ކ. މާލެ
|
2 މެއި 2020 | ހޮނިހިރު 21:06
މެޑިޓޭޓް ކުރަނީ
މެޑިޓޭޓް ކުރަނީ
ވެލްއެންޑްގުޑް.ކޮމް
ސްޓްރެސް ފިލުވަން ކުރެވިދާނެ ކަމެއް
ސްޓްރެސް ފިލުވާލަން ބޭނުންތަ؟
 
ކޮންމެ ވަގުތެއްގައިވެސް މެޑިޓޭޓް ކޮށްލެވިދާނެ

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާއި އެކު ސަރުކާރުން މާލެ މި ވަނީ ލޮކްޑައުން ކޮށްފައެވެ.

މި ފަދަ ދަނޑިވަޅެއްގައި އަބަދު ގޭގައި ތިބޭ އިރު ކަންކަމާ މާބޮޑަށް ސްޓްރެސްވާ ގޮތް ދިމާވުމަކީ އެކަށީގެންވާ ކަމަށެވެ. މީހާއަށް ކުރެވޭ ތަފާތު އެކިއެކި ޚިޔާލްތަކާއި ލިބޭ މައުލޫމާތުތަކުން މިހާއަށް ލިބޭ ހާސްކަމާއި އެހެނިހެންވެސް ދިމާވާ ސިކުނޑިއަށް އުނދަގޫ ކުރަނިވި ކަންކަމުން މީހާ ސްޓްރެސްވުމުން ދުރުހެލި ވުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އެހެންކަމުން ދުޅަހެޔޮ ސިއްޚަތެއްގައި ހުރުމަށް ސްޓްރެސް ފިލުވާލުމަށް ދުވާލުގެ ކޮންމެވެސް ވަގުތެއްގައި މެޑިޓޭޓް ކުރުމަކީ ކުރެވިދާނެ ކަމެކެވެ.

އެގޮތުން ހަމަހިމޭންތަނެއްގައި އިށީންދެ ހަމަޖެހިލައިގެން އިނދެ ލޯމަރާލުމަށްފަހު ހުރިހާ ޚިޔާލްތަކާއި ދުރަށް ޖެހިލާށެވެ. އެއަށްފަހު ނޭވާ ލާއިރު ހަމައެކަނި އެކަމަށް ފޯކަސްކޮށް، ހަޑިގަނޑުގެ އެކިއެކި ބައިތަކަށް ފޯކަސް ކުރަމުން ގެންދާށެވެ. މެޑިޓޭޓް ކުރުމަށް ކޮންމެ ދުވަހަކު ވެސް 5-10 މިނެޓް ހޭދަކުރެވިދާނެެއެެވެ.

ސިއްޚަތާއި ބެހޭ މާހިރުން ބުނެފައިވާ ގޮތުގައި މެޑިޓޭޓް ކުރުމަށް އެންމެ ރނގަޅު ވަގުތަކީ ހެނދުނުގެ ހަމަހިމޭން ވަގުތެވެ. ނަމަވެސް ކަމަކާއި މާބޮޑަށް ސްޓްރެސްވެ، މީހާ ރުޅިގަދަވެ ނުވަތަ ކަމަކާއި މާބޮޑަށް ދެރަވެއްޖެނަމަ ކޮންމެ ވަގުތެއގައި ވެސް މެޑިޓޭޓް ކުރެވިދާނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
0%
0%
50%
ކޮމެންޓް