ކ. މާލެ
|
11 އޭޕްރިލް 2020 | ހޮނިހިރު 15:32
އަލް-ގާތިފްގައި މާސްކް އަޅައިގެން ތިބި ދެ އަންހެނުން ހިނގާފައި ދަނީ
އަލް-ގާތިފްގައި މާސްކް އަޅައިގެން ތިބި ދެ އަންހެނުން ހިނގާފައި ދަނީ
ރޮއިޓަރސް
ސައުދީގައި ކޮވިޑް-19 ފެތުރުން
ސައުދީގައި 24 ގަޑީއިރު ތެރޭ 364 މީހުންނަށް ކޮވިޑް-19 ޖެހިއްޖެ
 
ސައުދީގައި ދެ ލައްކަ މީހުންނަށް ބަލި ޖެހިދާނެ ކަމަށް އަންދާޒާތަކުން ދައްކާ

ސައުދީ އަރަބިއްޔާގައި 24 ގަޑީއިރު ތެރޭ އަލަށް 364 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިހާތަނަށް އެ ގައުމުގައި 3651 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، 2919 މީހުންނަކީ ބަލީގައި ތިބި މީހުން ކަމަށްވެސް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ސިއްހަތާ ބެހޭ މިނިސްޓްރީން ހާމަ ކޮށްފައިވާ މައުލޫމާތައް ބަލާއިރު، މައްކާ، މަދީނާ، ރިޔާދް އަދި ޖިއްދާ އިން ވެސް މީހުންނަށް އަލަށް ބަލި ޖެހިގެން ރިޕޯޓު ކޮށްފައިވެއެވެ.

މިހާތަނަށް ކޮވިޑް-19 ޖެހިގެން ސައުދީ އަރަބިއްޔާގައި 47 މީހުން މަރުވެފައިވާއިރު، 685 މީހުންވަނީ ބަލި ފަސޭހަ ވެފައެވެ.

ސައުދީ ނޫސްތަކުން ބުނާ ގޮތުގައި، އެގައުމުގައި ކޮވިޑް 19 ބަލި ފެތުރުމަކަށް އަދި މަޑު ޖެހުމެއް ނާދެއެވެ. އޭގެ ބަދަލުގައި ފާހަގަ ވެފައިވަނީ ކޮންމެ ދުވަހަކުވެސް ބަލި ހަލުއި ކަމާއެކު ފެތުރެމުން އަންނަ ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ސިއްހަތާ ބެހޭ ވަޒީރު މި ހަފްތާގެ ކުރީކޮޅު ވިދާޅުވެފައިވަނީ، ސައުދީގައި ބަލި ފެތުރިދާނެ ގޮތާ ބެހޭ ގޮތުން 3 ދިރާސާއެއް ކުރެވިފައިވާ ކަމަށާއި އެ ދިރާސާތަކުން ހާމަވާ ގޮތުގައި ކުރިއަށް އޮތް ހަފްތާ ތަކުގެ ތެރޭގައި، ބަލި ޖެހޭ މީހުންގެ އަދަދު 10,000 (ދިހަހާސް) އާއި 200,000 (ދެލައްކަ) މީހުންނާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސައުދީ އަރަބިއްޔާގައި ވަނީ ހަރުކަށި ފިޔަވަޅު ތަކެއް އަޅާފައެވެ. މީގެ ތެރޭގައި މަދީނާގެ ގިނަ ސަރަހައްދުތަކެއް ގައި ބޭރަށް ނުކުމެ އުޅުން މުޅިން ބަންދުކުރުން ފާހަގަ ކުރެވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
100%
0%
ކޮމެންޓް