ކ. މާލެ
|
6 މެއި 2020 | ބުދަ 09:54
ލޮނުމެދު- ކެއުމުގައި ލޮނުމެދު ބޭނުން ކުރުމަކީ ގިނަ ފައިދާތަކެއް ލިއްބައިދޭ ކަމެއް
ލޮނުމެދު- ކެއުމުގައި ލޮނުމެދު ބޭނުން ކުރުމަކީ ގިނަ ފައިދާތަކެއް ލިއްބައިދޭ ކަމެއް
ފުޑްނެޓްވާރކް.ކޮމް
ލޮނުމެދުގެ ސިއްހީ ފައިދާތައް
ކޮބާ ލޮނުމެދު ދެކެ ފޫހިވާ ކުދިން ؟
 
ބޮލުން އިސްތަށި ފޭބުން ހުއްޓުވައިދޭ
 
ރޯގާ ތަކުން ސަލާމަތްވުމަށްވެސް އެހީވެދޭ
 
ލޮނުމެދުގައި ކެންސަރާ ހަނގުރާމަކޮށްދޭ މާއްދާތައް ހިމެނޭ

ލޮނުމެދަކީ ދިވެހިންގެ ތެރޭގައިވެސް ކެއުމަށް ބޭނުންކުރާ އެއްޗެކެވެ. އާންމުކޮށް ދިވެހިންގެ ކެއުމުގައި ލޮނުމެދު ބޭނުންކުރަނީ ކައްކައިގެން ނުވަތަ ފިހެގެންނެވެ. ބައެއް މީހުން ރޮލާވެސް ލޮނުމެދުކާއިރު، ކެއުމުގައި އެއްގޮތަކަށްވެސް ލޮނުމެދު ހިމަނަން ބޭނުންނުވާ ބައެއް މީހުންވެސް އުޅެއެވެ. ނަމަވެސް ލޮނުމެދަކީ ކިހައި ފައިދާހުރި އެއްޗެއްކަން އެނގޭހެއްޔެވެ؟

ހިތުގެ ބަލިތަކުން ދުރުކޮށްދޭ

ލޮނުމެދަކީ ހިތުގެ ބަލިތަކުން ދުރުކޮށްދޭ އެއްޗެކެވެ. އެގޮތުން ލޭނާރުތައް ބްލޮކްވުމާއި، ލޭހޮޅިތަކުގައި ކޮލެސްޓްރޯލްއާއި ފެޓް ގަނޑުވެފައި ހުރުންފަދަ ކަންކަން ދުރުކޮށްދެއެވެ. އަދި ލޭގެ ޕްރެޝަރ ބޭނުންވާ މިންވަރަށް ދަށްކޮށްދީ ޑައިބެޓީސްއިންވެސް މީހާ ދުރުކޮށްދިނުމުގައި ލޮނުމެދުގައި އެކުލެވޭ މާއްދާތައް އެހީވެދެއެވެ. އެގޮތުން ލޭގެ ޕްރެޝަރ މަތިވުމާއި، ހަކުރުބަލީގެ ސަބަބުން ދިމާވާ ހިތުގެ މައްސަލަތައް އޭގެ ސަބަބުން ކުޑަކޮށްދެއެވެ.

ކެންސަރާ ހަނގުރާމަކޮށްދޭ މާއްދާތައް ހިމެނޭ

ލޮނުމެދުގައި އެކުލެވޭ ބައޯ-އެކްޓިވް ސަލްފަރ މާއްދާތަކުގެ ސަބަބުން ކެންސަރު ސެލްތަކާއި ހަނގުރާމަކޮށް، ކެންސަރުން ދިފާއުވުމަށް އެހީތެރިވެދެއެވެ. އަދި ކެންސަރުގެ އެކި ސްޓޭޖުތަކުގައި ކެންސަރ ސެލްތަކުން ހަށިގަނޑު ދިފާޢުކޮށްދިނުމުގައި މި މާއްދާތައް އެހީވެދެއެވެ. ޚާއްސަކޮށް ގިނައިން ލޮނުމެދު ކާ މީހުންނަށް ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭކަމަށް ގްލޯބަލް ރިސަރޗް އޭއައިސީއާރް ރިޕޯޓުން ދައްކައެވެ.

އޭގެ އިތުރުން، ލޮނުމެދު ޗަސްކުރުމުން ނުވަތަ ކޮށުމުން އެއިން އުފެދޭ "އެލިސިން" ނަމަކަށް ކިޔާ މާއްދާއެއްގެ ސަބަބުންވެސް، ހަށިގަނޑުގައި އުފެދޭ ކެންސަރ ސެލްތަކުގެ އުފެދުމަށް ހުރަސް އަޅައެވެ.

ލޮނުމެދު ޗަސްކުރުމުން ނުވަތަ ކޮށުމުން އެއިން "އެލިސިން" ނަމަކަށް ކިޔާ މާއްދާއެއް އުފެދޭ

ރޯގާ ތަކުން ސަލާމަތްވުމަށްވެސް އެއްވަނަ

މުޅި ދުނިޔޭގައި ރޯގާގެ ބަލިމަޑުކަން ފެތުރެމުންދާއިރު، ލޮނުމެދަކީ އެކި ކަހަލަ ރޯގާތަކުން ސަލާމަތްވުމަށްވެސް އެހީތެރިވެދޭ އެއްޗެކެވެ. އެގޮތުން ލޮނުމެދުގައި ހިމެނޭ އެންޓި-މައިކްރީބިއަލް، އެންޓި-ވައިރަލް އަދި އެންޓި-ފަންގަލް މާއްދާތަކުގެ ސަބަބުން އާންމުކޮށް ޖެހޭ ރޯގާތަކުން މީހާ ސަލާމަތްކޮށްދެއެވެ.

ނަތީޖާއެއްގެ ގޮތުން ވައިރަލްހުމާއި، އަރިދަފުސްރޯގާ ފަދަ ބަލިމަޑުކަމުން އަރައިގަތުމަށް ލޮނުމެދުގެ ސަބަބުން އެހީއަކަށްވެއެވެ.

އޭގެ އިތުރުންވެސް ގިނަ ފައިދާތަކެއް ލޮނުމެދުގެ ސަބަބުން ލިއްބައިދޭއިރު، ބޮލުން އިސްތަށި ފޭބުން ހުއްޓުވުމާއި، ބޮލަށް އެނބުރުމާއި ހަށިގަނޑު ލޮޑުވުން ފަދަ ކަންކަމުންވެސް ދުރުކޮށްދޭކަމަށް ދިރާސާތަކުން ދައްކައެވެ.

ލޮނުމެދުގައި އެކުލެވޭ ސަލްފަރގެ މާއްދާތަކުގެ ސަބަބުން ލޮނުމެދުގައި އާދަޔާޚިލާފު ގަދަ ވަހެއް ހުރި ނަމަވެސް، މިއީ ސިއްޙީ ގޮތުން ނުހަނު ފައިދާލިއްބައިދޭ އެއްޗެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
6%
65%
6%
6%
6%
12%
ކޮމެންޓް