ކ. މާލެ
|
14 އޭޕްރިލް 2020 | އަންގާރަ 11:15
ޗައިނާ ގެ ސިއްހީ މަސައްކަތްތެރިންތަކެއް ހަރަކާތްތެރިވާ މަންޒަރު
ޗައިނާ ގެ ސިއްހީ މަސައްކަތްތެރިންތަކެއް ހަރަކާތްތެރިވާ މަންޒަރު
ޓްވިޓަރ
ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުން
ކޮވިޑް-19 ގެ އިތުރު ދެ ވެކްސިނެއް އިންސާނުންނަށް ޓެސްޓު ކުރުމުގެ ހުއްދަ ޗައިނާއިން ދީފި
 
ވެކްސިންއެއް އުފައްދުނު ނަމަވެސް، މާސް ޕްރޮޑަކްޝަން ފަށަން 18 މަސް ދުވަސް ނަގާނެ: މާހިރުން
 
ޗައިނާގެ އިތުރުން، އިންސާނުންގެ ގަޔަށް ޖަހައިގެން ޓެސްޓްކުރުމުގެ ހުއްދަ ދީފައި ވަނީ އެމެރިކާގައި
 
ޗައިނާއިން ވަނީ ތިން ކުންފުންޏަކަށް ކޮވިޑް-19 ވެކްސިންގެ ހިއުމަން ޓްރައަލްސް ހަދަން ހުއްދަ ދީފައި

ކޮވިޑް-19 ގެ ދެ ވެކްސިންއެއް އިންސާނުންނަށް ޓެސްޓު ކުރުމުގެ ހުއްދަ ޗައިނާ ސަރުކާރުން ދޭން ނިންމައިފި އެވެ.

ޗައިނާ ގެ ދައުލަތުގެ މީޑިއާ، ޝިންހުވާ އިން ރިޕޯޓުކޮށްފައިވާ ގޮތުން ނަމަ، ދެ ކުންފުންޏަކުން އުފައްދާފައިވާ ވެކްސިނެއް އިންސާނުންގެ ގަޔަށް ޖަހައިގެން މަސައްކަތް ކުރޭތޯ ބެލުމުގެ ހުއްދަ ޗައިނާ ސަރުކާރުން ދީފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ކުންފުންޏަކީ ބެއިޖިންގ ގައި ހުންނަ ސިނޮވަކް ބަޔޯޓެކް އެވެ. އަނެއް ކުންފުންޏަކީ ޗައިނާ ނެޝަނަލް ފަރމަސޫޓިކަލް ގްރޫޕް ގެ އެފިލިއޭޓް ކުންފުންޏެއް ކަމުގައިވާ ވޫހާން އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސް އެވެ.

ޗައިނާ އިން ވަނީ ނިމިދިޔަ މަރޗް މަހުގެ ތެރޭގައި ވެސް ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިނެއް އިންސާނުންނަށް ޓެސްޓު ކުރުމަށް ހުއްދަ ދީފައެވެ. މި ވެކްސިން އުފައްދާފައި ވަނީ އެ ޤައުމުގެ އަސްކަރިއްޔާއިން ހިންގާ ޗައިނާޒް އެކެޑެމީ އޮފް މިލިޓަރީ ސައިންސަސް އަދި ހޮންގ ކޮންގ ގައި ރަޖިސްޓްރީކޮށްފައިވާ ބަޔޯޓެކް ކުންފުންޏެއް ކަމުގައިވާ ކަންސީނޯ ބަޔޯ ގުޅިގެން އުފައްދާފައިވާ ވެކްސިނެކެވެ.

ޗައިނާ ގެ އިތުރުން އިންސާނުންގެ ގަޔަށް ޖަހައިގެން ވެކްސިން މި ވަގުތު ޓެސްޓު ކުރަމުން އަންނަނީ އެމެރިކާ ގެ ކުންފުންޏަކުންނެވެ. މޮޑަރނާ ނަމަކަށް ކިޔާ މި ކުންފުނިން ވަނީ، ޔޫއެސް ނެޝަނަލް އިންސްޓިއުޓްސް އޮފް ހެލްތު ގެ ހުއްދައާއެކު މަރޗް މަހުގެ ތެރޭގައި ވެކްސިން މަސައްކަތްކުރޭތޯ ބެލުމުގެ މަސައްކަތް ފަށާފައެވެ.

ސައިންސްވެރިންނާއި ޑޮކްޓަރުން ގުޅިގެން ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށް ކެނޑިނޭޅި އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، މާހިރުން އަންދާޒާ ކުރާ ގޮތުގައި، މިފަދަ ވެކްސިންއެއް ދުނިޔޭގެ އާބާދީގެ ބޮޑު އިންސައްތައަކަށް ފޯރުކޮށްދެވޭ ވަރަށް އުފައްދަން ގާތްގަނޑަކަށް 18 މަސް ދުވަސް ނަގާނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
90%
0%
0%
0%
10%
ކޮމެންޓް