ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 18:27
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު
މުހައްމަދު ޝަރުހާން
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރުން
ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީޢަތް ކުރުމުގެ ނިޒާމަކީ ވަރަށް ބޮޑު ކުރިއެރުމެއް: ޕީޖީ ޝަމީމު
 
މިއީ ޙަރަދު ކުޑަ ގޮތެއް އަދި ވަގުތު ވެސް ސަލާމަތް ކުރެވޭނެ ނިޒާމެއް

ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީޢަތް ކުރުމުގެ ނިޒާމަކީ ޢަދުލުގެ ނިާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމު ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމު ކުރެއްވި ޓްވީޓެއްގައި ވަނީ، ސުޕްރީމް ކޯޓުން އެކުލަވާލި ޚާއްޞަ ޤަވާއިދެއްގެ ދަށުން، ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީޢަތް ކުރުމުގެ ނިޒާމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވިދާޅުވެފައެވެ.

މީގެއިތުރުން، ޝަމީމު ވިދާޅުވީ، ކޮވިޑް-19 އާ އެކު އުޅެން ދަސްކުރުންޖެހޭ ކަމަށާއި އަދި ޢަދުލުގެ ނިޒާމުވެސް އެކަން ކުރަންޖެހޭ ކަމަށެވެ.

ޝަމީމު ވިދާޅުވީ، މިއަހަރުގެ ތެރޭގައި ޕީޖީ އޮފީހުގައި ވީޑިއޯ ކޮންފަރަންސް 10 ސިސްޓަމް ގާއިމު ކުރައްވާނެ ކަމަށެވެ. އަދި އެއީ ޚަރަދުގެ ކުޑަވާނެ ކަމެއްކަމަށާއި ވަގުތު ސަލާމަތްކުރުމުގެ ގޮތުންވެސް ކުރަން ރަނގަޅު ކަމެއް ކަމަށް ޝަމީމު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ބުދަ ދުވަހު ނެރެފައިވާ ސަރކިއުލަރއެއްގައި ބުނެފައިވަނީ، ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން، ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ މުއްދަތުގައި، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 211 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރުގެ ދަށުން ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ "ޝަރީޢަތްކުރުމާބެހޭ ޖިނާޢީ އިޖުރާޢަތުގެ ގަވާއިދު"ގެ 6 ވަނަ ބާބަށް ޢަމަލުކުރުން ވަގުތީގޮތުން ހުއްޓަލާ ކަމަށެވެ.

އެގޮތުން، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މި ޙާލަތުގައި، ޖިނާޢީ މައްސަލަތަކުގެ ޝަރީޢަތުގެ މަޖިލިސްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ކުރިއަށް ގެންދިއުމާގުޅޭ، ޚާއްޞަ އުޞޫލުތަކެއް ކަނޑައަޅައި، "ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމާގުޅޭ ޚާއްޞަ ޤަވާއިދު"ގެ ނަމުގައި ޤަވާއިދެއް ހަދާފައިވާ ކަމަށެވެ. އަދި މި އޭޕްރީލް މަހުގެ 8 ވަނަ ދުވަހުން ފެށިގެން މި ޤަވާއިދަަށް ޢަމަލުކުރަމުން ގެންދާގޮތަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށް މި ސަރކިއުލަރގައިވެއެވެ.

ސުޕްރީމް ކޯޓުން އެކުލަވާލި، މިޤަވާއިދުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދާނެ ގޮތާގުޅޭ 10 މާއްދާ ހިމެނެއެވެ.

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މިޙާލަތުގައި، ކްރިމިނަލް ކޯޓާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ބައެއް އަޑުއެހުންތައް މީގެކުރިން ބާއްވާފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް