ކ. މާލެ
|
28 އޭޕްރިލް 2020 | އަންގާރަ 01:29
ކޮވިޑް-19 އާ ގުޅިގެން ސައުދީގެ ހުރިހާ މިސްކިތެއް ވަނީ ވަގުތީ ގޮތުން ބަންދު ކޮށްފައި
ކޮވިޑް-19 އާ ގުޅިގެން ސައުދީގެ ހުރިހާ މިސްކިތެއް ވަނީ ވަގުތީ ގޮތުން ބަންދު ކޮށްފައި
ސައުދީގެޒެޓް
މިސްކިތްތައް ވަގުތީ ގޮތުން ބަންދު ކުރުން
މިސްކިތްތައް ހުޅުވާލުމުގެ ވިސްނުމެއް އަދި ނެތް: ސައުދީ ސަރުކާރު
 
ސައުދީގައި މިސްކިތް ހުޅުވުމުގެ ހުއްދަ އޮންނަނީ ބަންގި ގޮވަން އެކަނި

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން ސައުދީ އަރަބިއްޔާގެ މިސްކިތްތައް ބަންދު ކުރުމަށް ނިންމާފައި ނިންމުމަށް ބަދަލު ގެންނަން އަދި ނުވިސްނާ ކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް، ކޯލް އެންޑް ގައިޑެންސް އިން ބުނެފިއެވެ.

ސައުދީ އަރަބިއްޔާގެ އިސްލާމިކް އެފެއަރޒް އިން މިކަން ހާމަ ކުރީ ހުކުރު ނަމާދަށާއި، ޖަމާއަތުގެ ނަމާދުތަކަށް މިސްކިތްތައް އަލުން ހުޅުވާލުމަށް ސައުދީ ސަރުކާރުން އުޅޭ ކަމަށް ސޯޝަލް މީޑީއާގައި ފެތެރެމުން ދިޔަ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.

މިސްކިތްތަކުގައި ނަމާދު ކުރަން އަލުން ހުޅުވާލުމަށް ތާރީޚެއް ކަނޑައަޅާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަ ތަކުގައި އެއްވެސް ހަގީގަތެއް ނެތް. މިސްކިތްތަކުގައި ނަމާދު ކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާދޭ. މިސްކިތްތައް ސާފު ކުރުމާއި، ޑިސްއިންފެކްޓް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަކީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ހިންގާ މަސައްކަތްތަކެއް.
ސައުދީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޖަމާއަތުގައި ނަމާދު ކުރުން ސައުދީ އަރަބިއްޔާގައި މެދުކަނޑާލީ ހުސްވި މަހުގެ ތެރޭގައެވެ. މިސްކިތްތައް ހުޅުވުމުގެ ހުއްދަ ދީފައިވަނީ ހަމައެކަނި ނަމާދަށް ބަންގި ގޮވުމަށް އެކަންޏެވެ.

ސައުދީ އަރަބިއްޔާގެ ހުރިހާ މިސްކިތެއްގައި ނަމާދު ކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައި ވާއިރު، މަދު ބަޔަކާ އެކު މަސްޖިދުލް ހަރާމް އާއި މަސްޖިދުއް ނަބަވީ ގައި ހުކުރު ނަމާދު ކުރުމުގެ ހުއްދަ ސައުދީ ރަސްގެފާނު ވަނީ ދެއްވާފައެވެ. މި ދެ މިސްކިތުގައި ހުކުރު ނަމާދުގައި ބައިވެރިވަނީ މައިގަނޑު ގޮތެއްގައި އެ ދެ މިސްކިތް ބެލެހެއްޓުމުގައި އުޅޭ މުވައްޒަފުންނާއި މިސްކިތް ސާފު ކުރާ މީހުންނެވެ.

ޖަމާއަތުގައި ނަމާދު ކުރުމަށް މިސްކިތްތައް ބަންދު ވެފައި ވުމާއެކު ސައުދީ އަރަބިއްޔާގެ އާއްމުންގެ ގޭގޭގެ ސިޓިންގ ރޫމްތައް އާއިލާ އެކުގައި ނަމާދު ކުރާ ތަނުގެ ގޮތުގައި ވަނީ ހަދާފައެވެ. އަދި އާއިލާގެ އެކި މެމްބަރުން އެކި ނަމާދު އިމާމުވެ ކުރާ ފޮޓޯތައް އާއިލާތަކުން ސޯޝަލް މީޑިއާގައި ހާމަ ކޮށްފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
އިނގިރޭސި ލީގު ބަލަން ވަން މީހުންގެ 28 ޕަސެންޓަކީ އަންހެނުން