ހޯމަ 01 ޖޫން 2020
13 ރޯނު
1441 ޝައްވާލް 09
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:34
އޮޑިޓަރ ޖެނެރަލްގެ އޮފީސް

ރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމުގެ ޤަވާއިދު އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޝާއިޢުކޮށްފި

  • މި ޤަވާއިދުގެ ދަށުން އޮޑިޓް ލައިސަންސް ދޫކުރާ ފާމްތަކުގައި ޕާޓްނަރުންނާއި މުވައްޒަފުންގެ ވަކި އިންސަތައަކީ ދިވެހި ރައްޔިތުން ކަމުގައި ވާންޖެހޭނެ

ކ. މާލެ | 9 އޭޕްރިލް 2020 | ބުރާސްފަތި 18:35 | 1,899

އޮޑިޓަރ ޖެނެރަލްގެ އޮފީސް - ސަބްކޯޕަސް ބްލޮގް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލާފައިވާ "ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމުގެ ޤަވާއިދު" ގެޒެޓްގައި ޝާއިޢު ކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މިއީ ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމުގެ މަސައްކަތުގައި ދިވެހިންނަށް ފަހި އަދި ބޭރުފަރާތްތަކާއި އަރާ ފައިހަމަކުރެވޭނެ މަގު ތަނަވަސްކުރުމުގެ މާޙައުލެއް ޤާއިމުކޮށް ދިވެހިންނަށް ގިނަ ފުރުސަތުތަކެއް ހުޅުވާލެވޭނެ ފަދަ ގޮތްތަކެއްގެ މަތީން ތައްޔާރު ކުރި ގަވާއިދެއް ކަމަށެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން އޮޑިޓަރުން އައްޔަނުކުރުމާއި އޮޑިޓަރުން ކެޓަގަރައިޒް ކުރުމުގެ މިންގަޑުތައް ކަނޑައެޅުން ހުއްޓާލުމާ ގުޅިގެން، މިހާރު މި މިންގަނޑުތައް ކަނޑައަޅައި، ޤާނޫނީ އޮޑިޓްކުރުމަށްޓަކައި އޮޑިޓް ފާމްތަކާއި ފަރުދީގޮތުން ޤާނޫނީ އޮޑިޓްކުރާ ފަރާތްތަކަށް ލައިސަންސް ދޫކުރުމުގެ އިތުރުން އޮޑިޓަރުންނާއި އޮޑިޓް ފާމްތައް "އޭ"، "ބީ" އަދި "ސީ" ކެޓަގަރީ ކުރުމުގެ މަސައްކަތް ކުރާނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުންކަމަށް ވެސް ބަޔާނުގައިވެއެވެ.

މި ޤަވާއިދުގެ ދަށުން އޮޑިޓް ލައިސަންސް ދޫކުރާ ފާމްތަކުގައި ޕާޓްނަރުންނާއި މުވައްޒަފުންގެ ވަކި އިންސަތައަކީ ދިވެހި ރައްޔިތުން ކަމުގައި ވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މިގޮތުން ދޫކުރާ "އޭ" ކެޓަގަރީގެ ފާމްތަކުގައި ލައިސަންސް ދޫކުރާތާ މަދުވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި އެ ފާމެއްގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުންގެ ތެރެއިން 30 އިންސައްތަ އަކީ ދިވެހިން ކަމުގައި ވާން ޖެހެއެވެ. އަދި މި އިންސައްތަ ދެ އަހަރު ދުވަހުގެ ތެރޭގައި 50 އިންސައްތަ އަށް އިތުރުކުރަންޖެހެއެވެ. އަދި ކެޓަގަރީ "ބީ" އަދި "ސީ" ގެ ފާމްތަކުގައި މި އަދަދު 80 އިންސައްތަ ހަމަވާން ޖެހެއެވެ. އަދި ކެޓަގަރީ "އޭ" ގެ ފާމްގެ ޕާޓްނަރުންގެ ތެރެއިން މަދުވެގެން އެއް ޕާޓްނަރަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ދިވެހި ރައްޔިތަކު ކަމުގައި ވާން ޖެހުމުގެ އިތުރުން ކެޓަގަރީ "ބީ" އަދި "ސީ" ގެ ފާމްތަކުގައި ހިމެނޭ ހުރިހާ ޕާރޓްނަރުންނަކީ ދިވެހި ރައްޔިތުން ކަމުގައިވާން ޖެހެއެވެ.

މިއީ އޮޑިޓް ޤާނޫނު ނަންބަރު 2007/4 ގެ7 ވަނަ މާއްދާގެ (ރ) އާއި 9 ވަނަ މާއްދާގެ (މ) ގެ ދަށުން އޮޑިޓަރ ޖެނެރަލަށް ލިބިދޭ ބާރާއި އިޚްތިޔާރުގެ ދަށުން ހަދާފައިވާ ގަވާއިދެއް ކަމަށާއި މި ގަވާއިދު ޝާއިޢު ކުރާ ދުވަހުން ފެށިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޝާޢިޢުކޮށް ނެރެފައިވާ ގަވާއިދު ނަންބަރު 2012/R-24 "ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސް ޚިދުމަތް ދިނުމުގެ ގަވާއިދު" އާއި އެ ގަވާއިދުގެ އިސްލާޙުތައް އުވިފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.