ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 20:00
ރައީސް ސޯލިހު އީޔޫގެ ވަފްދުގެ ބައެއް ބޭފުޅުންނާއި އެކު
ރައީސް ސޯލިހު އީޔޫގެ ވަފްދުގެ ބައެއް ބޭފުޅުންނާއި އެކު
ރައީސް އޮފީސް
ކޮވިޑް-19
އީޔޫގެ އެހީ ރާއްޖެއަށް: އެއް މިލިއަން ޔޫރޯ ސިއްހީ ދާއިރާއަށް، ދެ މިލިއަން ފަތުރުވެރިކަމަށް
 
މިނިސްޓަރު ޝާހިދު ވަނީ އީޔޫއަށް ޝުކުރު އަދާކުރައްވާފައި
 
ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކަށް ވަނީ ތައުރީފް ކޮށްފައި

ދިވެހިރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވެ ދިނުމުގެ ގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް ތިން މިލިއަން ޔޫރޯގެ ފައިސާގެ އެހީދޭން ނިންމައިފިއެވެ.

އީޔޫ އިން ބުނީ ދިވެހި ސަރުކާރުން ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަކީ ދެފުށް ފެންނަ، އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއްގެ ގޮތުގައި ޖަމިއްޔާގެ މެމްބަރު ގައުމުތަކުން ބަލައިގަންނަ ކަމަށެވެ. އަދި ރާއްޖޭގައި ތިބި ޔޫރަޕްގެ ފަތުރުުވެރިން އެ މީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ކުރި މަސައްކަތަށް އީޔޫއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

އީޔޫއިން ދަނީ، ކޮވިޑް-19 އާ ދެކޮޅަށް ދުނިޔޭގެ އެކި ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ވައިރަހުގެ ސަބަބުން ގައުމުތަކަށް ކުރާ އަސަރު ކުޑަކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އެއް މިލިއަން ޔޫރޯ އަދި ފަތުރުވެރިކަމުގެ ސިނާއަތަށް ދެ މިލިއަން ޔޫރޯ ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް އީޔޫއިން ބުންޏެވެ. މީގެ ތެރޭގައި ކުދި ވިޔަފާރިތަކާއި އެ ވިޔަފާރިތަކުގެ މުވައްޒަފުން ހިމެނޭއެވެ.

އީޔޫއިން ރާއްޖެއަށް ދިން އެހީއާ ބެހޭ ގޮތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑެނިސް ޗައިބީ ވިދާޅުވީ، މި ދަނޑިވަޅުގައި ރާއްޖެއާ-އީޔޫ ގުޅިގެން މަސައްކަތް ކުރުން މުހިއްމު ކަމަށެވެ. އަދި ޔޫރަޕްގެ ފަތުރުވެރިން ރާއްޖެއަށް ވީހާވެސް އަވަހަށް އަނބުރާ އާދެވޭނެ ގޮތް އާދެވެނޭ ގޮތް މަގުފަހިކޮށްދިނުމަށްޓަކައި، ރާއްޖޭގެ ސިއްހީ އަދި ފަތުރުވެރިކަމުގެ ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އީޔޫގެ އެހީތެރިކަމަށް ޝުކުރު އަދާކުރައްވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، މީއީން އަންގައިދެނީ އީޔޫއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ވަރުގަދަކަން ކަމަށެވެ. އަދި ކޮވިޑް-19 އިން އަރައިގަނެވެނީ ހުރިހާ ގައުމުތަކެއް ގުޅިގެން މަސައްކަތް ކޮށްގެންކަން ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި