ކ. މާލެ
|
29 އޭޕްރިލް 2020 | ބުދަ 05:13
މެމްބަރު ރިޔާޒް މާލެ ވަޑައިގަންނަވަމުން ޓްވިޓަރގައި ހިއްސާކުރެއްވި ފޮޓޯ
މެމްބަރު ރިޔާޒް މާލެ ވަޑައިގަންނަވަމުން ޓްވިޓަރގައި ހިއްސާކުރެއްވި ފޮޓޯ
ޓްވިޓަރ
މަގޭ ރިޕޯޓު
އަބްދުﷲ ރިޔާޒް ހެއްދެވީ ދޮގު! މާލެ ވަޑައިގަތީކީ އެޗްޕީއޭގެ ހުއްދައާއި ނުލައި!
 
މައިމޫނާ ވިދާޅުވީ އެޗްޕީއޭއިން ހުއްދަ ނުދެއްވާ ކަމަށް
 
މެމްބަރު މުޢުނީ މައިމުނާ އަށް ގުޅުއްވައި އެކަން ސާފުކުރެއްވި
 
ހުއްދައަށް އެދި ތިބި އަދި ހުއްދަ ނުލިބިފައިވާ އެތައް ރައްޔިތުންނެއް އެބަތިބި

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، މި ހިނގާ އޭޕްރީލް މަހުގެ 15 ދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފަ އެވެ. ލޮކްޑައުންގެ މުއްދަތުގައި މާލެ ސަރަހައްދަށް އަރާ ފޭބުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ހާއްސަ ހުއްދައެއް ލިބިގެން ނޫނީ މުދާ އުފުލާ ބޭލުންވެސް އޮތީ މަނާކޮށްފަ އެވެ.

އެތަށް ބޭނުމެއްގައި މާލެ އައި ފަރާތްތައް މާލެއިން ނުފުރި މަގުމަތިވެފައިވާއިރު، އެތަށް ބަޔަކު ތިބީ ހަނދާނެގޮތް ހުސްވެފަ އެވެ. އަނެއް ބަޔަކު ރަށްރަށަށް ދިއުމަށްފަހު، ތިބީ އެނބުރި މާލެ އާދެވޭނެ ގޮތެއް ނެތިފަ އެވެ. އެތަށް ބަޔަކު ހާލުގައި ދިރިއުޅެމުންދަނިކޮށް ކުއްލިގޮތަކަށް، ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވަނީ މާލެ ވަޑައިގެންނެވިކަން ކުރެއްވި ޓުވީޓަކުން ހާމަކުރައްވާފަ އެވެ.

ރިޔާޒް ވިދާޅުވިގޮތުގައި މާލެ ވަޑައިގެންނެވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަދި ފުލުހުންގެ ހުއްދަ ލިއުމުން ލިބިގެންނެވެ. އެއާއިއެކު ބޮޑު ސުވާލަކަށްވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވަނިކޮށް ރިޔާޒަށް ހާއްސަ ހުއްދައެއް ލިބިވަޑައިގެންނެވީ ކިހިނެއްތޯ އެވެ.

އެކަމުގައި ކަންބޮޑުވުން ފާޅުކުރެއްވި ބައެއް ރައްޔިތުން ވަނީ ރިޔާޒް ހާއްސަ ހުއްދައެއް ލިބިވަޑައިގެންނެވީ ރިޔާޒަކީ މަޖިލިސް މެމްބަރަކަށްވުމުންކަމަށް ބުނެފަ އެވެ. ނަމަވެސް ރާއްޖެ.އެމްވީ އާއި މައުލޫމާތު ހިއްސާކުރި ބައެއް މެމްބަރުން ވިދާޅުވިގޮތުގައި އެ ބޭފުޅުންވެސް ތިއްބެވި މާލެއަށް ނާދެވި ރަށުގައި ތާށިވެފަ އެވެ. އެގޮތުން، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޢުނީވެސް ހުންނެވީ ހުއްދަ ލިބިވަޑައިނުގެންނެވުމުގެ ސަބަބުން މާލެއަށް ނާދެވިފަ އެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން މެމްބަރު މުޢުނީ ވިދާޅުވީ، އަބްދުﷲ ރިޔާޒަށް މާލެއަށް އާދެވުމާއެކު ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތައް ގުޅުއްވިކަމަށާއި ރިޔާޒް މާލެ ވަޑައިގަތީ އެޗްޕީއޭގެ ހުއްދައަކާ ނުލައިކަމަށް އެ ފަރާތުން ވިދާޅުވިކަމަށެވެ. އަދި މާލެއަށް އަންނަން ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު އެއްވެސް ހުއްދައެއްދީފައިނުވާނެކަމަށް ވިދާޅުވިކަމަށް މުޢުނީ ވިދާޅުވި އެވެ.

އެއްރަށުން އަނެއް ރަށަށް ދިއުންވެސް މަނާކޮށްފައިވާ މި ދަނޑިވަޅުގައި ނާދެވި ރަށުގައި ހުންނެވި މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާންވެސް ވަނީ މާލެ އައުމަށް ހުއްދައަށް އެޗްޕީއޭއަށް ރިކުއެސްޓް ފޮނުވާފައެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މެމްބަރު ހުސައިން ފިރުޝާންވެސް ވިދާޅުވީ، ދެ ފަހަރަށް ރިކުއެސްޓް ފޮނުވުމުންވެސް އެޗްޕީއޭއިން ކުރީ ރިޖެކްޓްކަމަށެވެ.

އިތުބާރު ހުރި އެތައް މަސްދަރުތަކުން ވަނީ މެމްބަރު ރިޔާޒް ހެއްދެވީ އިތުރުފުޅެއްކަމަށާއި އެބޭފުޅާ ވަޑައިގަތީ ހަމައެކަނި ފުލުހުން ހުއްދަހޯދައިގެންކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ސުވާލަކީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައިިވާ އެންގުމެއް ބަދަލުކުރުމުގެ ބާރު ފުލުހުންނަށް ލިބިދީފައިވޭތޯ އެވެ. އެފަދަ އެންގުމެއް ފުލުހުންގެ އިންޓަރނަލް މެމޯއަކުން ބަދަލުކުރެވިދާނެތޯ އެވެ.

ނޫސްވެރިން ކުރިމަތިކުރުވި ސުވާލުތަކަށް، ޖަވާބުދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭސީޕީ) އިސްމާއިލް ނަވީން ވަނީ ފުލުހުންނަށް އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެޗްޕީއޭއިން ފޮނުވާފައިވާ ސިޓީގައިވާގޮތުން އެ ހުއްދަ ވަކި ފަރާތަކަށް ދެވިދާނެ މޭރުމަކުން ވާހަކަދައްކަވާފަ އެވެ. އަދި ދެ ވަނަ ސިޓީއެއް 26 ވަނަ ދުވަހުގެތޭވެސް އެޗްޕީއޭއިން ފޮނުވިކަމަށް ނަވީން ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި 26 ވަނަ ދުވަހުގެރޭ 2 ވަނަ ސިޓީއެއް ފޮނުވީ ހާލަތު ބަދަލުވުމުންނެވެ.

ސުވާލަކީ، މާލެ ސަރަހައްދުގެ ހާލަތަށް އައި ކޮން ބަދަލެއްތޯ އެވެ. އެޗްޕީއޭއިން މީޑިއާތަކަށް ހިއްސާކުރާ މައުލޫމާތުގައިވާގޮތުން މާލެ ސަރަހައްދުގެ ހާލަތު އިތުރަށް އައި ގޯސްވަމުންނެވެ. ފެންނަ ކޭސްތަކުގެ އަދަދު އިތުރުވެ، ކޮމިނިއުނިޓީ ސްޕްރެޑް އުޅޭ މިންވަރު ދަނެގަތުމަށް ހާއްސަ ޓެސްޓުތަކެއްވެސް ހަދަން ފެށި އެވެ.

ހާލަތު އެގޮތަށް ގޯސްވަމުންދަނިކޮށް، ފުލުހުންނަށް ހާލަތު ބަދަލުވިކަމަށް އަންގާ ސިޓީއެއް ފޮނުވިކަމަށް ނަވީން ވިދާޅުވުމުން އެ ވާހަކަތަށް ދެކޮޅެއް ނުޖެހެ އެވެ. އަދި ކޭސްތަކުގެ އަދަދު އިތުރުވަމުންދަނިކޮށް، މާލެ ސަރަހައްދަށް އައުމަށް ވަކި ފަރާތަކަށް ހުއްދަދިނުމުން އެ ވާހަކަތަށްވެސް ދެކޮޅެއް ނުޖެހެ އެވެ.

ތަކުރާރުކޮށް އަމާޒުވަމުން އައި ފާޑުކިޔުންތަކާއި ގުޅިގެން ނޫސްވެރިން ކުރިމަތިކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަވީން ފަހުން ވިދާޅުވެފައިވަނީ ފުލުހުން ހުއްދަ ދޫކުރުމުގައި ހާއްސަ އުސޫލަކަށް އަމަލުކުރާކަމަށެވެ. އެގޮތުން އެ ރަށަކީ މޮނިޓަރިންގގެ ހާލަތުގައިވާ ރަށެއްތޯ، އަދި އެ ފަރާތަކީ އެއްވެސް ފަރާތަކާއި ކޮންޓެކްޓްވެ، އެޗްޕީއޭގެ ލިސްޓުގައިވާ ފަރާތެއްތޯ ބަލައި، ހާއްސަ ބެލުންތަކެއް ބަލައި ހުއްދަ ދޫކުރާކަމަށް ނަވީން ވިދާޅުވި އެވެ. އަދި އެގޮތަށް ބައެއް ފަރާތްތަކަށް ހުއްދަ ދޫކުރެވިފައިވާކަމަށްވެސް ނަވީން ވިދާޅުވި އެވެ.

ނަވީން ވިދާޅުވިގޮތުގައި އެ ފަރާތެއް އަންނަނީ މޮނިޓަރިންގގެ ހާލަތަށް ގެނެވިފައިވާ ގެޔަކަށްނުވާކަމުގައިވާނަމަ ހުއްދަ ދޫކުރެއެވެ. އަދި އެކަމުގައި އެޗްޕީއޭ ވާހަކަތައްވެސް ދެކެވޭކަމަށް ނަވީން ވިދާޅުވި އެވެ.

ސުވާލަކީ އާންމުންނަށް ނޭނގި ފުލުހުންގެ ތެރެއިން އެފަދަ އުސޫލަކަށް އަމަލުކުރަން ފެށީ ކީއްވެތޯ އެވެ. އަދި އެ އުސޫލެއްގެ ވާހަކަ ކުއްލިއަކަށް ހާމަކުރެއްވުމުންވެސް އޭގައި ގިނަ ސުވާލުތަކެއް އުފެދެ އެވެ.

ރާއްޖެ.އެމްވީން އެއްކުރި މައުލޫމާތުތަކުން އެނގުނުގޮތުގައި ރިޔާޒަށް ހުއްދަދިނީ ފުލުހުންގެ ތެރެއިންނެވެ. އަދި އެކަމުގައި އެޗްޕީއޭއިން އެއްވެސް ދައުރެއް އަދައެއް ނުކުރެ އެވެ. ރިޔާޒަށް ހުއްދަދިންގޮތާއިމެދު އެޗްޕިއޭ އަދި ހެލްތުގެ ބައެއް ވެރިންގެ މެދުގައި ހިޔާލުތައް ތަފާތުވިކަން އެނގިފައިވެއެވެ. އެކަން އެޗްޕީއޭއަށް އެނގިފައިނުވާތީ ބައެއް ބޭފުޅުން ހިތްހަމަނުޖެހުންވެސް ފާޅުކުރައްވާފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
10%
1%
2%
73%
7%
8%
ކޮމެންޓް
1 މެއި 2020 | ހުކުރު 00:24
ގުއިއްޒު
ބަޣާވާތް ކުރަން ޖެހިލުން ނުވާމީހަކަށް ތީކީ ކޮށްލަން ކުޑަކަމެއް. ތިކަހަލަ މީހުން އުމުރަށް ޖަލަށްލައިގެން ނޫނީ ގައުމުގެ ކަންކަން ރަނގަޅެއް ނުކުރެވޭނެ.
29 އޭޕްރިލް 2020 | ބުދަ 20:16
ލޮކުޱައުން މީހާ
ރިޔާޒުއާ ދޭތެރޭގަ ފިޔަވަޅު އަޅަންޖެހޭނެ އެޗް. ޕީ. އޭ އިން
29 އޭޕްރިލް 2020 | ބުދަ 15:29
ވެލިގާ
މީގައި ގޯހީ ފުލހުން. ކޮމިއުނިޓީ ޕޮލިހޭ ކިޔައިގެން ނަވީން ހަދާ ދޮގު ނިކަން ދެކެބަލަ. ނަވީންގެ މައްސަލަ ބަލަންޖެހޭ. ނުބަލައިގިއްޔާ ރައްޔިތުންނަށް ތިދެނީ އަނިޔާ.
29 އޭޕްރިލް 2020 | ބުދަ 14:43
ދދދދދ
ރުއްވައްޓާ ދޭބަލަ މިހިރަ ދޮގުވެރިޔާ ހައްޔަރު ކުރެވޭތޯ ބަލަން.
29 އޭޕްރިލް 2020 | ބުދަ 13:51
ހަކީމް
ރާއްޖެ އެމްވީއަށް ހަމަ ސާބަސް. ތިކަން ކޮޅެއްގަ ނުޖެހެނީސް ހުއްޓާނުލާތި. އޭސީސީ އަށް މި މައްސަލަ ވައްދަން ފެނޭ. އަދި ފުލުހުން ތެރޭގައި ތިބި ކޮރަޕްޓް ވެރިން ސައިޒުކުރަންޖެހޭ. ރިޔާޒުމެން އެހެން އުޅެންދޫކޮށްގެން ނުވާނެ. މަބުރޫކާ އަދި ޕޮލިހާ ތި ސުވާލު އަދިވެސް ކުރާތި. މާލެއަންނަން ހުއްދަދޭ އުސޫލު ހާމަކުރަންދެން. ނަވީން ފޯނުކޯލަށް ޖަވާބުދޭ މިނެޓަށް ދަންދެން ކިޔާއިރު މާލެއަރަން ހުއްދަ ދިން މީހުންގެ އަދަދު ނުބުނެވެންވީ ސަބަބަކީ ކޮބާ؟
29 އޭޕްރިލް 2020 | ބުދަ 13:49
ޜައްޔިތެއް
ރައްޔިތުންނަށް ލުޔެއް ދިނުމުގެ ބަދަލުގައި އަދިވެސް ރައްޔިތުން އަތުން ފެލަނީ....ކާ އެތި ކޮޅު ހޯދަން މަގަށް ނުކުމެ ގެއަށް ވަނުމުގެ ކު ރިން ފުލުހުންނަށް 1000 ރ ދޭންޖެހިއްޖެ... އާދޭސް ކޮށް ކާނެ އެއްޗެއް ނެތި އޯޑަޜަށް ޖެހި މަސްކޮޅު ނައިސް 2 ދެދުވަސް ވީމަ ނުކުތުމުން ސަ ރުކާ ރުން ދިން ހަދިޔާ އަކީ 1000 ރ ގެ ފައިން ސްލިޕް ކޮޅެއް... ސަ ރުކާ ރު ވާނީ ނުކުޅެދިފައި ރައްޔިތުންނަ ދިނުމުގެ ބަދަލު ރަައްޔިތުން ފެލަނީ...
29 އޭޕްރިލް 2020 | ބުދަ 13:41
އައްޔުބޭ
އަބުދުﷲ ރިޔާޒު އެކަންޔެއް ނޫން މިކަމުގަ ދޮގު ހެދީ. ޕޮލިހުންގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމަށް އެރި ނަވީންވެސް ހެދީ ދޮގު. ނޫސްވެރިން ސުވާލުކުރުމުން ނަވީން ބުނީ ޕޮލިހުން މާލެއައުމަށް ހުއްދަދެނީ އެޗެ.ޕީ.އޭގެ ހުއްދަ ލިޔުމުން ލިބުމުން ކަމަށް. އެހެންވީމަ އަބުދުﷲ ރިޔާޒަށް ޕޮލިހުން ގަވާއިދާ ޚިލާފަށް ހުއްދަދީފަ އެކަން ފޮރުވަން ނޫސްވެރިންގެ ބައްދަލުވުމުގަ އޭނަ މަސައްކަތްކުރީ. މާލެ އަންނަން އެދޭ މީހާގެ އައިޑީކާޑު ނަމްބަރާއި ނަމާއި އެޑްރެސް ޕޮލިހުންގެ ކިތަންމެ ބޮޑު ކޮމިޓީއަކުން ބަލައިފަ ހުއްދަ ދިނަސް އަބުދުﷲ ރިޔާޒުގެ ކޭސްގަ އެމީހުން މިއޮތޯ ގަވާއިދާ ޚިލާފަށް އަމަލުކޮށްފަ. މިފަދަ ކަންކަމުގަ ރައްޔިތުންގެ ފަރާތުން މާފަށް އެދުމުގެ ބަދަލުގަ ޕޮލިހުން މަސައްކަތް ކުރަނި ރައްޔިތުންނަށް އޮޅުވާލަން. މިހެން ކަންކަން ކުރީމަ އިތުރަށް ތިމާމެން ރައްޔިތުން ކުރިމަތީގަ އިތުބާރު ގެއްލި ފަޟީހަތްވުން ނޫން ގޮތެއް ނުވޭ.
29 އޭޕްރިލް 2020 | ބުދަ 13:38
ޢިބޫ
ޟަޖިލިސް މެންބަރުން ނަކީ ޤާނޫން ހިނގާ ބައެއްނޫން . ޜާއްޖެ އެމްވީ އަކައް ކުރެވޭނެ ކަމެއްނެތް ފިތުނަ ކުރުން ނޫނީ. ޢެޅެނެ ފިޔަވަޅެއް ކުރެވޭނެ ކަމެއް ޙަރާމުން ޙަރާމް ....
29 އޭޕްރިލް 2020 | ބުދަ 12:04
ބީވާ
ޖިނާއީ ދައުވާ ކުރޭ
29 އޭޕްރިލް 2020 | ބުދަ 11:12
ސާކިރުބެ
ޕޮލިހުންގެ ފަރާތުން ހަދާނީ ހަދާނެ އެއްޗެއް އަދިވެސް ރިޔާޒުގެ މަޤްބޫލުކަން ޕޮލިހުންގެ ތެރޭގައި މާވަރުގަދައޭ ނަވީން މެންޖެހޭނީ ރިޔާޒުމެން ބުނިގޮތެއް ހަދާން ދެން ހެދޭނީ ދޮގެއްނު ނަވީނަށް ރިޔާޒަކީ ގަދަ ބުރޯއެއް
29 އޭޕްރިލް 2020 | ބުދަ 08:07
ޕޮލިޒިއާ
ރާއްޖެ ޓީވީ ރާއްޖެ އެމްވީ ހަޖަމު ކޮށްލާ. 7 ފެބްރުއަރީ 2012 ގެ މަތީން ހަނދުމަ ކުރާށެވެ. ރިޔާޒާ ނުކުޅެވޭނެ.
29 އޭޕްރިލް 2020 | ބުދަ 06:36
ހެހެ
ވަރަށް ހެެއްވާ ?
29 އޭޕްރިލް 2020 | ބުދަ 05:39
ބޯލެއްލެއް
ޜިޔާޒު ދެން ހުސްނުސޫދު ހެދި ގޮތަށް ޓިޕެކްސް ޖަހާ ފަ ލިޔުމެއް ހާމަކޮށްބަލަ
29 އޭޕްރިލް 2020 | ބުދަ 05:38
ބާގީ
ކުއަރަންޓީން އަ މާލެއިން ބޭރު ކުރޭ އޭނަ. ކޮރަޕްޟަން ނައްތަން ޖެހޭ ހުރިހާ ލެވެލް އެއްގަ?
29 އޭޕްރިލް 2020 | ބުދަ 05:33
ކުޑަބޮޑުމިހާ
ތިޔައީ ނިކަމެތިން މޫނުމަތީގާ ބާރަށްޖަހާލުން