ކ. މާލެ
|
2 އޭޕްރިލް 2017 | އާދީއްތަ 03:06
ޔާޝާ އޭސްލީ - "ޖިއުމަން ކަލްކިއުލޭޓަރ" އެއްގެ ގޮތުގައި މީޑިއާގައި ސިފަ ކުރޭ
ޔާޝާ އޭސްލީ - "ޖިއުމަން ކަލްކިއުލޭޓަރ" އެއްގެ ގޮތުގައި މީޑިއާގައި ސިފަ ކުރޭ
އައިޓީވީ ސެންޓްރަލް
އެންމެ ހަގު ލެކްޗަރަރ
އުމުރުން 14 އަހަރުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ލެކްޗަރަރ އަކަށް!
 
ޔާޝާ ސިފަކުރަނީ "ހިއުމަން ކަލްކިއުލޭޓަރ" އެއްގެ ގޮތުގައި

އުމުރުން އެންމެ 14 އަހަރުގައި އިނގިރޭސިވިލާތުގެ ލީސިސްޓަރ ޔުނިވަރސިޓީގެ ލެކްޗަރަރ ކަން ޔާޝާ އޭސްލީއަށް ލިބިއްޖެއެވެ.

ޔާޝާ އަށް ވަޒީފާ ލިބުނީ، އެކަމަށް ކުރިމަތިލީ އެތައް ބަޔަކާ ވާދަކޮށްގެންނެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ އޭނާއަށް ވުރެ އުމުރުން ދޮށީ މީހުންނެވެ. ވަޒީފާއަށް ހޮވުނީ ޔާޝާގެ އުމުރުން 13 އަހަރުގައެވެ.

އިންޓަވިއު ކުރުމަށްފަހު ޔާޝާއަށް ވަޒީފާ ހަމަޖެހުނު އިރު އުމުރަކީ 14 އަހަރު ކަމަށް ވުމާއެކު، ކުޑަކުއްޖަކު ވަޒީފާ އަދާ ކުރުމަށް ސިޓީ ކައުންސިލުން ހޯދަންޖެހޭ ޚާއްސަ ހުއްދަ އޭނާ ހޯދަންޖެހޭ ކަމަށް އިނގިރޭސި ނޫސްތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.

ޔުނިވަސިޓީގައި ޔާޝާ ކިޔަވައިދޭނީ ހިސާބެވެ.

ޔާޝާ އޭލެވެލް އިމްތިހާނު ހެދީ އުމުރުން 8 އަހަރުގައެވެ. އޭލެވެލް އިމްތިހާނުން ހިސާބުން އޭ ފާސް ހޯދީ ސަތޭކަ އިންސައްތައިގެ ނަތީޖާއަކުންނެވެ.

ޔާޝާ ހިސާބަށް އިލްމަށް މޮޅުވުމުގެ ސަބަބުން "ހިއުމަން ކަލްކިއުލޭޓަރ" ގެ ގޮތުގައި އެކި ފަރާތްތަކުން އޭނާ ސިފަ ކުރެއެވެ.

ޔާޝާ ވެގެންދާނީ ޔުނިވަރސިޓީއެއްގެ އެންމެ ހަގު ލެކްޗަރަރގެ އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް