ކ. މާލެ
|
15 އޭޕްރިލް 2020 | ބުދަ 22:28
އުމުރުން 106 އަހަރުގެ ކޯނީ ޓިޗެން (ވ)
އުމުރުން 106 އަހަރުގެ ކޯނީ ޓިޗެން (ވ)
ސޭންޑްވެލް އެންޑް ވެސްޓް ބާމިންގހަމް އެންޗެއްއެސް ޓްރަސްޓް
ދުވަސްވީ މީހަކު ކޮވިޑުން ގަދަވުން
އުމުރުން 106 އަހަރުގެ އިނގިރޭސި އަންހެނަކު ކޮވިޑް-19 ން ގަދަވެއްޖެ
 
އިނގިރޭސިވިލާތުގައި މިހާތަނަށް ކޮވިޑުން ފަސޭހަވި އެންމެ ދުވަސްވީ މީހަކީ މި

އުމުރުން 106 އަހަރުގެ ކޯނީ ޓިޗެން ކޮވިޑް-19 ބައްޔާ ހަނގުރާމަ ކޮށް ގަދަވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިއީ އިނގިރޭސިވިލާތުގައި ކޮވިޑް-19 ބަލިން ގަދަވި އެންމެ ދޮށީ އުމުރުގެ މީހާއެވެ.

ދުނިޔޭގެ ބޮޑު ދެ ހަނގުރާމަ ހިނގާފައިވަނީ މުނިމާމާ ކިޔާ ކުދިން ލިބިފައިވާ މި އަންހެން މީހާގެ ހަޔާތުގައެވެ.

ބާމިންގހަމް ސިޓީ ހޮސްޕިޓަލުން ބަލިން ރަނގަޅުވެގެން ގެއަށް ދަމުން އޭނާ ބުނީ ބަލިން ގަދަވުމަކީ އޭނާގެ ހެޔޮ ނަސީބު ކަމަށެވެ.

ހުސްވި މަހު މި އަންހެންމީހާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ނިއުމޯނިއާ އަށް ޝައްކު ކުރެވިގެންނެވެ. ޓެސްޓް ތަކުން އެނގުނު ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެނައި އިރު ވަނީ ކޮވިޑް-19 ޖެހިފައެވެ.

ބަލި ފަސޭހަވެގެން ހޮސްޕިޓަލުން އޭނާ ދޫކޮށްލީ ގާތްގަނޑަކަށް 3 ހަފްތާގެ ފަރުވާއަށް ފަހުގައެވެ.

އުމުރުން ދުވަސްވީ މީހުންނަށް ކޮވިޑް-19 އަކީ ވަކިން ނުރައްކާ ބޮޑު ބައްޔެއްގެ ގޮތުގައި ބެލެވިފައިވީ ނަމަވެސް، އިނގިރޭސިވިލާތުން ބަލި ފަސޭހަ ވެގެން ކޯނީގެ ކުރިން ދޫކޮށްލި މީހުންގެ ތެރޭގައި 99 އަހަރުގެ ފިރިހެނަކާއި 101 އަހަރުގެ ފިރިހެނަކު ހިމެނޭކަން ފާހަގަ ކުރެވެއެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް އިނގިރޭސިވިލާތުގައި 12 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
67%
33%
0%
0%
0%
0%
ކޮމެންޓް