ކ. މާލެ
|
2 އޭޕްރިލް 2017 | އާދީއްތަ 15:46
ދަންބައިގެ މަންޒަރެއްގެ ޝޫޓިން ހުޅުމާލޭގައި ނަގަނީ
ދަންބައިގެ މަންޒަރެއްގެ ޝޫޓިން ހުޅުމާލޭގައި ނަގަނީ
ރާއްޖެއެމްވީ
ރާއްޖެ ޓީވީގެ "ދަންބައި"
ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި
 
ދަންބައިގެ ޝޫޓިން ފަށާފައިވަނީ ހޮނިހިރު ދުވަހުގައި

ރާއްޖެޓީވީން ރޯދަ މަހު ގެނެސްދޭ މަގުބޫލު ޝޯ "ދަންބައި"ގެ ޝޫޓިން ފަށައިފިއެވެ.

ރާއްޖެޓީވީގެ ކެމެރާމަން، އާދަމް ޒަރީރު ޑައިރެކްޓްކޮށް، ހުށަހަޅައިދޭ ހެއްވާ މަޖާ މި ޕްރޮގްރާމްގެ ޝޫޓިން ފަށާފައިވަނީ ހޮނިހިރު ދުވަހު އެވެ.

ޒަރީރު ބުނި ގޮތުގައި އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ ދަންބައިގައި ތަފާތު ސެގްމެންޓްތަކާއި ކޮމެޑީ އެތައް ބައިތަކެއް ހިމެނިގެންދާނެއެވެ.

މިފަހަރު އެހެން އަހަރުތަކަށް ވުރެ އިތުރަށް ފުރިހަމަވާނެ ކަމަށް ޒަރީރު ބުންޏެވެ. ދަންބައިގައި އަބަދުވެސް އަންނަ ސެގްމެންޓް ކަމަށްވާ"ގަމަރު ހަބަރު" މިފަހަރު ތަފާތު ވެފައި ޝައުގުވެރިކަން އިތުރުވާނެ ކަމަށް ވެސް ޒަރީރު ބުންޏެވެ. 

"ދަންބައި"އަކީ ރާއްޖެޓީވީން ރަމަޟާންމަހުގައި ގެނެސްދޭ ޕްރޮގްރާމްތަކުގެ ތެރޭގައި އާންމުންގެ ވަރަށްބޮޑު މަގުބޫލުކަމެއް ލިބޭ އެއް ޕްރޮގްރާމެކެވެ.

މިފަހަރުވެސް ދަންބައި ހުށައަޅައިދެނީ ރާއްޖެޓީވީގެ އާދަމް ޒަރީރުއާއި އާދަމް ސުފިޔާނެވެ.

ދަންބައި ކާމިޔާބު ކަމާއެކު ރާއްޖެޓީވީން ގެންސްދޭތާ މިއީ 4 ވަނަ އަހަރެވެ. މި ފަހަރުގެ ޕްރޮގްރާމް ސްޕޮންސަކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް