ކ. މާލެ
|
15 އޭޕްރިލް 2020 | ބުދަ 01:23
ޑރ. ޕީޓަރ ފޮސްޓަރ، ކޮރޯނާވައިރަސް ގެ މިއުޓޭޝަން ދިރާސާ ކުރި ޓީމް ލީޑަރ، ޖެނެޓިކްސް އިލްމެވެރިއެއް
ޑރ. ޕީޓަރ ފޮސްޓަރ، ކޮރޯނާވައިރަސް ގެ މިއުޓޭޝަން ދިރާސާ ކުރި ޓީމް ލީޑަރ، ޖެނެޓިކްސް އިލްމެވެރިއެއް
ސްކްރީން އިމޭޖް
ކޮރޯނާވައިރަސް މިއުޓޭޓްވުން
ނޮވެލް ކޮރޯނާވައިރަސްގެ 3 ބާވަތެއް އުފެދިއްޖެ: ސައިންސްވެރިން
 
މި 3 ބާވަތައް ދީފައިވާ ނަމަކީ، "ޓައިޕް އޭ"، "ޓައިޕް ބީ"، އަދި "ޓައިޕް ސީ"

ނޮވެލް ކޮރޯނާވައިރަސް އިން 3 ބާވަތެއް އުފެދިއްޖެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ސައިންސްވެރިން މިކަން ހާމަ ކުރީ ނޮވެލް ކޮރޯނާ ވައިރަސްގެ ޖެނެޓިކް ދިރާސާތައް ކުރުމަށް ފަހުގައެވެ.

ކޮވިޑް-19 ޖެހުނު 160 މީހުންގެ ހަށިގަނޑުން ނެގި ސާމްޕަލްތަކުން ވައިރަސްގެ ޖީނޯމް ދިރާސާ ކުރުމަށް ފަހު، އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިން ބުނީ، މިހާ ހިސާބަށް އައި އިރު ނޮވެލް ކޮރޯނާވައިރަސް ގެ އޮރިޖިނަލް ބާވަތުން އިތުރު ދެ ބާވަތް އުފެދި މިހާރު ޖުމްލަ 3 ބާވަތަކަށް އެ ވައިރަސް ބަދަލުވެފައިވާ ކަން ހާމަވާ ކަމުގައެވެ.

ސައިންސްވެރިން މި 3 ބާވަތައް ދީފައިވާ ނަމަކީ، "ޓައިޕް އޭ"، "ޓައިޕް ބީ"، އަދި "ޓައިޕް ސީ" އެވެ.

ކޮރޯނާވައިރަސް އިންސާނުންގެ ހަށިގަނޑަށް ވާސިލުވި ކަމަށް ބެލޭ ވާލުގެ ހަށިގަނޑުން ފެންނަ ކޮރޯނާވައިރަސް އާ އެންމެ އެއްގޮތްކަން ބޮޑީ އިންސާނުންގެ ހަށިގަނޑުން ފެންނަ "ޓައިޕް އޭ" ވައިރަސް އަށެވެ. އެހެން ކަމުން ސައިންސްވެރިން ދެކޭ ގޮތުގައި މި 3 ބާވަތުގެ ތެރެއިން އެންމެ ދޮށީ ބާވަތަކަށް ވާނީ "ޓައިޕް އޭ" އެވެ.

ސައިންސްވެރިން ބުނީ، ދުނިޔޭގެ ކަންކޮޅުތަކަށް ބަލި ފެތުރިފައިވާ ގޮތައް ބަލާއިރު، މި 3 ބާވަތް ދުނިޔޭގެ އެކި ސަރަހައްދު ތަކަށް ދަތުރު ކޮށްފައިވަނީ ތަފާތު މަގުތަކުންކަން ދިރާސާ އިން ހާމަވާ ކަމުގައެވެ.

ސައިންސްވެރިން ބުނި ގޮތުގައި ވައިރަސް 3 ބާވަތަކަށް މިއުޓޭޝަންގެ ޒަރީއާ އިން ބަދަލުވި ސަބަބެއް ކަމަށް ބެލެވެނީ އިންސާނުންގެ ދިފާއީ ނިޒާމުން ސަލާމަތްވުމަށާއި، ތަފާތު އާބާދީތަކުގެ މެދުގައި ފެތުރިގަތުމަށް ފަސޭހަކަން ލިބިގަތުމަށް ކަމަށް ބެލެވެއެވެ.

މި ދިރާސާގައި އިސްކޮށް ހުންނެވި، ޖެނެޓިކްސް އިލްމްގެ މާހިރެއް ކަމުގައިވާ ޑރ. ޕީޓަރ ފޮސްޓަރ ޗައިނާ ގްލޯބަލް ޓެލެވިޜަން ނެޓްވޯކަށް މި ދިޔަ ހޮނިހިރު ދުވަހު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ބަލި ފުރަތަމަ ފެނުނީ ވޫހާން އިން ކަމަށް ވިޔަސް ވައިރަސް އުފަންވީ ވޫހާންގައި ކަމަށް ބެލޭނެ ސައިންޓިފިކް ހެއްކެއް ނެތް ކަމުގައެވެ.

އޭނާ ވިދާޅުވީ، ވައިރަސްގެ އެންމެ ދޮށީ ބާވަތް ކަމަށް ބެލޭ "ޓައިޕް އޭ" ކޮންމެވެސް ވަރަކަށް ވޫހާން އިން ފެނުނު ނަމަވެސް ބަލީގެ މައްސަލަ އެންމެ މައްޗަށް ވޫހާންގައި ދިޔަ އިރު "ޓައިޕް އޭ" އަކީ ވޫހާންގައި އެންމެ އާއްމު ވައްތަރުގެ ވައިރަސް ނޫން ކަމަށް ދިރާސާ އިން ހާމަވާ ކަމުގައެވެ.

ދިރާސާ އިން ހާމަވާ ގޮތުގައި ވައިރަސްގެ "ޓައިޕް އޭ" އެންމެ ގިނައިން ފެނިފައިވަނީ އޮސްޓްރޭލިއާ އާއި އެމެރިކާ އިން ކޮވިޑް-19 ޖެހުނު މީހުންގެ ގައިންނެވެ. ވޫހާން އިން އެންމެ ގިނައިން ފެނިފައިވަނީ "ޓައިޕް ބީ" ވައިރަސް އެވެ. އެއާ އެކު އިރުމަތީ އޭޝިއާގެ ގައުމުތަކުން ވެސް އެންމެ ގިނައިން ފެނިފައިވަނީ "ޓައިޕް ބީ" ކަން ފާހަގަ ކުރެވެއެވެ.

ބެލެވޭ ގޮތުގައި ޔޫރަޕަށް ވައިރަސް ދަތުރު ކުރި އިރު، ވައިރަސް ވަނީ އިތުރަށް މިއުޓޭޓްވެފައެވެ. ފްރާންސް، ބެލްޖިއަމް، ފިންލޭންޑް، ޑެންމާކް، ޖަރުމަން، ސްވިޑްން، އަދި އިނގިރޭސިވިލާތުން ކޮވިޑް-19 ޖެހުނު މީހުންގެ ގައިން މައިގަނޑު ގޮތެއްގައި ފެނިފައިވަނީ "ޓައިޕް ސީ" ވައިރަސް ކަމަށް ދިރާސާގައި ބުނެފައި ވެއެވެ.

ޔޫރަޕްގެ ގިނަ ގައުމު ތަކުގައި ފެތުރިފައިވަނީ "ޓައިޕް ސީ" ކަމަށް ސައިންސްވެރިން ދެކޭއިރު، ހޮންކޮންގ، ސިންގަޕޫރު، ދެކުނު ކޮރެއާއިން ވެސް ފެނިފައިވަނީ "ޓައިޕް ސީ" ކަމަށް ވުމާއެކު، ޔޫރަޕަށް ބަލި ދަތުރު ކޮށްފައިވަނީ އިރުމަތީ އޭޝިއާގެ މަގުން ކަމަށް ސައިންސްވެރިން ދެކެއެވެ.

ޑރ. ފޮސްޓަރ ވިދާޅުވި ގޮތުގައި، ވައިރަސްގެ "ޓައިޕް އޭ" އަކީ އެންމެ ފުރަތަމަ ކޮވިޑް-19 ޖެހުނު މީހުންގެ ގައިން ފެންނާނެ ވައިރަސްގެ ބާވަތެވެ. އެއީ "ޓައިޕް އޭ" މިއުޓޭޓްވެ "ޓައިޕް ބީ" އަށް ބަދަލުވީއެވެ. އަދި "ޓައިޕް ސީ" އުފެދުނީ "ޓައިޕް ބީ" އިން ކަމަށް ވާތީއެވެ.

ސައިންސްވެރިންގެ މި ހޯދުންތައް ޕްރޮސީޑިންގްސް އޮފް ދަ ނޭޝަނަލް އެކަޑަމީ އޮފް ސައިންސަސް ގައި ވަނީ ޝާއިއު ކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
50%
6%
32%
7%
2%
2%
ކޮމެންޓް
ގުޅުންހުރި
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް