އާދީއްތަ 24 ޖެނުއަރީ 2021
6 ހުވަން
1442 ޖުމާދުލް އާހިރަތު 10
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
"ނާމް ޝަބާނާ"

ނާމް ޝަބާނާ އެހާ ކާމިޔާބެއެް ނޫން

  • ކުރިއަށް އޮތް ދުވަސްތަކުގައި މި ފިލްމަށް މިއަށްވުރެ ބޮޑު ތަރުހީބެއް ލިބޭނެ

ކ. މާލެ | 3 އޭޕްރިލް 2017 | ހޯމަ 17:11 | 5,188

ހިންދީ ފިލްމު ޝިބާނާގެ މަންޒަރެއް - ބޮލީވުޑް ހަންގާމާ

އަންހެނުންގެ ބާރުވެރިކަން ދައްކުވައިދޭ އެއް ފިލްމު ކަމަށްވާ "ނާމް ޝަބާނާ" އެހާ ބޮޑު ކާމިޔާބެއް ނުލިބުނެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި މި ފިލްމަށް އެދުވަހުގައި ލިބުނީ 50 މިލިއަން ރުޕީސްއެވެ. އަދި ދެވަނަ ދުވަހު 60 މިލިއަން ރުޕީޒްއެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މި ފިލްމަށް މިއަށް ވުރެ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ލަފާކުރާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ފިލްމު "ޕިންކް" އަށް އަމާޒުވި ފާޑުކިއުންތަކަށް ފަހު "ނާމް ޝަބާނާ" ގައި ތާޕްސީ ޕައްނޫ ކުޅުނީ ވަރަށް ހިތްވަރުގަދަ ކުޅަދާނަ އަންހެނެއްގެ ރޯލެވެ. އަންޑަކަވާ އެޖެންޓެއްގެ ވާހަކަ ދައްކުވައިދޭ ނާމް ޝަބާނާ ސިނަމާތަކަށް އައިސްފައިވަނީ މާޗް މަހުގެ 31 ވަނަ ދުވަހުގައެވެ.

ޝިވަމް ނައިރް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ 2015 ވަނަ އަހަރު ނިކުތް "ބޭބީ" ގެ ޕްރިކުއެލް ފިލްމެކެވެ.

 މިފިލްމުގައި ތާޕްސީގެ އެކްޓިން ވަރަށް މޮޅުކަމަށް ވަރަށް ގިނަ މީހުން ފާހަގަކުރެއެވެ. މިފިލްމުގައި ފިރިހެން ލީޑް ރޯލް ކުޅެނީ އަކްޝޭ ކުމާރެވެ. ނަމަވެސް މުޅި ފިލްމް ބިނާވެފައި ވަނީ ތާމްސީގެ ކްރެކްޓާގެ މައްޗަށެވެ. މި ފިލްމްގައި އަނޫޕަމް ކޭރް ވެސް ފެނިގެން ދެއެވެ.

މި ފިލްމުގެ ގިނަ މަންޒަރުތަކެއް ނަގާފައިވަނީ މެލޭޝިއާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.