ކ. މާލެ
|
28 އޭޕްރިލް 2020 | އަންގާރަ 00:30
މިސްކިތެއްގައި ނަމާދު ކުރަނީ - ޖަމާއަތުގައި މިއަދު ނަމާދު ނުކުރެވުނު ނަމަވެސް ފަރުޟު ފަސް ނަމާދަށް ރައްކާތެރި ވާން ޖެހޭ
މިސްކިތެއްގައި ނަމާދު ކުރަނީ - ޖަމާއަތުގައި މިއަދު ނަމާދު ނުކުރެވުނު ނަމަވެސް ފަރުޟު ފަސް ނަމާދަށް ރައްކާތެރި ވާން ޖެހޭ
މުހައްމަދު ޝަރުހާން
މިންވަރަށް އީމާންވުން
ލިބޭ މިންވަރަށް ރުހި ގަބޫލު ވުން
 
ﷲގެ ހަޟުރަތުގައި މުއްސަނދިންނަށް ވުރެ ފަޤީރުންގެ ދަރަޖަ މަތިވެރި
 
ދުނިޔޭގެ ތަނަވަސްކަމަކީ އެއީ މުހިއްމު ކަމެއް ނޫން

ލިބޭ މިންވަރަށް ރުހި ގަބޫލުވުމަކީ ތަނަވަސްކަމުގެ ހާލުގައި ވިޔަސް އަދި ދަތި ހާލުގައި ވިޔަސް އިންސާނާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާ މިންވަރަށް ނުވަތަ ﷲ ގެ ހުކުމްފުޅަށް ނުވަތަ ﷲގެ މިންވަރުފުޅަށް އެމީހަކު އީމާންވުމެވެ. އަދި އެއީ ﷲގެ މިންވަރުފުޅުކަން ރުހި ގަބޫލުކުރުމެވެ. ހަމަ އެހެންމެ ރިޒުޤަކީ ވެސް އެހެނިހެން ކަންތައްތައް މީސްތަކުންގެ މެދުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ބައްސަވާފައިވާ ފަދައިން ބައްސަވާފައިވާ އެއްޗެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނާގައިވެއެވެ. " ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެ މެދުގައި، ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަން ﷲއެވެ."

މި އާޔަތުގެ މާނައިން ވެސް އަޅުގަނޑުމެންނަށް އެގިގެން މިދަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ހުރިހާ އެއްޗެއްވެސް މިވަނީ އިންސާނުންގެ މެދުގައި ބައްސަވާފައި ކަމެވެ. އަދި އެކަލާނގެ ގިނައިން ދެއްވަން އެދިވޮޑިގެންވާ ފަރާތަކަށް ގިނައިން ދެއްވާކަމެވެ. އަދި މަދުން ދެއްވަން އެދިވަޑައިގަންނަވާ ފަރާތަކަށް މަދުންވެސް ދެއްވާ ކަމެވެ. ރަސޫލުއްލާޙި ސައްލައްﷲ އަލައިޙި ވަސައްލަމުގެ ހަދީޘް ފުޅަކަށް ބަލާއިރުގައި އެކަލޭނގެފާނު ހަދީޘް ކުރައްވާފައިވަނީ ތިޔަބައިމީހުންގެ މެދުގައި ރިޒުޤު ބައްސަވާފައިވާ ފަދައިން ތިޔަބައިމީހުންގެ މެދުގައި އަޚުލާގުވެސް ވަނީ ބައްސަވާފައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާންގެ ލޯބިވެ ވޮޑިގަންނަވާ ބޭފުޅުންނަށް ވެސް އަދި ލޯބިވޮޑިނުގަންނަވާ ބޭފުޅުންނަށް ވެސް ދެއްވައެވެ. އެހެން ނަމަވެސް އީމާންކަން އެކަލާނގެ ލޯބިވޮޑިގަންނަވާ މީހަކަށް މެނުވީ ނުދެއްވައެވެ. މުއްސަނދިން ސުވަރުގެ ވެއްދުމުގައި 500 އަހަރު ކުރިން ފަޤީރުން ސުވަރުގެ ވެއްދެވޭނެއެވެ.

އެހެންކަމުން މި ހަދީޘްފުޅަށް ބަލާލުމުން ވެސް އަޅުގަނޑުމެންނަށް އެނގިގެންދާ އެއްޗަކީ ދުނިޔޭގެ ތަނަވަސްކަމަކީ އެއީ މުހިއްމު ކަމެއް ނޫންކަމެވެ. ދުނިޔޭގެ ތަނަވަސްކަމަކީ އެއީ ﷲ އަށް އީމާން ނުވާ ޣައިރު މުސްލިމުންނަށް ވެސް ލިބިދާނެ އެއްޗެއް ކަމެވެ. އަދި އެއީ މުސްލިމުންނަށް ވެސް ލިބިދާނެ އެއްޗެއް ކަމެވެ.

މިހަދީޘުން އަޅުގަނޑުމެންނަށް ދޭ އެންމެ މުހިއްމު ފިލާވަޅަކީ މުއްސަނދިންނަށްވުރެ ކުރިން ﷲ ސުބުޙާނަހޫ ވަތަޢާލާ ފަޤީރުން 500 އަހަރު ކުރިން ސުވަރުގެ ވައްދަވާ ކަމެވެ. މިއީ އަޅުގަނޑުމެން ރުހިގަބޫލުވާންޖެހޭނެ ކަމެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތުގައި މުއްސަނދިންނަށްވުރެ މިތަނުގައި ބަޔާންކުރައްވާފައިވާ ފަދައިން ފަޤީރުންގެ ދަރަޖަ މަތިވެރިއެވެ. ލިބޭ މިންވަރަށް އީމާންވެހުރެ ޤަބޫލުވާ މީހާ، ހަރާމްގެ ގޮތުގައި އެއްވެސް އެއްޗެއް ނުހޯދާ އޭނަ ﷲ ސުބުޙާނަހޫ ވަތަޢާލާ ހަރާމްކުރައްވާފައިވާ އެއްވެސް ކަމަކަށް އަރައިނުގަންނާނެއެވެ.

މިސާލަކަށް ރިޝްވަތެއްގައި އަތެއް ނުލާނެއެވެ. މަސްތުވާތަކެއްޗެއް ނުވިއްކާނެއެވެ. އަދި ބަދުއަޚުލާގީ އަމަލެއް ހިންގައިގެން ލާރިއެއް ނުހޯދާނެއެވެ. އަދި އެނޫންވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ހަރާމްކުރައްވާފައިވާ އެއްވެސް މަގަކުން ނުވަތަ ﷲ ނަހީކުރައްވާފައިވާ އެއްވެސް ކަމެއް ކޮށްގެން ފައިސާއެއް އޭނާ ނުހޯދާނެއެވެ. އެހެންކަމުން އަޅުގަނޑުމެން އެންމެން ވެސް ލިބޭ މިންވަރަށް ރުހި ގަބޫލުވާން ވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު