ކ. މާލެ
|
10 އޭޕްރިލް 2020 | ހުކުރު 14:30
ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ޖަމާއަތުގައި ރާއްޖޭގެ މިސްކިތް ތަކުގައި ހުކުރު ނަމާދު ކުރުން ވަނީ ހުއްޓާލާފައި
ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ޖަމާއަތުގައި ރާއްޖޭގެ މިސްކިތް ތަކުގައި ހުކުރު ނަމާދު ކުރުން ވަނީ ހުއްޓާލާފައި
އިސްލާމިކް މިނިސްޓްރީ
ޚުތުބާ
ޝިރުކުން ދުރުހެލިވުމަކީ ދުނިޔެއާ އާޚިރަތް ބާއްޖަވެރި ވުމުގެ ނާރެސް: ޚުތުބާ
 
މުއުމިނުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ﷲ އަށް އެއްކައުވަންތަވުން
 
އީމާންކަމުގެ ތެރެއަށް އެއްވެސް ބާވަތެއްގެ ޝިރުކެއް ނުގެނައުމަށް ގޮވާލި
 
މިއަދުގެ ހުކުރު ކުރީ ކ ހިންމަފުށީ މަސްޖިދުއް ޛިކުރާގައި

އެންމެހައި ޝިރުކަކުން ދުރުހެލިވުމަކީ އެމީހެއްގެ ދުނިޔެ އާއި އާޚިރަތް ބާއްޖަވެރި ވުމުގެ ނާރެސްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ރާއްޖެއިން ވެސް ފެނި، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ޖަމާއަތުގައި ރާއްޖޭގެ މިސްކިތް ތަކުގައި ހުކުރު ނަމާދު ކުރުން ހުއްޓާލާފައިވާއިރު، ކ. ހިންމަފުށީ މަސްޖިދުއް ޛިކުރާގައި ކުރި ހުކުރު ނަމާދުގެ މަންޒަރުތައް ޓީވީތަކުން ވަނީ ވަގުތުން ގެނެސްދީފަ އެވެ.

އެގޮތުން "އެއްކައުވަންތަކަން" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނީ، ހަޤީޤީ ތެދުމަގު ލިބިގެންވާ މީހުންނަކީ އެމީހުންގެ އީމާންކަމުގެ ތެރެއަށް އެއްވެސް ބާވަތެއްގެ ޝިރުކެއް ނުގެންނަ މީހުން ކަމަށާއި، އެކަން ޤުރުއާނުގައިވެސް ﷲ ވަޙީ ކުރައްވާފައިވާ ކަމަށެވެ.

އޭގެ އިތުރުން، މުސީބާތާއި ކާރިސާގެ ވަގުތުގައިވެސް މުއުމިނުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ﷲ އަށް އެއްކައުވަންތަވުން ކަމަށާއި، ކޮންމެ ޙާލަތެއް މެދުވެރިވި ނަމަވެސް ކެތްތެރިވެ، ﷲ އަށް ވަކީލު ކުރުން މަތީ ދެމިތިބުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ. އަދި ޙައްޤު ގޮތުގައި ﷲ އަށް އެއްކައުވަންތަ ވުމަކީ ނަރަކައިން މިންޖުވެ، ސުވަރުގެ ހާސިލުވާނެ ސަބަބެއްކަންވެސް ޚުތުބާގައި ފާހަގަކުރައްވާފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ، ދިރިއުޅުމަކީ އިމްތިޙާނެއްގެ ގޮތުގައި ދެކި، ކުރާ ކޮންމެ ކަމެއްވެސް ﷲ ގެ ރުއްސެވުން ހޯދުމަށް ކުރާ އަމަލަކަށް ހެދުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް