ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 17:38
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ނަގާފައިވާ ސާމްޕަލްތަކެއް
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ނަގާފައިވާ ސާމްޕަލްތަކެއް
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ކޮވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސިއަކާއި ޑައިރެކްޓް ކޮންޓެކްވި ދިވެއްސެއްގެ ސާމްޕަލް ނަގަނީ
 
ރާއްޖެއިން މިހާތަނަށް 2350 ސާމްޕަލް ނަގާފައިވޭ

ކޮވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސިއަކާއި ޑައިރެކްޓް ކޮންޓެކްވި ދިވެއްސެއްގެ ސާމްޕަލް ނަގުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނީ ރާއްޖެއިން ފުރިފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސީއަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ދިވެއްސެއްގެ ފުށުން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމުން، ސާމްޕަލް ނަގައި، ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި އެ މީހާ މޮނީޓަރ ކުރުމަށް ފެސިލިޓީއެއްގައި އެކަހެރިކޮށްފައިވާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް 2350 ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން 2059 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. އަދި 272 ސާމްޕަލް ނަތީޖާ ނުލިބިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ކޮވިޑް-19 މި ވައިރަސްއަށް ރާއްޖެއިން 19 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފައެވެ. މިހާރު 4 ދިވެއްސަކަށް ފަރުވާދެމުން އަންނައިރު މި ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ރާއްޖެއިން ފުރިފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ ފަތުރުވެރިން ހިމެނެއެވެ.

Advertisement
50%
0%
50%
0%
0%
0%
ކޮމެންޓް