ބުދަ 03 ޖޫން 2020
01 މިއަހެލި
1441 ޝައްވާލް 11
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:16
އިޝާ 19:34
ހޯމް މިނިސްޓްރީ

އީމެއިލް އަދި ފޯނު މެދުވެރިކޮށް ގައިދީންގެ އާއިލާގެ ފަރާތުން ޝަކުވާ ހުށައެޅޭ އިންތިޒާމް ހަމަޖައްސައިފި

  • ސިޓީ މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެ
  • ފޯނުން ޝަކުވާ ހުށައަޅާނީ މި 9421111 ގުޅައި ނުވަތަ މެސެޖްކޮށްގެން

ކ. މާލެ | 9 އޭޕްރިލް 2020 | ބުރާސްފަތި 21:51 | 2,769

ގައިދީންނާއި މިނިސްޓަރު އިމްރާން ބައްދަލުކުރައްވަނީ - ހޯމް މިނިސްޓްރީ

އީމެއިލް އަދި ފޯނު މެދުވެރިކޮށް ގައިދީންނާއި ބަންދުގައި ބައިތިއްބާފައި ތިބޭ މީހުންނަށް އާއިލާގެ ފަރާތުން ޝަކުވާ ހުށައެޅޭ އިންތިޒާމް ހޯމް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމާ ގުޅިގެން، ސަރުކާރުގެ އޮފީސްތައް އާންމު އުސޫލުން ނުހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ، މިޙާލަތުގައި "ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު" ގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން އައްޔަންކުރައްވާފައިވާ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށް، އެގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ގައިދީންނާއި ބަންދު މީހުންނަށް އީމެއިލްގެ ޒަރީއާއިންނާއި، ފޯނުގެ ޒަރީޔާއިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ.

ހޯމް މިނިސްޓްރީން ބުނީ ގައިދީންނާއި، ބަންދު މީހުން ކުރިންވެސް ޝަކުވާ ހުށަހަޅަމުން އައިގޮތަށް، ސިޓީ މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. ޝަކުވާ ހުށަހަޅާނީ އީމެއިލް މެދުވެރިކޮށްނަމަ[email protected]އަދި ފޯނުންނަމަ 9421111 ގުޅައި ނުވަތަ މެސެޖްކޮށްގެންނެވެ. ފޯނުން ޝަކުވާ ހުށަހަޅުއްވާނީ ރަސްވީ ދުވަސްތަކުގައި ހެނދުނު 9 ން މެންދުރު 2:00 އަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.