ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 19:46
ހެލްތް މިނިސްޓަރު އަމީން
ހެލްތް މިނިސްޓަރު އަމީން
ހެލްތު މިނިސްޓްރީ
ޑަބްލިޔު.އެޗްއޯ
އޭޝިޔާ ސަރަހައްދުގެ ސިއްހަތާބެހޭ ވަޒީރުންގެ ބައްދަލުވުމެއް ބާއްވައިފި
 
އެހެން ގައުމުތަކުގެ އެހީތައް ލިބެމުންދާތީ ޝުކުރުއަދާ ކުރެއްވި
 
ރާއްޖޭގެ ހާލަތު ބަޔާންކޮށްދެއްވި

ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ ސިއްހަތާބެހޭ ވަޒީރުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗްއޯ)ގެ ރީޖަނަލް ޑައިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕާސިންގް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުވުމެއް ބާއްވައިފިއެވެ.

މިމަހުގެ 9ވީ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ 11 ގައުމުގެ ސިއްހަތާބެހޭ ވަޒީރުންގެ މެދުގައި ކޮވިޑް-19 ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގައި މިބަލި ފެތުރުނަ ނުދިނުމަށް ސަރުކާރުތަކުން ކުރަމުން އަންނަ މަސައްކަތް ހިއްސާ ކުރެއްވިއެވެ.

މިބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވަނީ މިސަރަހައްދުގެ 10 ގައުމުގެ ވަޒީރުންނާ މިދަނޑިވަޅުގައި ބައްދަލުކުރަން ލިބިވަޑައިގެންނެވީތީ އުފާކުރައްވާކަމަށް ވިދާޅުވެ، ރީޖަނަލް ޑައިރެކްޓަރ ޕޫނަމް ކެތްރަޕާލް ސިންގް ޝުކުރުއަދާކުރައްވާފައެވެ. އަދި މިފަދަ ކޮންމެ ޙާލަތެއްގައި މިސަރަހައްދުގެ ގައުމުގެ ފަރާތުން ރާއްޖެއަށް އެކިގޮތްގޮތުން އެހީތެރިކަން ލިބެމުންދާތީ، އެކަން މިނިސްޓަރު އަމީން ފާހަގަކުރެއްވިއެވެ. އަދި މިހާރު ރާއްޖޭގެ ހާލަތު ބަޔާންކޮށްދެއްވަމުން، ކޮވިޑް-19އާ ގުޅިގެން ރާއްޖެއިން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް މިނިސްޓަރ ހިއްސާކޮށްދެއްވިއެވެ.

މިބައްދަލުވުމުގައި ޑަބްލިޔު.އެޗްއޯގެ ހެޑްކުއާރޓަސްގައި ކޮވިޑް-19ގެ މަސައްކަތުގައި އުޅުއްވާ ފަންނީ ބޭފުޅުން ބައިވެރިވެ ވަޑައިގެން، އެފަރާތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދެއްވެވިއެވެ. މިބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، ކޮވިޑް-19 އަށް ހުރިހާ ގައުމުތަކަކުން ވެސް އިތުރަށް ތައްޔާރުވެ، އެކަންކަމާ ގުޅޭގޮތުން އިތުރު އެހީތެރިކަމެއް ބޭނުންވާނަމަ، އެކަމާގުޅޭގޮތުން މަޝްވަރާކޮށް، ޑަބްލިޔު.އެޗް.އޯގެ ލަފާ ގައުމުތަކަށް އެރުވުމެވެ.

މިބައްދަލުވުން ނިންމަވާ ލައްވަމުން ޑަބްލިޔުއެޗްއޯގެ ފަރާތުން ކޯވިޑް-19ގެ ބަލިމަޑުކަން އިތުރަށް ފެތުރުނަ ނުދިނުމަށާއި އެކަމުން ރައްކާތެރިވުމަށް ބޭނުންވާ އެންމެހާ ކަންކަމުގައި އެހީތެރިވެދެއްވާނެކަމުގެ ޔަގީންކަންވަނީ ދެއްވާފައެވެ. އެގޮތުން ބަލި ދެނެގަތުމަށް ބޭނުންވާ ޓެސްޓުކިޓްތަކާއި، ރީއެޖެންޓްސް އަދި ފަރުވާދެއްވުމަށް ބޭނުންވާނެ އާލާތްތައް އަވަސް މުސްތަގްބަލެއްގައި ގައުމުތަކަށް ފޮނުއްވާދެއްވާނެކަމުގެ ޔަގީންކަން ވެސް ވަނީ އަރުވާފައެވެ.

މީގެކުރިން، ޑަބްލިޔުއެޗްއޯގެ ހެޑްކުއާރޓަސްގައި 27 މާރޗް 2020 ގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި މައުލޫމާތު ފޯރުކޮށްދިނުމުގެ ބައްދަލުވުމެއްގައި ހެލްތް މިނިސްޓަރު އަމީން ބައިވެރިވެ ވަޑައިގެން، ރާއްޖެފަދަ ޖަޒީރާ ގައުމަކަށް މިބަލިމަޑުކަމުން ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުންވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް