ކ. މާލެ
|
10 އޭޕްރިލް 2020 | ހުކުރު 15:51
ޔާމީން ރަޝީދު
ޔާމީން ރަޝީދު
ޓްވިޓަރ
ޔާމީން ރަޝީދު
އެމީހުން "ލޯބި" މަރާނުލިނަމަ....
 
މިއަދަކީ އޭނާއަށް 32 އަހަރު ފުރޭ ދުވަސް
 
އޭނާއަކީ އައިޓީ ރޮނގުން ހުނަރުވެރި ޒުވާނެއް
 
ޔާމީން ރަޝީދު މަރާލީ 23 އޭޕްރީލް 2017ގައި

ސޯޝަލް މީޑިއާގެ އެކްޓިވިސްޓް އަދި މަޝްހޫރު ބްލޮގަރ ސ. ފޭދޫ ޗަނބޭލީގޭ، ޔާމީނު ރަޝީދު ވަރަށް ލާއިންސާނީ އަނިޔާ ތަކަކާއެކު 2017 ވަނަ އަހަރުގެ 23 އޭޕްރީލްވީ ހޮނިހިރު ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ވަނީ މަރާލާފައެވެ. އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ސިޑި ކައިރިއަށް މަރާލައި ވައްޓާލާފައި އޮތްއިރު، ހަށިގަނޑުގެ އެތައް މިތަނަށް ތޫނު އެއްޗަކުން ހަމަލާދީފައިވެއެވެ.

އުމުރުން 29 އަހަރުގައި ޔާމީން ރަޝީދު ކޮށާލިއިރު، އޭނާއަކީ އައިޓީ ރޮނގުން ހުނަރުވެރި ޒުވާނެކެވެ. ކެރޭ ހިތްވަރުގަދަ ގިނަ ބައެއްގެ އެކުވެރިއެކެވެ. ގިނަ ބަޔަކު ދަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި، އިންސާފާއި އިސްލާހަށް މަސައްކަތް ކުރި ފަހުލަވާނެކެވެ.

ޔާމީން ރަޝީދު ވަޅުލުމަށް ގެންދަނީ

މިމަހުގެ 23 ވަނަ ދުވަހަށް ޔާމީން ރަޝީދު މަރާލިތާ 03 އަހަރުވެގެންދާއިރު، މިއަދު މިއީ އޭނާއަށް 32 އަހަރު ފުރޭ ދުވަހެއެވެ. މިއަދު އޭނާ ދުނިޔޭގައި ނެތް ނަމަވެސް އޭނާގެ ހަނދާންތަކާއެކު އެތައް ބަޔަކު ދިރިއުޅެމުންދެއެވެ. ޔާމީން ރަޝީދުގެ އާއިލާއާއި، ގާތް އެކުވެރިންގެ އިތުރުން އޭނާގެ ލޯބިވެރިޔާއެވެ.

ޔާމީން ރަޝީދު، ސެލިންއާއެކު

މިއަދަކީ ޔާމީން ރަޝީދުގެ އުފަންދުވަހަށް ވުމާއެކު އެކަން ފާހަގަކޮށް އޭނާގެ ލޯބިވެރިޔާ ސެލިން ޕެރޯނީ ބުނެފައިވަނީ މިއަދު ޔާމީން ރަޝީދު ދުނިޔޭގައި ހުރިނަމަ ދިރިއުޅުން ވަރަށް ތަފާތުވާނެ ކަމަށެވެ. ދިރިއުޅުމުގެ ކުރި ޕްލޭންތަކާއެކު މިއަދު ލޯބި ލޯބި ކުޑަ އަންހެން ދަރިއަކު ކައިރީގައި ހުރެދާނެ ކަމަށެވެ. އަދި މިއަދު ޔާމީން ރަޝީދު ދުނިޔޭގައި ހުރިނަމަ ދެކުނު ހުރިހާ ހުވަފެންތަކާއި، ދިރިއުޅުމުގައި ދިމާވާ ހުރިހާ ކަމެއްގައި ދެމީހުން އެކީގައި ކުރިމަތިލެވޭނެ ކަމަށް ސެލީން ބުނެއެވެ.

މިއަދާ ހަމައަށް ވެސް ސެރިން ޔާމިންގެ އަނިޔާވެރި މަރު ސިފަކުރަމުންދަނީ އިއްޔެވީ ކަމެއް ފަދައިންނެވެ. ގިނަ އުންމީދުތާކާއެކު ޚިޔާލީ ދުނިޔޭގައި ސެރިން ދިރިއުޅެމުންދާއިރު، ޔާމީން ރަޝީދު މަރާލާފައިވަނީ ވެސް ދެމީހުން ކައިވެންޏަށް ތައްޔާރުވަމުން ދަނިކޮށްށެވެ. 2017 ވަނަ އަހަރުގެ ޖުލައި މަހު ސެލިން ރާއްޖެއައުމަށް ތައްޔާރުވެފައި އޮތް ނަމަވެސް ހުރިހާ ހުވަފެންތަކެއް ވިއްސިވިހާލިކޮށްލީ ބައެއްގެ އަނިޔާވެރި އަމަލުތަކުންނެވެ. އެކުގައި ހީ ސަމާސާކޮށް އުޅުނު ދެ ލޯބިވެރިން އަބަދުގެ އަބަދަށް ދެތަން ކޮށްލީއެވެ. އެކަމަކު ޔާމީންގެ ހަނދާންތައް އެ ތޫނު ޚަންޖަރަކުންވެސް ސެލިންއާ ވަކި ނުކުރެވޭނެކަން ސެލިން ގެ ވާހަކަތަކުން ޔަގީން ވެއެވެ. ސެލިން ހުރީ ޔާމީނަށް އިންސާފު ހޯދައިދޭން ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
5%
8%
57%
16%
11%
5%
ކޮމެންޓް
16 އޭޕްރިލް 2020 | ބުރާސްފަތި 22:41
ފެމިނިސްޓް
ދީނީ މިނިވަންކަމަށް ފާޅުގައި ގޮވާލިމީހެއް.. ދެން ކޮބާތޯ ރަނގަޅުވެފަ..
11 އޭޕްރިލް 2020 | ހޮނިހިރު 15:54
ފެމިނިސްޓު
ވައި ނޮޓު އަ ސަން؟
10 އޭޕްރިލް 2020 | ހުކުރު 23:51
ކކކކ
ލޯބިވެރިއަކީވެސް ޣައިރެއް. ދެން ތިވާހަކަ ދައްކާ އަނެއްކާވެސް ދުލުގަ ހިފާ ދަމާނެ ކަމެއް ނެތް. އެއީ ރަނގަޅު މީހެއް ނޫން.
10 އޭޕްރިލް 2020 | ހުކުރު 19:18
ކައިލް
ބޮބީ އަށް ވެސް އިންސާފެއް ނެތް؟ މަސްތުވާތަކެތި ބޭނުން ކުރާ ގޭންގް ތަކުން މަރާލި ޒުވާން އެތައް ކުދިންނަށް އިންސާފެއް ނެތް؟ ޑްރަގްސް ބޭނުން ކުރާ ގޭންގް ތަކުން މަރާލި ޒުވާން ކުދިންތަކަށް އިންސާފް ހޯއްދަވައިދީ....
10 އޭޕްރިލް 2020 | ހުކުރު 17:49
ސަންތި
މިހާރު މިއޮތީ ތިކަހަލަ މައްސަލަތައް ބަލާ އެމީހުންގެ އާއިލާތަކަށް އިންސާފް ހޯދައިދޭންވެގެންއި ސަރުކާރެއް. ކީވެގެންތަ އެމަސަލަތައް ކުރިޔަށް ނުދާވާހަކަތައް ވެސް ލިޔެނުލީ...މުސްކުޅިން ބުނެޔެއްނު ހުރުމުގެ ލޮލަކަށް އައިބެއް ނުފެއްނާނެޔޭ...އެހެން ތިވަނީ ކަލޭމެންނަށްވެސް