ބުދަ 03 ޖޫން 2020
01 މިއަހެލި
1441 ޝައްވާލް 11
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:16
އިޝާ 19:34
ކޮވިޑް-19

އެންމެ ފަހުގެ ހޯދުންތަކުން ދައްކަނީ ބުޅަލަށް ކޮރޯނާވައިރަސް ޖެހޭކަމަށް

  • ޔޫރަޕްގެ ހިސާބުގައި މީހުން ޕެޓެއްގެ ގޮތުގައި ގެންގުޅޭ ފެރެޓްސް އަށްވެސް ކޮވިޑް-19 ޖެހޭ
  • މިދިރާސާއިން ދައްކާގޮތުގައި ކުއްތާ، ކުކުޅު، އޫރު އަދި އަސްދޫންޏަށް ވައިރަސް ޖެހުމުގެ ފުރުސަތު ކުޑަ

ކ. މާލެ | 9 އޭޕްރިލް 2020 | ބުރާސްފަތި 21:41 | 13,969

ބުޅަލަށް ވައިރަސް ޖެހޭކަން ހޯދިފައިވާއިރު ބުޅަލަށް ވެކްސިން ޖަހައިގެން އަންނަނީ ޓެސްޓް ކުރަމުން - އަލްޖަޒީރާ

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ނޮވެލް ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ބުޅަލަށް ޖެހޭކަމަށް އެންމެ ފަހުން ހޯދި ހޯދުންތަކުން ވަނީ އެނގިފަ އެވެ. ބުދަ ދުވަހު ޝާޢިއުކޮށްފައިވާ މި ހޯދުންތަކުން އެނގޭގޮތުގައި ބުޅަލަށް ކޮވިޑް-19 ޖެހުނު ކަމުގައިވީނަމަވެސް ކުއްތާއަށް ވައިރަސް ޖެހުމުގެ ފުރުސަތު ހަންޏެވެ. އެއާއެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއަށް މިވަނީ އިންސާނުން ނުހަނު ލޯބިން ޕެޓެއްގެ ގޮތުގައި ގެންގުޅެމުން އަންނަ ބުޅަލާ މެދު ވިސްނަންޖެހިފަ އެވެ. އިންސާނުންގެ ފުށުން ބުޅަލަށް ވައިރަސް ޖެހުމުގެ ފުރުސަތު އޮންނަގޮތަށް ބުޅަލުގެ ފުށުންވެސް އިންސާނުންނަށް ވައިރަސް ޖެހުމުގެ ފުރުސަތު މިއާއެކު އެބައޮތެވެ.

ޖާރނަލް ސައިންސްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނާގޮތުން ބުޅާ ނޫނަސް ޔޫރަޕްގެ ހިސާބުގައި މީހުން ޕެޓެއްގެ ގޮތުގައި ގެންގުޅޭ ފެރެޓްސް އަށްވެސް ކޮވިޑް-19 ޖެހެއެވެ. މިދިރާސާއިން ދައްކާގޮތުގައި ކުއްތާ، ކުކުޅު، އޫރު އަދި އަސްދޫންޏަށް ވައިރަސް ޖެހުމުގެ ފުރުސަތު ކުޑައެވެ.

މިދިރާސާއަކީ ޖަނަވާރުންގެ ތެރެއިން ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑު ޖަނަވާރު ހޯދުމަށް ކުރި ދިރާސާއެކެވެ. އެއީ ވައިރަސް އާ ދެކޮޅަށް އުފައްދާ ވެކްސިން ޖަނަވާރުންނަށް ޖަހައިގެން ރަނގަޅުކުރެވޭ ނިސްބަތްބެލުމަށް ކުރި ދިރާސާއެކެވެ. ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަށް ކުރަމުންދާއިރު މިހާތަނަށް ބައެއް ގައުމުތަކުން ވަނީ ވެކްސިން އިންސާނުންނަށް ޖަހައިގެންވެސް ޓެސްޓް ކުރަން ފަށާފަ އެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ އިންސާނުންނަށް ޖެހުނު ކަމަށް މިހާތަނަށް އާއިރު ބެލެވިފައިވަނީ ވާލުގެ ޒަރީޢާއިންނެވެ. ބައެއް ރިޕޯޓްތައް ބުޅަލާއި ކުއްތާއަށް ވައިރަސް ޖެހޭކަމަށް ބުނެފައިވީނަމަވެސް އަދި މިހާތަނަށް މިގޮތަށް އިންސާނުން ގެންގުޅޭ ޕެޓްސްގެ ފުށުން އިންސާނުންނަށް ވައިރަސް ޖެހޭކަމެއް ހޯދިފައެއްނުވެ އެވެ.

ނިއުޔޯކްގައި ހުރި ޖަނަވާރުން ގެންގުޅޭ ޒުލެއް ބަލަހައްޓަމުންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިފަހުން އެ ޒުލުގައި އޮތް މިނިކާވަގެއް ހިކި ކެއްސުމެއް ކެއްސާ ކެއުމާއި ދުރުވުމާއެކު ޓެސްޓް ކުރުމުން ވަނީ އެ މިނިކާވަގަށް ކޮވިޑް-19 ޖެހިފައިވާކަން އެނގިފަ އެވެ.

މިދިރާސާގައި ބޮޑަށް ބޭނުންކޮށްފައިވަނީ ޗައިނާގައި ޖެނުއަރީ އަދި ފެބްރުއަރީ މަހު ހެދިފައިހުރި ދިރާސާތަކެވެ. އެގޮތުން ބުޅަލާއި ފެރެޓަށް ވައިރަސް ޖެއްސުމަށް ދިރާސާކުރާ މީހުންވަނީ އެތަކެތީގެ ނޭފަތުން ވައިރަސް ހަށިގަނޑަށް އެތެރެކޮށް ޓެސްޓްކޮށްފައެވެ. އޭރުގެ ދިރާސާތަކުން ހޯދިފައިވަނީ ބުޅަލުގެ ފުށުން އެއް ބުޅާ އަނެއް ބުޅަލަށް ވައިރަސް ޖެހޭކަމެވެ. އެގޮތުން ޑްރޮޕްލެޓްސްތައް މެދުވެރިވެ އެއް ބުޅާ އަނެއް ބުޅަލަށް ވައިރަސް ޖެހޭއިރު ވައިރަސް ޖެހޭ ބުޅަލެއްގެ އަނގަޔާއި، ނޭފަތް އަދި ކުޑަ ގޮހޮރުގައި ވައިރަސް ހުންނަ ކަމަށް ދިރާސާތަކުން ވަނީ ހޯދިފަ އެވެ. އަދި ވައިރަސް ޖެހޭ ކުދި ބުޅަލުގެ ފުއްޕާމެއާއި ނޭފަތަށް އަދި ކަރަށް ވައިރަސްގެ ސަބަބުން ގެއްލުންވެ އިތުރު ޓިޝޫޒާތުގެ އެއްޗެއް ވަނީ އުފެދިފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އިންސާނުން އަންނަނީ ބުޅާ ޕެޓްގެ ގޮތުގައި ބޭނުންކުރަމުން

" ބުޅަލަށް ކޮވިޑް-19 ޖެހޭޖެހުން މިއީ އިންސާނުންގެ ގައިން ވައިރަސް ނައްތާލުމަށް ނުވަތަ ވައިރަސް އިން އިންސާނުން ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށް ގާތުން ބަލަންޖެހޭނެ ކަމެއް." މިދިރާސާގައި ލިޔެފައިވެ އެވެ.

އެންޓިބޮޑީ ޓެސްޓް ތަކުން ދައްކާ ގޮތުން ކުއްތާ އަށް ވައިރަސް ޖެހުމުގެ ފުރުސަތު ކުޑައެވެ. އަދި އޫރާއި ކުކުޅު އަދި އަސްދޫންޏަށް އެއްވެސް ވަރަކަށް ވައިރަސްގެ އަސަރެއް ނުކުރެ އެވެ.

އަލަށް އެނގިގެންމިދިޔަ ކަންތައްތަކާއެކު ކަމަބެހޭ މާހިރުން ބުނާގޮތުން މިހޯދުންތަކަކީ ހައިރާންކުރަނިވި ހޯދުންތަކެއް ނޫނެވެ. އެއީ ކުރިން ފެތުރިގެންދިޔަ ސާރސް ރޯގާގެ ތެރޭގައި ބުޅަލުގެ އާއިލާގެ ސިވެޓް ބުޅަލުގެ ފުށުން އިންސާނުންނަށް ވައިރަސްގެ އަސަރު ކޮށްފައިވާތީއެވެ. އެހެންކަމުން ކުރިން ހޯދިފައިވާ ހޯދުންތަކާއި މިހާރު މިހޯދުނު ހޯދުންތަކުގެ އަލީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުން ހަމައެކަނި ދުރުހެލިވާންޖެހެނީ އިންސާނުންނާއި ނޫންކަމަށާއި ގޭގައި ގެންގުޅޭ މިފަދަ ޖަނަވާރުތަކާވެސް ދުރުވާންޖެހޭކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ. އޭގެ ސަބަބުން ބުޅަލަށް ވައިރަސް ޖެހުމުން ރައްކާތެރި ކޮށްދިނުމުގެ އިތުރުން އެއް ބުޅާ އަނެއް ބުޅަލަށް ވައިރަސް ޖެހި އެޖަނަވާރުތައް ނުރައްކަލަށް ހުށަހެޅުމުންވެސް ސަލާމަތްކޮށްދޭން އެބަޖެހޭ ކަމަށް މާހިރުން ބުނެއެވެ.

މިކަންތައްތަކުގެ ސަބަބުން ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ ކަމާބެހޭ މާހިރުންނާއެކު މިހާރު ދިމާވެގެން މިއުޅޭ ސިއްހީ ކާރިސާގައި އިންސާނުން ޕެޓްސްގެ ގޮތުގައި ގެންގުޅޭ ޖަނަވާރުގެ ދައުރާގުޅޭގޮތުން އިތުރަށް ކަންތައްތައް ބަލަމުންދާ ކަމަށެވެ. ޑަބްލިޔުއެޗްއޯގެ އެޕިޑެމޮލޮޖިސްޓް މާރިއާ ވެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ އިންސާނުންގެ ތެރޭގައި މިވައިރަސް ފެތުރުމަށް ބުޅާ މެދުވެރިއަކަށް ވާކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ. ނަމަވެސް ވައިރަސް ޖެހިފައިވާ އިންސާނެއްގެ ފަރާތުން ބުޅަލަށް ވައިރަސް ޖެހޭނެކަމަށް ގަބޫލުކުރައްވާ ކަމަށް މާރިއާ ވިދާޅުވި އެވެ.

ޑަބްލިޔުއެޗްއޯގެ އެމަރޖެންސީ ކަންތައްތަކާއި ބެހޭ އިސް އެކްސްޕާޓެއް ކަމުގައިވާ މައިކް ރިޔާން ވަނީ މިވައިރަސް ފެތުރިގެންދިޔައީ ޖަނަވާރުންގެ ސަބަބުން ކަމަށް ބުނެ އެތަކެއްޗާ ގުޅުވައިގެން ޖަނަވާރުންނަށް އަނިޔާކުރުންފަދަ ކަންކަން ނުކުރުމަށް ގޮވާލައްވާފަ އެވެ. މައިކް ވިދާޅުވީ ޖަނަވާރުންނަށްވެސް ލޯތްބާއި އިހުތިރާމާއެކު އަޅާލަންޖެހޭ ކަމަށާއި އެމީހުންނަކީވެސް އިންސާނުންނެކޭ އެއްފަދަ އިން މިވައިރަސްގެ ޝިކާރައިން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.