ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
އިޝާން ލަވަކިއުން ހުއްޓާލުން

ލަވަކިއުމަކީ ފޮނިކެނޑުމެއް، އެކަމުން ވަރަށް ބޮޑަށް ހިތްނުތަނަވަސް ކުރުވާ: އިޝާން

  • މުއިޒިކީ ދުނިޔޭގައި ދީނާ ދުރުވި
  • މިކަމުން ދުރަށް ދިއުމަށް ވަރަށް މަސައްކަތް ކުރިން
  • ގިނަ ބައެއްގެ ތައުރީފް އިޝާންއަށް ލިބޭ

ކ. މާލެ | 5 މެއި 2020 | އަންގާރަ 21:44 | 7,109

ގިނަ ބައެއްގެ ލޯބި ލިބިފައިވާ އިޝާން - ސޯޝަލް މީޑިއާ

އެއީ މީގެ ހަތަރު އަހަރު ކުރިއެވެ. މުޅި ދުނިޔެ އަށް މަޝްހޫރު ފްރެންޗައިސް 'އެމެރިކަން އައިޑޮލް" ރާއްޖެ އައިސް 'މޯލްޑިވިއަން އައިޑޮލް" ގެ ގޮތުގައި ދިވެހިންނާ ބައްދަލުކުރި އެވެ. ހުރިހާ ދިވެހިންގެ ލޯ އަމާޒުވި އެ ޝޯގެ ފުރަތަމަ ސީޒަނުގެ ތިން ވަނަ ހޯދި މުހައްމަދު އިޝާން ވެގެންދިޔައީ، އެތައް ބަޔެއްގެ ލޯބި ލިބުނު ފަންނާނަކަށެވެ. އެ ޝޯ އަށް ފަހު އޭނާގެ ތަރި ދިވެހި މިއުޒިކީ ޖަށްވުގައި ބަބުޅަމުން ދިޔަ އެވެ. އޭނާ ހުރީ ނުގުޑާ ފަދަ އަޒުމެއްގައި ދާއިރާ އިން ކުރިއަށް ދިއުމުގެ އަމާޒުގަ އެވެ.

އެކަމަކު މިއަދު ކުއްލިއަކަށް ދިވެހިންނަށް އިވުނީ އޭނާ މިއުޒިކާ ދުރުވެ ލަވަކިޔުން ހުއްޓާލި ހަބަރެވެ. މިއުޒިކުން ހަގީގީ ހިތްހަމަޖެހުން ނުލިބޭ ކަމަށް ބުނެ އޭނާ އެ ދާއިރާ ދޫކޮށްލުމުން އެތައް ބަޔެއްގެ ތައުރީފާއި ލޯބި އޭނާ އަށް އޮހުނެވެ. އޭގެ ތެރޭގައި މަޝްހޫރު ދީނީ އިލްމުވެރިން ވެސް ހިމެނެއެވެ. އެތައް ބަޔެއްގެ ހިތް އަތުލުމަށް ފަހު، މިއުޒިކާ ދުރުވެ، މިހާރު ދީނީ ކަންކަމުގެ އިސް ސަފުން ފެންނަ އަލީ ރަމީޒް ވެސް އޭނާ އަށް ތައުރީފް ކުރި އެވެ.

މިދާއިރާ އިން ދުރަށް ދިޔަ ސަބަބާ ބެގޮތުން އަލީ ރަމީޒު އަށް އޮންލައިންކޮށް ދިން އިންޓަވިއުއެއްގައި އިޝާން ބުނީ 'މިއުޒިކަކީ ކާނާއެއް ކަމަށް ހީވުމަކީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށާއި، އެކަމުގެ ސަބަބުން ހިތް ވަރަށް ބޮޑަށް ނުތަނަވަސް ކުރުވި" ކަމަށެވެ. އަދި ކުރިން ވެސް ލަވައާ މިއުޒިކުން ދުރަށް ދާން ބޭނުންވި ކަމަށާއި، މިނިންމުން ނިންމުނީ ވަރަށް އުދަނގުލުން ކަމަށް ވެސް އޭނާ ބުންޏެވެ.

މިއުޒިކުގެ މަސްތުގައި ޖެހިފައި ހުރި ދުވަސްތަކުގައި ދީނީ ކަންކަމާ އޭނާ ވަރަށް ބޮޑަށް ދުރަށް ދިޔައެވެ. މިސްކިތާ ދުރަށް ވެސް މެ އެވެ. އޭގެ ސަބަބުން ހިތަށް ގެނުވާ ނުތަނަވަސްކަމުގެ ސަބަބުން އިސްލާމް ދީން އުގެނެންފެށިއެވެ. ދެބައި އެއްވަރަކަށް ބެލެންސްކޮށް އުނގެނެން ފެށުމުން ހިތް ނުތަވަނަސްވާ ގޮތްވެ އަމިއްލަ ސިކުޑިން ވިސްނި ބިރުގަތެވެ. އަދި ދުނިޔެއަކީ ބޭނުންހާ ގޮތަކަށް އުޅުމަށްފަހު ދާން އޮތްތަނެއް ނޫންކަން ވިސްނުނެވެ.

އެއީ ރޯދަ މަހެއް. އޭރު އިޝާން މެން އުޅުނީ ރިސޯޓެއްގައި. ބޭންޑް އެއްކޮށް ގޮސްގެން އެކަމުގައި އުޅުނީ. ހެނދުނު ހޭލައިގެން ރޯދަ ވީއްލަން ދެން ވަރަށް އުފާވެރި މޫޑެއްގައި ހުންނަނީ. އެކަމަކު ރޭގަނޑު ޝޯ ނިންމާފަ އެބައާދޭ ހިތް ނުތަނަވަސް ކަމެއް

~ މުހައްމަދު އިޝާން

މިއުޒިކަކީ ހިތްހަމަ ޖެހުމެއްކަމަށް ބުނާ މީހުންނަށް ޚާއްސަ މެސެޖެއް ދެމުން އިޝާން ބުނެފައިވަނީ ހަގީގީ ހިތްހަމަޖެހުން ނުލިބޭ މީހަކަށް އެއީ ހިތްހަމަ ޖެހުމެއް ކަމަށް ހީކުރެވިދާނެ ކަމަށެވެ. ފާފައަށް އިންސާނާގެ ހިތް އެދޭނެކަން ފާހަގަކޮށް އިޝާން ބުނެފައިވަނީ މާތްﷲއަށް ޓަކައި އެކަމެއް ދޫކޮށްލުން އެއީ މާ ބޮޑު ހިތް ހަމަޖެހުމެއް ކަމަށެވެ. ކޮންމެ މީހެއްގެ އަތުގައި ވެސް އިހުތިޔާރު އޮންނާނެ ކަމަށާއި، މި އިމްތިހާނުން ފާސްވުމަށް ގަދައަޅާ މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި މިއުޒިކަށް ހިތް އެދުނުކަމުގައި ވިޔަސް އިސްލާމްދީނުގައި ހަރާމް ކަމަކަށްވާތީ މާތް ﷲއަށްޓަކައި ނަފްރަތު ކުރަންޖެހޭ އިޝާން ބުނެފައިވެއެވެ.

މިއުޒިކުން މީހާއަށް ގެނައުވާ އިހުސާސް އެއީ ވަރަށް ފޮނި އުންމީދު ކުރެވޭ އެއްޗެއް. ވަރަށް ގިނަ ބައެއްގެ ކުރިމަތީގައި ހުނަރު ދައްކާލެވޭ، ވަރަށް ގިނަ ބަޔަކު ހިތް އެދޭ ގޮތަށް. (އެކަމަކު) ފޮނިކެނޑުން އޭގެ އަސްލު މައިގަނޑު މަގުސަދަކީ. ދެން މިއުޒިކާ ދުރުވީމަ، ދެން އަންނަން އޮތް ދުނިޔޭގައި އަހަރުމެންނަށް އުޅޭނެ ފޮނިކަން ނޭނގޭހާ ހިނދެއްގައި ފޫހިނުވާނެ. އެއީ މާގިނަ ސަޕޯޓަރުން މާވަރުގަދަ ސަޕޯޓަރުން މުއްސަންދިކަމެއް އަޅުގަނޑުމެންނަށް ލިބޭނެ. ސައްހަ މައުލޫމާތު ލިބިގެން ނޫނީ ޝައިތޯނާގެ މަޅިން ނުނެއްޓޭނެ.

~ މުހައްމަދު އިޝާން

އިޝާން ކިޔާދިން ގޮތުގައި ލަވަކިޔާ އޭނާގެ ގިނަ ރައްޓެހިން ވެސް މިއުޒިކް ހަރާމް ކަމަށް ގަބޫލު ކުރެއެވެ. ހުއްޓާލުމަށް މަސައްކަތް ކުރި ނަމަވެސް ކާބިޔާބު ނުވަނީއެވެ. އިޝާން ލަވާއާ މިއުޒިކުން ދުރަށް ދިއުމަށް ކުރި މަސައްކަތާއި، ނިންމުމަށް ރައްޓެހިންގެ ވެސް އެއްބާރުލުން ލިބިގެންދިޔަކަން އިޝާން ފާހަގަކޮށްފައިވެއެވެ.

ކުރީގެ ލަވަ ކިއުންތެރިޔާ އަލީ ރަމީޒު، އިޝާންއަށް ހިތްވަރު ދެނީ

ލަވައާ މިއުޒިކުން ދުރުވާން އެދޭނަމަ ގަދައަޅާ މަސައްކަތް ކުރުމަށް އިޝާން އެދިފައިވެއެވެ. ލަވައާ މިއުޒިކް ދާއިރާއިން ކުރިއަށް ދިއުމަށް ކުރި ބުރަ މަސައްކަތް ހަނދާންކޮށް ދުރަށް ދިއުމަށް ވެސް އެއަށްވުރެ ބޮޑަށް މަސައްކަތް ކުރުމުން ކާމިޔާބު ވާނެ ކަމަށް ބުނެފައިވެއެވެ.

އިޝާންގެ މިނިންމުމަށް ސާބިތުކަން ދެއްވުން އެދިދުއާކޮށް އަލީ ރަމީޒު ވަނީ ދީނީ އިލްމުވެރިންނަށާއި، ދީންގެ ދެކެ ލޯބިވާ ރައްޓެހިންނާއެކު އުޅުމަށް ވެސް އިލްތިމާސްކޮށްފައެވެ. އަދި މިއީ ސާބިތުވެ ހުރިމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.