ކ. މާލެ
|
7 މެއި 2020 | ބުރާސްފަތި 15:35
ްގަތަރު އެއަރވޭސްގެ އޭ350 އެއަރބަސް ޖަރުމަންގެ ފްރޭންކްފަރޓް އެއަރޕޯޓުގަ ބަނދަރުކޮށްފައި
ްގަތަރު އެއަރވޭސްގެ އޭ350 އެއަރބަސް ޖަރުމަންގެ ފްރޭންކްފަރޓް އެއަރޕޯޓުގަ ބަނދަރުކޮށްފައި
ސައުދީ ގެޒެޓް
ކޮވިޑް-19- ގަތަރު އެއަރވޭޒް
ގަތަރު އެއަރވޭޒްއިން މުވައްޒަފުން މަދުކުރަނީ
 
ވިޔަފާރި ގެއްލުންވަމުންދާތި ބައެއް ވަޒީފާތައް އުނިކުރަންވެސް ވަނީ ނިންމާފައި
 
ފުރަބަންދާއި ގުޅިގެން ގަތަރު އެއަރވޭސްއަށް ވަނީ ބޮޑެތި ވިޔަފާރި ގެއްލުންތަކާއި ކުރިމަތިވެފައި
 
މުވައްޒަފުން މަދުކުރަން ބުނި ނަމަވެސް ދޫކޮށްލާ މުވައްޒަފުންގެ އަދަދު ހާމަކޮށްފައެއް ނުވޭ

ކޮވިޑް-19 ރޯގާއާއި ގުޅިގެން ގަތަރު އެއަރވޭޒްއަށް ބޮޑެތި ވިޔަފާރި ގެއްލުންތަކާއި ކުރިމަތިލާންޖެހި، މުވައްޒަފުންތަކެއް ދޫކޮށްލަން ނިންމައިފިއެވެ.

ޤަތަރު ސަރުކާރު އެއަރލައިން "ގަތަރ އެއަރވޭޒް" ގެ ޗީފް އެގްޒެކެޓިވް އަކްބަރް އަލް-ބަކަރ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ވައިގެ ދަތުރުގެ ސިނާޢަތައް ކުރިމަތިވެފައިވާ ގެއްލުންތަކާއި އެ ކުންފުނިންވެސް ކުރިމަތި ލާން ޖެހިފައިވާ ކަމަށެވެ. ޤައުމުތައް ފުރަބަންދު ކުރުމާއި ގުޅިގެން އެއަރަލައިންގެ ދަތުރުތައް ހުއްޓި ގިނަ ބޯޓުތައް ބަނދަރުކުރަން ޖެހިފައިވާއިރު، ކައިރި މުސްތަޤުބަލެއްގައި ޙާލަތު ބަދަލު ނުވާނެކަން މިހާރު ކަން ހިނަގމުންދާ ގޮތައް ބަލާލަުމުން ވަޒަންކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މުވައްޒަފުން ދޫކޮށްލުމަށް ގަތަރު އެއަރވޭޒް އިން ނިންމާފައިވާއިރު، މިހާރު ވަނީ ފްލައިޓްތަކުގެ ކެބިން ކްރޫއިންނަށް ނޯޓިސްއެއް ފޮނުވާފައެވެ. ގަތަރު އެއަރވޭޒްގެ ސީއީއޯ ވިދާޅުވީ މުވައްޒަފުން މަދުނުކޮށް ހިފަހައްޓާ ނުލެވޭނެ ކަމަށެވެ. އެހެންކަމުން އޮޕަރޭޝަނަށް އެންމެ މަދު މިންވަރަށް މުވައްޒަފުން ބޭތިއްބުމަށްފަހު އެހެން މުވައްޒަފުން ވަކި އުޞޫލެއްގެ މަތިން ދޫކޮށްލަން ނިންމާފައިވާކަމަށް ވިދާޅުވިއެވެ. މުވައްޒަފުން ދޫކޮށްލަން ނިންމެވިނަމަވެސް، ވަކި ޢަދަދެއް ހާމަނުކުރެއެވެ.

މުވައްޒަފުން ވަކި ކުރުމާއި ބެހޭ ގޮތުން ގަލްފުގެ ގިނަ މީޑިއާތަކުން ދަނީ ގަތަރު އެއަރވޭސްއަށް ސުވާލުތައް ކުރިމަތިކުރަމުންނެވެ. އެހެންނަމަވެސް އެކަމާއި ގުޅެ ތަފުޞީލެއް ހާމައެއް ނުކުރެއެވެ. އެއަރލައިންގެ ތަރުޖަމާނު ވިދާޅުވެފައިވަނީ ސިނާއަތައް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން އެއަރލައިންގެ ވިޔަފާރި ގެއްލުން ނުވާގޮތަކައް މުސްތަޤުބަލަށް ވިސްނާ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަމަށެވެ. އަދި ބައެއް ދާއިރާތަކުން ވަޒީފާވެސް އުނިކުރަން ނިންމާފައިވާކަމަށެވެ.

ގަތަރު އެއަރވޭސްއިން ކެބިންކް ކްރޫއިންނަށް ފޮނުވި ނޯޓިސްގައިވަނީ ކޮންޓްރެކްގައިވާ މުއްދަތައް މުސާރައާއި އިތުރުގަޑީގެ އިނާޔަތައް ވާފައިސާ ލިބޭނެކަމަށެވެ. އަދި މިވަގުތ އަމިއްލަ ޤައުމަށް ދެވެން ނެތް ކްރޫއިންނަށް، ޤައުމަށް އަނބުރާ ދެވެންދެން އުޅޭނެތަނާއި، ޚާއްޞަ އެލަވަންސެއް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދޭނެކަމަށެވެ.

މިދިޔަމަހު ގަތަރު އެއަރވޭސްއިން ވަނީ ތިންމަހުގެ މުދައްތަކައް، ބައެއް މުވައްޒަފުންގެ މުސާރަ %50 ކުޑަކުރަން ޖެހިދާނެކަމަށް ބުނެފައެވެ. ނަމަވެސް އަދި އެކަން އެގޮތައް ކުރިކަމެއް ކަށަވަރެއް ނުވެއެވެ.

ގަތަރު އެއަރވޭސް ހިންގާ ގަތަރު އެއަރެވޭސް ގްރޫޕުގައި މަރޗްމަހު ނެރުނު އެކުންފުނީގެ މާލީ ބަޔާނުން އެނގޭ ގޮތުގައި، އެކުންފުނީގެ އެކި ގޮފިތަކާއި، އެއަރލައިންގެ މުވައްޒަފުންގެ ގޮތުގައި، 46،684 މީހުން އެބަތިބިކަމަށެވެ. މީގެތެރޭގައި ޤަތަރު ނޫން ޤައުމުތަކަށް ނިޞްބަތްވާ ގިނަ ޢަދަދެއްގެ މުވައްޒަފުން ހިމެނެއެވެ.

ގަތަރު އެއަރަވޭސްގެ އިތުރުން ގަލްފުގެ ޤައުމުތަކުގެ ގިނަ އެއަރވޭސްތަކުގެ ދަތުރުތައް ހުއްޓި ވިޔަފާރި ބޮޑެތި ގެއްލުންތަކާއި ވަނީ ކުރިމަތިވެފައެވެ. ހުރިހާ އެއަރ ލައިންތަކަކުންވެސް މިހާރު ކުރަނީ ކާގޯ ފްލައިޓުތަކާއި، އިންސާނީ އެހީގެ ފްލައިޓުތައް އެކަންޏެވެ. އެފްލައިޓުތައް ކުރަނީ ޤައުމުތަކުގެ ސަރުކާރުގެ ޚާއްޞަ ހުއްދައަކާއި އެކުގައެވެ. މި ދަތުރުތަކަކީ އިންސާނީ އެހީގެ ދަތުރުތަކެއްކަމުން މާބޮޑު ފައިދާއެއް ނުލިބެއެވެ. ގިނަ ދަތުރުތައް ކުރަނީ ދައުލަތުން ދޭ އެހީ ހިފައިގެން ކަމުން އެދަތުރުތަކުން އެއްވެސް ނަފާއެއް ނުލިބެއެވެ.

ގަލްފުގެ މައި އެހެން އެއަރލައިންތައް ކަމަށްވާ އިއްތިހާދު އެއަރވޭސްއާއި، އެމިރޭޓްސްއިން ވެސް ވަނީ ވިޔަފާރި ގެއްލުންތަކާއި ގުޅިގެން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އެ އެއަރލައިންތަކުން ބުނެފައިވަނީ ކޮވިޑް-19އާއި ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމަށް މަދުވެގެން ތިން އަހަރު ނަގާނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް