކޮޅަށް ބަދަލު ކުރުމަށް ނިންމާފައެވެ.

މިއީ ޑިމަކްރަޓިކް ޕާޓީގެ މެމްބަރުން ކޮށްފައިވާ ތާކުންތާކު ނުޖެހޭ ކަމެއް. އެމީހުން ނޮވެންބަރު 3 ގައި އޮންނަ އިލެކްޝަން ކާމިޔާބު ކުރުމަށް ރިޕަބްލިކަން ޕާޓީގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް ކޮށްފައިވާ ކަމެއް
ރައީސް ޑޮނަލްޑް ޓްރަމްޕް

ޓްރަންޕް ވަނީ ރިޕަބްލިކަން ޕާޓީން ވެސް މިގަރާރަށް ވޯޓު ދިން މެމްބަރުންނަށް ފާޑު ކިއުއްވާފައެވެ.

މިގަރާރު ވީޓޯ ކުރުމާ ގުޅިގެން ބުރާސްފަތި ދުވަހު އަލުން އަނެއްކާ ވޯޓަށް އެހުމަށް ނިންމާފައިވެއެވެ.

ވީޓޯ ކުރުމަށް ހުޅުވާލާ ފުރުސަތުގައި ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ އޮންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
33%
0%
33%
33%
ކޮމެންޓް