ކ. މާލެ
|
3 އޭޕްރިލް 2017 | ހޯމަ 15:50
"އިލް ނޮއިސް" ފިލްމްގެ ޕޯސްޓަރު
"އިލް ނޮއިސް" ފިލްމްގެ ޕޯސްޓަރު
ޓްވިޓަރ
"އިލް ނޮއިސް" ރިލީޒްކުރުން
"އިލް ނޮއިސް" މިމަހުގެ 27 ގައި
 
އިލްނޮއިސްގެ ޓިކެޓް މިހާރު ޝްވެކް ސިނަމާއިން ލިބެން ހުންނާނެ

އެޗްވަން އެންވަންއާ ގުޅިގެން ޝްވެކް ސިނަމާގައި އެޅުވުމަށް ލަސްކުރި "އިލް ނޮއިސް" މިމަހުގެ 27 ވަނަ ދުވަހު ރިލީޒްކުރުމަށް ނިންމައިފިއެވެ.

 

ކުރިން މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި އޮތީ މާޗް މަހުގެ 23 ވަނަ ދުވަހުގައެވެ. އިލް ނޮއިސް ޓީމުން ބުނީ ސްވައިން ފްލޫ އާއި ގުޅިގެން ފިލްމު ޕްރިމިއާ ކުރުން ފަސްކުރީ ރާއްޖޭގެ ހާލަތަށް ބެލުމަށްފަހު ޓީމުގެ އެންމެންގެ މަޝްވަރާގެ މަތިން ކަމަށެވެ. 

ފިލްމުގެ ޓިކެޓް ވެސް މިހާރު ވަނީ ޝްވެކް ސިނަމާއިން ވިއްކަން ފަށާފައެވެ.

 

"އިލް ނޮއިސް" އާންމުންނާ ހަމައަށް އަންނަ ތާރީހު އިއުލާނުކުރުމަށް ހޮނިހިރުދުވަހުގެ ރޭ ލެކިއުޓްގައި ބޭއްވި އިވެންޓްގައި ވަނީ "އިލް ނޮއިސް"ގެ އާޓް ޕީސްއެއް ލެކިއުޓްގައި ބަހައްޓާފައެވެ.

ފިލްމުގެ ޓީމުން ބުނީ ފިލްމު ސިނަމާގައި އެޅުވުމާ ހަމައަށް ލެކިއުޓްގައި މި އާޓް ޕީސް ހުންނާނެ ކަމަށާއި އެ ބަލާލަން ދިއުމަކީ އެޓީމުން ވަރަށް ބޮޑަށް އެދޭ އެދުމެއް ކަމަށެވެ. މޯލްޑިވިއަން އާއި އޮނާސް ރެޒިޑެންސް ގުޅިގެން ކުރިއަށްގެންދާ ޕްރޮމޯޝަނުގައި ގުރުއަތުން ހޮވޭ ފަރާތަކަށް ލ. އަތޮޅު އޮނާސް ރެސިޑެންސް ގެސްޓް ހައުސްގައި ދެ މީހަކާ އެކީ ހަތަރު ދުވަހުގެ ޗުއްޓީ ހޭދަކޮށްލުމެއް ލިބޭނެއެވެ. މިއީ އެފިލްމުގެ ފޭސްބުކް ޕޭޖުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

ފިލްމާ ގުޅޭ ހާއްސަ ޕްރޮމޯޝަންތަކާއި ފިލްމުގެ އިތުރު މަންޒަރުތައް، #illnoisethemovie ގެ ނަމުގައި ތައްޔާރުކޮށްފައިވާ ފޭސްބުކް ޕޭޖް އަދި ޓްވިޓާ އިން ކުރިއަށް ގެންދާނެ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް