ކ. މާލެ
|
23 އޭޕްރިލް 2020 | ބުރާސްފަތި 18:08
ދުވާލެއްގެ މައްޗަށް 10 މިލިގްރާމް ވިޓަމިންޑީ ހަށިގަނޑަށް ބޭނުންވޭ
ދުވާލެއްގެ މައްޗަށް 10 މިލިގްރާމް ވިޓަމިންޑީ ހަށިގަނޑަށް ބޭނުންވޭ
ގެޓީ އިމޭޖަސް
ސިއްޙީ ރަނގަޅު އާދަތައް
ލޮކްޑައުންގައި ތިބޭއިރު ވިޓަމިން ޑީ ހޯދުމަށް ވިޓަމިން ކެޕްސޫލް ބޭނުން ކުރޭ
 
ދުވާލެއްގެ މައްޗަށް 10 މިލިގްރާމް ވިޓަމިން ހަށިގަނޑަށް ބޭނުންވާނެ
 
ވިޓަމިންޑީ ސަޕްލްމެންޓްސް ނުވަތަ ކެޕްސޫލް ބޭނުން ކުރުމަށް އިރުޝާދުދޭ
 
ލޮކްޑައުންގައި ވިޓަމިން ޑީ ހަށިގަނޑަށް ލިބޭ މިންވަރުވެސް ނިސްބަތުން ދަށްވާނެ

ލޮކްޑައުންގައި ތިބޭއިރު، އިރުގެ އަލީގެ ހަކަތައިން ލިބޭ ވިޓަމިނެއް ކަމަށްވާ "ވިޓަމިން ޑީ" ނުލިބޭނެތީ، ވިޓަމިން ޑީ ކެޕްސޫލް ބޭނުން ކުރުމަށް ސިއްޙީ މާހިރުން އިރުޝާދު ދެއްވައިފިއެވެ.

އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތް އިންގްލެންޑް (ޕީއެޗްއީ)ން ބުނެފައިވާ ގޮތުގައި، ލޮކްޑައުންއާ ގުޅިގެން އިރުގެ އަލީގައި ހޭދަކުރެވޭ މިންވަރު މަދުވެފައިވުމާއެކު، ވިޓަމިން ޑީ ހަށިގަނޑަށް ލިބޭ މިންވަރުވެސް ނިސްބަތުން ދަށްވާނެއެވެ. އެއާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ދަނޑިވަޅުގައި ވިޓަމިންޑީ ސަޕްލްމެންޓްސް ނުވަތަ ކެޕްސޫލް ބޭނުން ކުރުމަށް ޕީއެޗްއީން ވަނީ އިރުޝާދު ދީފައެވެ.

އެގޮތުން ހަށިގަނޑުގެ މަސްތަކާއި ކަށިތައް ރަނގަޅަށް ހެދިބޮޑުވުމަށް ދުވާލެއްގެ މައްޗަށް 10 މިލިގްރާމް ވިޓަމިން ޑީ ހަށިގަނޑަށް ބޭނުންވާނެކަަމަށް ޕީއެޗްއީގެ ޑޮކްޓަރުން ވަނީ ލަފާދެއްވާފައެވެ.

ވިޓަމިން ޑީ ގެ ސަބަބުން ހަށިގަނޑަށް ކެލްޝިއަމްއާއި ފޮސްފޭޓް ލިބޭ މިންވަރު އިތުރު ވެގެންދާއިރު، މި މާއްދާތަކަކީ ކަށިތަކާއި ދަތްތަކުގެ އިތުރުން، ހަށިގަނޑުގެ މަސްތައް ދުޅަހެޔޮކޮށް ބެހެއްޓުމަށް ހަށިގަނޑަށް ކޮންމެހެންވެސް ބޭނުންވާ މާއްދާ ތަކެކެވެ.

އިރުގެ އަލިން ލިއްބައިދޭ ހަކަތައިގެ އިތުރުން، ބިހުގެ ގޮބޮޅި (އެގް ޔޯކް)އާއި، ރެޑް މީޓްގެ އިތުރުން، ތެލުގެ މިންވަރު ގިނަ މަހުގެ ބާވަތްތައް ބޭނުން ކުރެވިދާނެއެވެ. އޭގެއިތުރުން، ސީރިއަލްގެ ބާވަތްތައްވެސް ބޭނުން ކުރެވިދާނެ ކަމަށް ޕީއެޗްއީން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް