ކ. މާލެ
|
30 އޭޕްރިލް 2020 | ބުރާސްފަތި 14:52
ކޮވިޑް-19 ވެކްސިން އުފައްދާތަން ދައްކުވައިދޭ މަންޒަރެއް
ކޮވިޑް-19 ވެކްސިން އުފައްދާތަން ދައްކުވައިދޭ މަންޒަރެއް
އީޕީއެމް މަޖައްލާ
ކޮވިޑް-19 އަށް ވެކްސިނެއް ހޯދުން
އޮކްސްފޯޑްގެ ކޮވިޑް-19 ވެކްސިން މަސައްކަތްކުރާކަން ޔަގީންކުރެވޭނީ ޖޫން ނުވަތަ ޖުލައި މަހު
 
މިދިޔަ ހަފުތާގައި ވަނީ އިންސާނުންގެ ގަޔަށް ޖަހައިގެން ވެކްސިން ޓެސްޓުކުރަން ފަށާފައި
 
ވެކްސިން ޑޯސް އުފެއްދުމާއި ސަޕްލައި ކުރުމުގެ މަސައްކަތް ކުރަނީ އެސްޓްރާޒެނޭކާ ކުންފުނިން
 
ވެކްސިން ތައްޔާރުކުރަނީ އޮކްސްފޯޑް ޔުނިވަރސިޓީ އާއި ޖެނަރ އިންސްޓިޓިއުޓްގެ ޓީމަކުން

އޮކްސްފޯޑް ޔުނިވަރސިޓީގެ ޓީމުން އުފައްދާ ކޮވިޑް-19 ވެކްސިން މަސައްކަތްކުރާކަން ޔަޤީންކުރެވޭނީ އަންނަ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި ކަމަށް، ވެކްސިންގެ ޑޯސްތައް އުފެއްދުމުގެ މަސައްކަތާ ޙަވާލުވި ކުންފުނި، އެސްޓްރާޒެނޭކާއިން ހާމަކޮށްފިއެވެ.

މި ވެކްސިނަކީ ޖެނަރ އިންސްޓިޓިއުޓާއި، އޮކްސްފޯޑް ވެކްސިން ގްރޫޕް ގުޅިގެން އުފައްދާ ވެކްސިނެކެވެ. އަދި ވެކްސިންގެ ޓްރައަލްތައް ނިމުމުގެ ކުރިން، ފުޅާ ދާއިރާއެއްގައި ވެކްސިން ޑޯސް އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ޚާއްޞަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ.

އެސްޓްރާޒެނޭކާއިން ބުނެފައިވަނީ، ކުންފުނީގެ ޢަމާޒަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ އާބާދީގެ ބޮޑު އިންސައްތައަކަށް ވެކްސިން ފޯރުކޮށްދިނުން ކަމަށެވެ. އަދި އޮކްސްފޯޑް ޔުނިވަރިސިޓީއާ ގުޅިގެން ކުރާ މަސައްކަތުން ގިނަ ބަޔަކު ކޮވިޑް-19 އިން ރައްކާތެރިކުރަން ކުރާ މަސައްކަތުގެ ދުވެލި އަވަސްވެގެންދާނެ ކަމަށް ޤަބޫލުކުރާކަމަށް އެކުންފުނީގެ ސީއީއޯ ޕަސްކާލް ސޯރިއޯ ވަނީ ވިދާޅުވެފައެވެ.

ނިމިދިޔަ ހަފުތާގެ ތެރޭގައި އިންސާނުންގެ ގަޔަށް ވެކްސިން ޖަހައިގެން ޓެސްޓުކުރުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. މެއި މަހުގެ ތެރޭގައި އަވަސް ނަތީޖާތަކެއް ލިބޭނެކަމަށް ވެކްސިން އުފައްދާ ޓީމުން އުއްމީދުކުރެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ދުނިޔޭގެ އެކިކަންކޮޅުތަކުން 70ށްވުރެ ގިން ވެކްސިން އުފެއްދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ކަމާބެހޭ މާހިރުން އަންދާޒާކުރާ ގޮތުގައި، ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި މި ބައްޔަށް ވެކްސިނެއް އުފެއްދޭނެއެވެ. ޢާންމު ގޮތެއްގައި ވެކްސިނެއް އުފައްދަން 7-5 އަހަރު ދުވަސް ހޭދަވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް