ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 19:00
ބްރެޒިލްގެ ތަރި ފިލިއްޕޭ ކުޓީނިއޯ
ބްރެޒިލްގެ ތަރި ފިލިއްޕޭ ކުޓީނިއޯ
ގެޓީ އިމޭޖަސް
ފިލިއްޕޭ ކުޓީނިއޯ
ކުޓީނިއޯ ހޯދަން ޗެލްސީން މަސައްކަތް ކުރަނީ
 
ޗެލްސީންވެސް ކުޓީނިއޯ ހޯދަން މަސައްކަތް ކުރަނީ ލޯނު އެއްބަސްވުމެއްގެ ދަށުން
 
ކުޓީނިއޯ ބަޔާނަށް ކުޅެމުން އަންނަނީ ބާސާގެ ލޯނު އެއްބަސްވުމެއްގެ ދަށުން

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ފިލިއްޕޭ ކުޓީނިއޯ ހޯދުމުގެ މަސައްކަތް ޗެލްސީން ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ކުޓީނިއޯ ބަޔާނަށް ކުޅެމުން އަންނަނީ ބާސެލޯނާގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. މި ސީޒަން ނިމުމުން ބަޔާންގެ ލޯނު އެއްބަސްވުން ހަމަވާއިރު، ބަޔާނުން ބޭނުންވެއްޖެނަމަ ކުޓީނިއޯ ދާއިމީކޮށް ގަނެވޭ ގޮތަށް އެއްބަސްވުމުގައި ވަނީ ހިމަނާފަ އެވެ. ކުޓީނިއޯގެ އެއްބަސްވުން ދާއިމީ ކުރަން ބަޔާނުން 110 މިލިއަން ޕައުންޑް ބާސާއަށް ދައްކަން ޖެހޭއިރު، ބަޔާނުން މިހާތަނަށް ކުޓީނިއޯއާ މެދު ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ކުޓީނިއޯ ހޯދުމަށް ޗެލްސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލޯނު އެއްބަސްވުމެއްގެ ދަށުން ކުޓީނިއޯ ހޯދުމަށް ޗެލްސީން ބާސާއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. ކުޓީނިއޯ ހޯދުމަށް ޗެލްސީން މަސައްކަތް ކުރަމުންދާއިރު، މެންޗެސްޓާ ޔުނައިޓެޑުންވެސް އަންނަނީ އޭނާއަށް ފާރަލަމުންނެވެ.

2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ލިވަޕޫލުން 142 މިލިއަން ޕައުންޑަށް ބާސެލޯނާ އަށް ބަދަލުވި ކުޓީނިއޯއަށް އެ ކްލަބުގައި އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެ އެވެ. އެގޮތުން ކުޓީނިއޯ ބާސެލޯނާގައި ކުޅުނު 76 މެޗުގައި ޖެހިފައިވަނީ 21 ލަނޑެވެ.

އޭގެ ފަހުން މިދިޔަ ސީޒަނުގައި ބަޔާނަށް ބަދަލުވި ކުޓީނިއޯއަށް މިހާތަނަށް އެޓީމަށް ކުޅެދިން 32 މެޗުގައި ކާމިޔާބުކރެވިފައިވަނީ އެންމެ 9 ލަނޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް