ކ. މާލެ
|
26 އޭޕްރިލް 2020 | އާދީއްތަ 17:40
މެމްބަރު ރިޔާޒް މާލެ ވަޑައިގަންނަވަމުން ޓްވިޓަރގައި ހިއްސާކުރެއްވި ފޮޓޯ
މެމްބަރު ރިޔާޒް މާލެ ވަޑައިގަންނަވަމުން ޓްވިޓަރގައި ހިއްސާކުރެއްވި ފޮޓޯ
ޓްވިޓަރ
މާލެ ފުރަބަންދު ކުރުން
މައިމީހާ ގާތަށް އައުމަށް 8 އަަހަރުގެ ދަރިއަކަށް މާލެ ނާދެވުނުއިރު، މެންބަރު ރިޔާޒް ވަޑައިގެންނެވީ ކިހިނެއް؟
 
ފުލުހުން މާލެއައުމަށްޓަކައި ހުއްދަތައް ދޫކުރަނީ އެޗްޕީއޭގެ ރިލީސް ލެޓަރ ލިބުމުން
 
ތިމަރަފުށިން އިތުރު 7 މީހަކުވެސް އެބީދައިން މާލެ އައިކަން ފާހަގަކޮށްފައިވޭ
 
ހުއްދައަށް އެދި ތިބި އަދި ހުއްދަ ނުލިބިފައިވާ އެތައް ރައްޔިތުންނެއް އެބަތިބި

ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް މާލެއިން ފެނުމާއެކު، ދުވަހުން ދުވަހަށް މާލެ ޞަރަޙައްދު ފުރަބަންދުކޮށް، އެއްވެސް އުޅަނދެއް ލަފާ ފުރުން މަނާކުރިއެވެ. ރައްކާތެރިކަމުގެ ގޮތުންނާއި، ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމުގެ ގޮތުން އެޅި މި ފިޔަވަޅާއެކު އެތައް ރައްޔިތުންނެއް ތިބި ތަނުގައި ތާށިވިއެވެ. ޢާއިލާ ކައިރިއަށް ދާން ބޭނުންވެ ފުރުމަށްޓަކައި އެނދު ތަންމަތި ބަންދުކޮށްގެން ތިބި އެތައް ބަޔަކު އޭރު ތިއްބެވެ. ރަށްރަށަށް ދިއުމަށްޓަކައި ގޮސް އުޅަނދުފަހަރުތަކަށް އަރައި ތިބި އެތައް ރައްޔިތުންނެއް ތިއްބެވެ. ރިސޯޓުތަކުންނާއި ރަށްރަށުން ކުރު މުއްދަތަކަށް މާލެ އައިސް، ތަންތަން ކުއްޔަށް ނަގައިގެން ތިބި މީހުންވެސް ވަކި މަދެއް ނޫނެވެ.

އެހިސާބުން މާލޭގައި ތާށިވެފައި ތިބި މީހުންނާއި، ރަށްރަށުން ކޮންމެހެން މާލެ އަންނަން ބޭނުންވާ މީހުންނާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ސުވާލުތައް ޢަމާޒު ކުރެވުނު މަންޒަރު ފެނިގެންދިޔައެވެ. އެއާއެކު، ރިސޯޓުތަކުން ކަރަންޓީން މުއްދަތު ފުރިހަމަކޮށްފައިވާ ފަރާތްތަކާއި، ޞިައްޙީ ޒަރޫރީ ސަބަބުތަކަށްޓަކައި ރަށްރަށަށް ޒިޔާރަތް ކުރާ ފަރާތްތަކާމެދު ޚާއްޞަ އުޞޫލުތަކެއް ކަނޑައެޅި، އެއަށް ޢަމަލުކުރަން ފެށުނެވެ. އަދި އެކި ސަބަބުތަކާހުރެ މާލޭގައި ތާށިވެފައިތިބޭ މީހުންނަށްވެސް ޖެންޑަރ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިއެވެ.

ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެމުންދާ މި ނުރައްކާތެރި ދަނޑިވަޅުގައި ހަދާނެ ގޮތް ހުސްވެ، އެހީތެރިކަމަށް އެދި ދާނެ ކޮޅެއް ނޭނގިފައިތިބި އެތައް ރައްޔިތުންނެއްވެސް އެބަތިއްބެވެ.

ދެކުނުގެ އަތޮޅަކަށް ނިޞްބަތްވާ ޢާއިޝަތު ޢަލީ (އަސްލުނަމެއް ނޫން) މިވަގުތު ހުރީ މާލޭގައެވެ. އޭނާގެ 8 އަހަރުގެ ދަރިފުޅާ ދުރުގައެވެ. ފުރަބަންދު ކުރުމުން ދަރިފުޅު މައިމީހާ ގާތަށް ނުގެނެވި ނުހަނު ހިތްދަތިކަމުގައި އުޅެމުންދާއިރު، އޭނާ ވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން އޭނާގެ ދަރިފުޅު މާލެ ގެނައުމުގެ ހުއްދައަކަށް އެދިފައެވެ.

" އަޅުގަނޑުގެ ދަރިފުޅު އަޅުގަނޑަށް ލިބޭނެ ގޮތް ހައްދަވައިދެއްވާ" ޢާއިޝަތު އާދޭހާއެކު މިހެން އެދިފައިވާއިރު، މިފަދަ އެތައް ބަޔަކު މާލޭގައިވެސް އުޅެމުންދެއެވެ. ވަގުތާއި ޙާލަތަށް ބަލައި އެންމެންވެސް ކެތްތެރިވެގެން ތިބީ ވިހާވެސް އަވަހަށް ރަނގަޅު މަގެއް ފެންނާނެ ކަމުގެ އުއްމީދުގައެވެ. މިފަދަ ދަނޑިވަޅެއްގައި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް މާލެ ވަޑައިގެންނެވުމުން އެތައް ރައްޔިތުންނެއް ރުޅިއައީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

އާދިއްތަ ދުވަހު މެންބަރު ރިޔާޒް ޓްވިޓަރގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ތިމަރަފުށިން ފުރައިގެން އެނބުރި މާލެ ވަޑައިގަތް ވާހަކަ ހިއްސާކުރައްވާފައެވެ. އަދި މާލެ ވަޑައިގެންނެވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަދި ފުލުހުންގެ ހުއްދަ ލިއުމުން ލިބިގެންކަންވެސް ރިޔާޒް ފާހަގަކުރެއްވިއެވެ. އެހިސާބުން އެ ހުއްދައަށް އެދި ތިބި އަދި ހުއްދަ ނުލިބިފައިވާ އެތައް ރައްޔިތުންނެއް ސުވާލު އުފެއްދީ މެންބަރު ރިޔާޒަށް އެހާ ފަސޭހައިން ހުއްދަ ލިބިވަޑައިގަތީ ކިހިނެއްތޯއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކޮށްލުމުން މެންބަރު ރިޔާޒް ވިދާޅުވީ، އެޗްޕީއޭއަށް މެއިލް ކުރުމުން ހުއްދަ ދީފައިވާކަމުގެ މެއިލް ލިބުނު ކަމަށެވެ. އެގޮތުން ތިމަރަފުށިން އިތުރު 7 މީހަކުވެސް އެބީދައިން މާލެ އައިކަން މެންބަރު ރިޔާޒް ފާހަގަކުރެއްވިއެވެ.

ވައިގެ މަގުން ތިމަރަފުއްޓަށް ދިޔައީ 11 އޭޕްރީލްގައި. އެއީ 15 އޭޕްރީލްގައި އަންނަ ގޮތަށް، ނަމަވެސް 15 އޭޕްރީލްގައި މާލެ ލޮކްޑައުންކުރި، ޗެކިންވެސް ވެފަ އޭރު އޮތީ، އެހެންވެ 17 ވަނަ ދުވަހު އީމެއިލް މެދުވެރިކޮށް މާލެ ދިއުމުގެ ހުއްދައަކަށް އެދުނީ، 25 ވަނަ ދުވަހު ހުއްދަ ލިބުނު
ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް

އެކަމާ ގުޅޭގޮތުން މީސްމީޑިއާގައި ޢާންމުންގެ ރުޅިގަނޑު ގުގުމާލާފައިވާއިރު، އެތައް ބަޔަކު ވަނީ ފުރަބަންދުގައި ދަތުރުފަތުރު ކުރުމުގައި އޮތް ގޮންޖެހުންތައް ހިއްސާކޮށްފައެވެ. އެތައް ފަހަރަކު މަސައްކަތް ކޮށްގެންވެސް ހުއްދަ ނުލިބުނުއިރު، މެންބަރު ރިޔާޒަށް އެހާ ފަސޭހައިން ހުއްދަ ލިބެންވީ ސަބަބަކީ ކޮބައިތޯ ބައެއް މީހުންވަނީ ސުވާލު އުފައްދާފައެވެ. 8 އަހަރުގެ ދަރިފުޅު މައިމީހާ ގާތަށް އައުމަށް ހުއްދައަށް އެދިފައިވާއިރު، މި 2 ޙާލަތުގައި ތަފާތު ކުރުން ގެންގުޅެފައިވަނީ ކީއްވެތޯ ސުވާލު އުފައްދާ މީހުންވެސް މަދެއް ނޫނެވެ.

އެހެން ޙާދިސާއަކަށް ބަލާއިރު، މާލޭގައި ދެ ދަރިންނާއެކު އުޅެމުންދާ ހައްވާ ރަމީޒާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާއަކީ މާލޭގައި ދިރިއުޅޭ 30 ވަނަ ހަފުތާ ގުނަމުންދާ މާބަނޑު އަންހެނެއް ކަމަށާއި، އޭނާގެ ފިރިމީހާއާ ވަކިވެ މާބަނޑު ދުވަސްވަރު ހޭދަކުރަން ޖެހިފައިވާއިރުވެސް، ހުއްދަ ނުލިބި ލަސްވެގެން ދިޔަކަމަށެވެ.

އަޅުގަނޑު އެކަނި މިއުޅެނީ ދެ ދަރިން ގޮވައިގެން މާލޭގައި ، މި އުނދަގޫ ވަގުތުގައި ވެސް މި މަސް ނިމޭ އިރަށް އެބަޖެހޭ ގެ ބަދަލުކުރަން ވެސް. ފުލުހުންނަށް މި މައްސަލަ ހުށަހެޅިތާ 3 ދުވަސް ވެއްޖެ. ޖަވާބެއް ނުލިބޭ
ރަމީޒާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއް

އެހިސާބުން ގިނަ ބަޔަކު އުފެއްދި ސުވާލަކީ ދަތި ޙާލުގައި ޢާއިލާތަކާ ދުރުގައި ނުހަނު ތަކުލީފާއެކު އުޅެމުންދާ ޢާންމު ރައްޔިތުންނަށް ހުއްދަތައް ނުލިބިދާއިރު، މެންބަރު ރިޔާޒަށް ހުއްދަ ދޫކޮށްފައިވަނީ ކިހައި އިމަރޖެންސީ ޙާލަތެއް މެދުވެރިވެގެންބާއެވެ.

އެކަމާ ގުޅޭގޮތުން އާދިއްތަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، ފުލުހުން މާލެއައުމަށްޓަކައި ހުއްދަތައް ދޫކުރަނީ އެޗްޕީއޭގެ ރިލީސް ލެޓަރ (އެޗްޕީއޭގެ ޚާއްސަ ހުއްދަ)އެއް ދިނުމުން ކަމަށެވެ.

އަޅުގަނޑުމެން މާލެ އައުމަށްޓަކައި ހުއްދަ ފުލުހުން ދެމުންގެންދަނީ އެޗްޕީއޭއިން އަޅުގަނޑުމެންނަށް އެބޭފުޅަކަށް ހުއްދަ ދެއްވީމާ އަޅުގަނޑުމެން މި ހުއްދަ ދެމުން މި ގެންދަނީ، އެޗްޕީއޭގެ އީއޯސީ ލީގަލްއަށް ލިޔުއްވީމާ އެބޭފުޅުން ހުއްދަ ދެއްވީމަ އަޅުގަނޑުމެންނަށް އެ ހުއްދަ ދެވިގެން މިދަނީ،
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން

ރާއްޖެއިން ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް ފެނި، މާލެ ފުރަބަންދުކޮށް އެއްރަށުން އަނެއް ރަށަށް ދިއުންވެސް މަނާކޮށްފައިވާއިރު، މި ވައިރަސް ފެތުރުމުގެ ނުރައްކާ އޮތީ ހަމައެކަނި މާލެއިން ރަށްރަށަށް ދާ މީހުންގެ ފަރާތުންނެއް ނޫނެވެ. ނުވަތަ ރިސޯޓުތަކުން މާލެ ދާ މީހުންގެ ފަރާތުންނެއްވެސް ނޫނެވެ. ހަޤީޤަތަކީ މިއަދު ރާއްޖޭގެ އެއްވެސް ހިސާބެއް ރައްކާތެެރި ނޫންކަމެވެ. ވީއިރު، ޚާއްޞަ ޙާލަތްތަކަށް ރިޢާޔަތްކޮށް މި ހުއްދަތައް ދޫކުރެވޭ ގޮތްތައް ރައްޔިތުންނަށް އިތުރަށް އޮޅުން ފިލުވައިދޭން އެބަ ޖެހެއެވެ. ހުއްދަ ލިބޭ ޙާލަތްތަކާއި ނުލިބޭ ޙާލަތްތައް ރައްޔިތުންނަށް އިތުރަށް ސާފުވާން އެބަ ޖެހެއެވެ.

އޭގެ އިތުރުން، އެތައް ރައްޔިތުންނެއް މާލޭގައި ތާށިވެ، ބޮޑެތި ޚަރަދުތައް ކުރަން މަޖުބޫރުވެފައިވާއިރު، ޚާއްޞަ ޙާލަތްތަކުގައި އެންމެންނަށް ހަމަހަމައަށް ހުއްދަ ދޫކުރަން ޖެހެއެވެ. ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާއިރު، ޢާންމު ރައްޔިތުމީހާގެ ދިރިއުޅުމުގެ ޙާލަތަށްވެސް ރިޢުޔަތް ކުރަން ޖެހެއެވެ. ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ކުއްލިއަކަށް މާލެ ފުރަބަންދު ކުރިއިރު، ކުރު މުއްދަތަށް މާލެ އައިސް ތާށިވެފައި ތިބި ހުރިހާ ފަރާތްތައް ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސް އެންމެން ތޮއްޖެހުމުގެ ބަދަލުގައި ވަކި އިންތިޒާމުތަކެއްގެ ދަށުން، އެނބުރި ރަށަށް ދެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަން ޖެހެއެވެ. ރަށްރަށުގެ ޓާސްކްފޯސްތަކާއި ގުޅިގެން އެ ފަރާތްތައް ވަކިން އައިސޮލޭޓް ކުރެވޭގޮތް ހަމަޖެހިފައިވާ ރަށްރަށަށް އެނބުރި ދިއުމަށް ހުއްދަ ދޫކުރެވިދާނެ ނޫންތޯއެވެ؟ ޙަޤީޤަތަކީ މިފަދަ ބިރުވެރި ދަނޑިވަޅެއްގައިވެސް މާލެއިން އެނބުރި ރަށްރަށަށް ދާން ބޭނުންވާ އަދި ރަށްރަށުން މާލެ އަންނަން ބޭނުންވެފައި ތިބި ފަރާތްތައް ތިބީ ނުހަނު މަޖުބޫރީ ޙާލަތެއްގައި ކަމެވެ. އެ ފަރާތްތަކަށް އަވަސް ޙައްލެއް ސަރުކާރުން ހޯދައިދޭން ޖެހޭކަމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
9%
1%
2%
83%
2%
4%
ކޮމެންޓް
28 އޭޕްރިލް 2020 | އަންގާރަ 03:24
މ.ޔ
މިމީހުންވެސް ޖީބުތައް ފުރާ އަމިއްލަ ބާލީހަށް ބަންޑާރަ ކަ ފަ ގެންނެވުންނޫކަމެއް ނުކުރޭ {އެވެސް ވަގުން-މިވެސް ހަމަ ވަގުން.
27 އޭޕްރިލް 2020 | ހޯމަ 11:19
މާލެ
މާލޭގަ ކޮންމެ ހެން ދެދަރިން ގޮވާގެން އުޅެން ޖެ ހޭތަ
26 އޭޕްރިލް 2020 | އާދީއްތަ 21:30
އ.މ
ދެރަ ނިކަމެތިންނަށް ނިކަމެތި ގޮތް..3 ކުދިން ރަށުގަ 14 ވަނަ ދުވަހު މާލެ އައިސް ތާށި ވެފަ މިތިބީ...އަވަސް ހައްލެއް ބޭނުން...
26 އޭޕްރިލް 2020 | އާދީއްތަ 20:07
ހިލަ އަހަންމަދު
އެދުތަންމަތި ބަނދެގެންނޭ. ކިކިކީ.. މޮޅެތިހާ އެއްޗެހި ލިޔަންވެގެން ރޯނުބައިކޮށް. ބޭކާރު ހާސަރުު ދިގުކަމުން ކިޔަންވެސް ފޫހިވެއްޖެ. ޢެހާ ކުށް ގިނަ. މީ ތާކުންތާކު ޖެހޭ ލިޔުމެއް ލިޔާ މީހެއްނޫން. ޢެކަމަކު މި ނޫހަށް ލިޔާ ބައެއް ކުދިން ވަރަށް ކޮލި. ލިޔުން ކިޔާލަން ވެސް ފަސޭހަ..
26 އޭޕްރިލް 2020 | އާދީއްތަ 19:39
ތިމަރަފުށިން
ރަށުގައި ވެސް ކުރި ކަމަކީ ޒުވާން ކުދިން ކޮޅެއް ބޮލަށް އެދިގެން ނައިޓް ފިޝިންއަށް ދިޔުން. ގޭގައި ރައްޔިތުން ތިބި އިރު މިޔު އުޅުނީ ބަނދަރުމަތީ އެކަކަށް ބަލި ޖައްސާ އަނެކަކަށް ބަލިޖައްސާން.
26 އޭޕްރިލް 2020 | އާދީއްތަ 19:34
ފަތުމަ
ތަފާތު ނުކުރޭ
26 އޭޕްރިލް 2020 | އާދީއްތަ 19:25
އަހުމަދު
ތިއީ ވަރައް ނާއިންސާފު ނިންމުމެއް މެނބަރެއްވީމާ ބައްޔެއް ނުއުފުލާނެދޯ؟