ކ. މާލެ
|
23 އޭޕްރިލް 2020 | ބުރާސްފަތި 14:18
މާހެފުމަށް މޫދަށް ދިއުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއް
މާހެފުމަށް މޫދަށް ދިއުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއް
ސަން އޮންލައިން
ދިވެހިންގެ މާހެފުން
މާހެފުން މަތިން މިސްވޭތަ؟
 
ކޮވިޑް-19 އާ ގުޅިގެން މާހެފުންތައް މިއަދު ވަނީ ނުބޭއްވިފައި
 
ޒަމާނަށް އަންނަ ބަދަލާއެކު މާހެފުމަށް ވެސް ވަނީ ބަދަލު އައިސްފައި

އަރާއިރާއެކު މުޅި ރަށް ހަލަބޮލިވެގެން ދެއެވެ. އަވައްޓެރި ގޭތަކުން މީހުންތައް އައިސް ގޭތެރެ ފުރާލައެވެ. ފަތިހު 05 ނުޖަހަނީސް ގޭގައި އުޅޭ ކުދިވެރިން ރިންގުތަކާއި ސީބެޑްތަކަށް ވައިޖެހުމަށް ދުވެ ގަނެއެވެ. މޫދަށް ދިއުމަށް ހުންނަ ފޯރީގައި ގޭގައި އުޅޭ މީހުންނަށް ވެސް ގޮވަނީ ވެސް އެވެރިންނޭ ބުންޏަށް ދޮގަކަށް ނުވާނެއެވެ.

މިއީ އަތޮޅު ތެރޭގެ ގިނަ ރަށްރަށުގައި މާހެފުން ބާއްވާ ގޮތެވެ. އަދި މާލެސިޓީގައި ދިރިއުޅޭ ބައެއް އާއިލާތަކުން ވެސް މިގޮތަށް މާހެފުން ބާއްވައެވެެ. ތަފާތު ގޮތްގޮތަށް މާހެފުންތައް ބޭއްވި ނަމަވެސް ގިނަ ބަޔަކު ފަޅު ރަށަކަށް ނުވަތަ ދިރިއުޅޭ ރަށުގެ މޫދަށް ދިއުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމަކެެވެ.

މާހެފުމަށް ދިއުމަށް ކުރިއާލާ ގިނަ އައިލާތަކުން ތައްޔާރުވޭ

ޒަމާނަށް އައި ބަދަލާއެކު މިހާރު މެހުފުމަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން އޮފީސްތަކާއި، އޮފީހުގެ ވަކި ސެކްޝަންތަކާއި، އާއިލާތަކާއި، ރަށްޓެހިން އަދި ކްލާސް ކުދިންގެ އިތުރުން އެކި ގުރޫޕްތަކުން މާހެފުންތައް ބާއްވައެވެ. އަދި އާއިލީ މާހެފުމުގައި ބައިވެރި ވުމަށް އޮފީހަށް ސަލާމް ބުނެފައި ނުވަތަ އޮފް ހަދައިގެންދާ ދާ މީހުންވެސް މަދެއް ނުވާނެއެވެ. މާހެފުންތައް ގިނަ ކަމުން ބައެއް ހާލަތްތަކުގައި ކެންސަލް ކުރަންޖެހޭ މާހެފުންތައް ވެސް ގިނައެވެ.

މިއަދު މިވަނީ ހާލަތު ބަދަލުވެފައެވެ. އެހެން އަހަރު ތަކުގައި ނަމަ، މިއަދު ވެގެންދާނީ އެންމެ ބޮޑު މާހެފުން ބާއްވަ ދުވަހަށެވެ. ދިވެހި ކެއުންތަކާއެކު މުޅި ދުވަސް ހޭދަކުރަނީ އަތިރިމަތީގައެވެ. ކުލަ ޖެހުމާއި ފެން ޖެހުމުގައެވެ. އެއްބަޔަކު ވަޅަށް ލާއިރު، އަނެއް ބަޔަކު މޫދަށް ވެސް ލައެވެ. ބައެއް ރަށްރަށުގެ މޫދު މާހިފުން ދުވަހު ފުރެއެވެ. އާންމުކޮށް މީހުން ދިރިއުޅޭ ސަރަހައްދު ފަޅުވެގެންދެއެވެ. މިމަޖަލުގެ ތެރެއިން ކިތަންމެ ވަރުބަލި ވިނަމަވެސް އާއިލާއާ ގާތް ރަށްޓެހިން ނާއެކު ބާއްވާ ބޮޑު މާހިފުމަކީ މުޅި ރަމަޟާންމަހުގެ އުފަލަކަށް ވެގެންދެއެވެ.

މާހެފުމުގައި ބައިވެރިވުމަށް ގިނަ ބަޔަށް ރަށަށް ވެސްދޭ

ނަމަވެސް އެހެން ހުރިހާ އަހަރުތަކާ ހިލާފަށް މިއަހަރު އެންމެން މިވަނީ މާހިފުމުން މަހުރޫމް ވެފައެވެ. މޫދަށް ނުދެވޭތާގައި ގެއިން ބޭރަށް ނުނިކުމެ ތިބުމަށް މަޖުބޫރުވެފައެވެ. ކޮވިޑް-19ގެ ވަބާއާއެކު އެންމެންގެ ހިތްތައް ނުތަނަވަސް ކުރުވާފައި ވާއިރު، ލޯބިވާ އާއިލާއާ ބައްދަލުވާނެ ދުވަހެއް ވެސް ނޭނގެއެވެ. އެކިތަންތާގައި އާއިލާ މިހުންތައް ބަންދު ވެފައިވާއިރު، ވީޑިއޯ ކޯލަކުން މިފަހަރު މިޖެހެނީ ހިތްހަމަ ޖައްސާލާށެވެ.

މޫދަށް ނުދިޔަ ނަމަވެސް ބޮޑެތި ކެއުންތަކާއެކު މާހެފުންތައް ބާއްވާ

މިއަދު މާހެފުމަށް ހިޔަނި އެޅުނު ނަމަވެސް ސިއްހީ މާހިރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރަންޖެހެއެވެ. މިމާހެފުން މަތިން މިސްވިޔަސް ކުރިއަށް އޮތް ފިތުރު އީދުގެ ޚާއްސަ ކެއުމާއި މަޖަލުގައި ބައިވެރިވާން ބޭނުންވާ ނަމަ މިއަދު ސިއްހީ މާހިރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
100%
0%
0%
0%
0%
ކޮމެންޓް
23 އޭޕްރިލް 2020 | ބުރާސްފަތި 18:21
ސޯދުބެ
ހާދަ ފުރިހަމަ ދިވެި ބަހަކުން ލިޔެލާފައި އޮތް ސުރުހީއެއް