ކ. މާލެ
|
11 އޭޕްރިލް 2020 | ހޮނިހިރު 12:46
ޕްރޮފެސަރ ސާރާ ގިލްބަޓް
ޕްރޮފެސަރ ސާރާ ގިލްބަޓް
ޔުނިވަރސިޓީ އޮފް އޮކްސްފޯޑް
ކޮވިޑް-19 ވެކްސިން
ކޮވިޑް-19 ގެ ވެކްސިން ސެޕްޓެމްބަރަށް ލިބިދާނެ: ޕްރޮފެސަރ ސާރާ ގިލްބަޓް
 
ވެކްސިން ކާމިޔާބުވާނެ ކަމުގެ 80 އިން ސައްތަ ޔަގީން

ކޮވިޑް-19 ބައްޔަށް އުފައްދާ ވެކްސިން ސެޕްޓެމްބަރު މަހަށް ލިބިދާނެ ކަމަށް އުއްމީދު ކުރާ ކަމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑުގެ ވެކްސިނޮލޮޖީ ޕްރޮފެސަރ ސާރާ ގިލްބަޓް ހާމަ ކޮށްފިއެވެ.

ޓައިމްސް ނޫހަށް ދިން ބަސްދީގަތުމެއްގައި ޕްރޮފެސަރ ގިލްބަޓް ހާމަކުރި ގޮތުގައި، އޭނާގެ ޓީމް ކުރަމުންދާ މަސައްކަތުން އުފައްދާ ވެކްސިން ކާމިޔާބުވާނެ ކަމުގެ ޔަގީންކަން 80 އިން ސައްތަ އެބައޮތެވެ.

ޕްރޮފެސަރ ގިލްބަޓް އާއި އޭނާގެ ޓީމުން ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ހަފްތާގެ 7 ދުވަހު ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަޖުމަ ބެލުމުގެ ގޮތުން އެ ވެކްސިން އިންސާނުންނަށް ދޭން ފަށާނެ ކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައެވެ.

ވެކްސިނެއް ހޯދުމަށް އެންމެ ބޮޑު ހޭދައެއް ކުރާ އެއް ގައުމަކީ އިނގިރޭސިވިލާތެވެ. ވެކްސިނެއް ހޯދުމަށް ބައިނަލް އަގްވާމީ ފެންވަރުގައި އުފައްދާފައިވާ ފަންޑަށް އެ ގައުމުން 210 މިލިއަން ޕައުންޑު ވަނީ ދީފައެވެ. އިނގިރޭސި ސަރުކާރުން ބުނެފައިވަނީ ޓެސްޓްތައް ކާމިޔާބު ވެއްޖެނަމަ އެތައް މިލިއަން ވެކްސިން ޑޯޒް ގަންނަން ތައްޔާރަށް އޮތް ކަމަށެވެ.

އޮކްސްފޯޑުގެ ސައިންސްވެރިން ސެޕްޓެމްބަރ މަހާ ހަމައަށް ވެކްސިން ތައްޔާރުވާނޭ ކަމަށް ބުނެފައިވީ ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިންނާއި، ވެކްސިނެއް ހޯދުމުގެ މަސައްކަތް ކުރާ އެހެން ބައެއް ގައުމުތަކުގެ ސައިންސްވެރިން ބުނެފައިވަނީ މިކަމަށް އެއް އަހަރާއި 18 މަހާއި ދެމެދުގެ މުއްދަތެއް ހޭދަވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
6%
94%
0%
0%
0%
0%
ކޮމެންޓް