ކ. މާލެ
|
4 މެއި 2020 | ހޯމަ 09:04
ދޮންކެޔޮ
ދޮންކެޔޮ
ނެޗުރަލް ފުޑް ސީރީޒް
މޫޑް ރަނގަޅުކޮށްލަން ދޮންކެޔޮވަކެއް ކާލާ
ފަސޭހައިން މޫޑީވޭތަ؟ މޫޑް ރަނގަޅު ކޮށްލަން ދޮންކެޔޮވަކެއް ކާލާ!
 
ތޫނުފިލިކޮށްދޭ
 
ސިކުނޑިއަށް ލުއިކަން ގެނެސްދޭ
 
ދޮންކެޔޮ ކެއުމުން އުފާވެރިކަން އިހުސާސް ކޮށްދޭ

ދޮންކޭލަކީ އޭގައި ހަށިގަނޑަށް ފައިދާ ހުރި ގިނަ މާއްދާތައް އެކުލެވިގެންވާ މޭވާގެ ބާވަތެކެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ދޮންކޭލަކީ އެންމެ ގިނައިން ކެއުމަށް ބޭނުންކުރާ އެއް މޭވާއެވެ.

ސަބަބުތަކެއް ނެތިއެއްނޫނެވެ. ދޮންކޭލުގެ ރަހަ މީރުވެފައި، އެހެން މޭވާތަކާއި ޚިލާފަށް ބުރަ މަސައްކަތެއް ނުކޮށް ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހައިން ކާލެވޭނެ މޭވާއަކަށް ވާތީއެވެ.

ދޮންކޭލުން ހަށިގަނޑަށް ލިބޭ ފައިދާތަކަށް ބަލާއިރު އެއީ ޑިޕްރެޝަން އަށް ފަރުވާއެކެވެ. ދޮންކޭލުގައި ހިމެނޭ ބައެއް މާއްދާތަކުގެ ސަބަބުން މީހާގެ ސިކުނޑިއަށް ލުއިކަން ގެނެސްދެއެވެ. އެހެން ކަމުން މީހާގެ މޫޑް ރަނގަޅުވެ ހިތްހަަމަ ޖެހުމާއި އުފާވެރިކަން އިހުސާސް ކުރެވެއެވެ. އަދި ވިސްނުން ތޫނުފިލި ކޮށްދިނުމަށްވެސް އެހީތެރިވެދެއެވެ.

ދޮންކޭލަކީ ހަށިގަނޑުގައި ހަކަތަ އިތުރު ކޮށްދޭ ގިނަ މާއްދާތަކެއް އެކުލެވޭ މޭވާއެކެވެ. ދޮންކެޔޮ ކެއުމުން ގައިގައި ވަރުޖެހި ހެލިފެލިވެ އުޅުމަށް އެހީއަކަށް ވެދެއެވެ. މީގެ އިތުރުން ލޭގެ ޕްރެޝަރު ދަށް ކުރުމަށް ވެސް ދޮންކޭލުން އެހީތެރިވެދެއެވެ. އަދި ހަށިގަނޑުގައި ލޭ އިތުރުކޮށްދީ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދެއެވެ. ހިތުގެ ދުޅަހެޔޮކަން ރަނގަޅު ކުރުމަށާއި ކެންސަރުން ރައްކާތެރިވުމަށް ވެސް ދޮންކޭލުން އެހީތެރިވެދެއެވެ.

މޯނިން ސިކްނަސް ދިމާވާ މީހުންނަށްވެސް ދޮންކޭލަކީ ޚާއްސަ ފަރުވާއެކެވެ. ސިއްހަތާއި ބެހޭ މާހިރުން ވިދާޅުވާގޮތުގައި ކޮންމެ ދުވަހަކު ދޮންކެޔޮ ކެއުމަކީ ފުރިހަަމަ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިއްމު ކަމެކެވެ.

ދޮންކޭލުގެ އެތައް ވައްތަރެއް ހިމެނެއެވެ. އޭގޭތެރޭގައި ބޮންތި ރަތް ކެޔޮ. މާޅޮސްކެޔޮ، ފުސްކެޔޮ، ބަޓަރ ކެޔޮ މިހެންގޮސް ފަތާރު ވައްތަރުގެ ކެޔޮ ހިމެނެއެވެ. ދޮންކޭލަކީ ރާއްޖޭގައި ފަސޭހައިން ހެއްދޭ މޭވާގެ ބާވަތެއްވެސް މެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
75%
0%
0%
0%
25%
ކޮމެންޓް