ބުދަ 03 ޖޫން 2020
01 މިއަހެލި
1441 ޝައްވާލް 11
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:16
އިޝާ 19:34
ދައުލަތުން ވައްކަންކުރުން

މިހާރުވެސް ވައްކަން ކުރަނީ ހަމަ ކުރީގަ ވައްކަންކުރި މީހުން: ޒަރިޔަންދު

  • ކުރިން ވައްކަން ކުރީ ރައްޔިތުންގެ މުދަލުން
  • މިހާރު ވައްކަން ކުރަނީ ސިއްހީ ސަލާމަތުގެ ނަމުގައި

ކ. މާލެ | 9 އޭޕްރިލް 2020 | ބުރާސްފަތި 18:39 | 28,857

ޓެންޑަރ ބޯޑުގެ ޗެއާރމަން އިސްމާއީލް ޒަރިޔަންދު - ގޫގުލް

މިހާރުވެސް ވައްކަން ކުރަނީ ކުރީގަ ވައްކަން ކުރި މީހުންކަމަށް ނޭޝަނަލް ޓެންޑަރ ބޯޑުގެ ޗެއާރމަން އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ އޮޑިޓިންގ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި އަދި ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޒަރިޔަންދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކުރިން ވަންކަންކުރީ ރައްޔިތުންގެ މުދަލުން ކަމަށެވެ. މިހާރު ވައްކަންކުރަނީ ރައްޔިތުންގެ ސިއްހީ ސަލާމަތުގެ ނަމުގައި ކަމަށެވެ.

މީގެއިތުރުން ޒަރިޔަންދު ވިދާޅުވީ، ކުރިންވެސް އަދި މިހާރުވެސް ވައްކަންކުރަނީ ހަމަ އެއް ގްރޫޕެއް ކަމަށެވެ.

ކުރިންވެސް އަދި މިހާރުވެސް ވައްކަންކުރަނީ އެއް ބައެއްކަމަށް ޒަރިޔަންދު ވިދާޅުވި ނަމަވެސް، އެއީ ސީދާ ކޮންބައެއްކަމެއް ޒަރިޔަންދު ބަޔާންކުރައްވާފައެއް ނުވެއެވެ. އަދި ކުރިން އެމީހުން ވައްކަންކުރަމުންދިޔައީ ރައްޔިތުން މުދަލުން ކަމަށާއި މިހާރު އެމީހުން ވައްކަންކުރަމުންދަނީ ސިއްހީ ސަލާމަތުގެ ނަމުގައި ކަމަށް ވިދާޅުވިފައިވީނަމަވެސް، އެކަމުގެވެސް ތަފްސީލެއް ޒަރިޔަންދު ހާމަ ކުރައްވާފައެއް ނުވެއެވެ.

އެވާހަތަކުގެ ތަފުސީލު ޒަރިޔަންދު ހާމަކުރައްވާފައި ނުވަނީ، ދައުލަތުގެ އިސް މަގާމެއްކަމަށްވާ، ޓެންޑަރ ބޯޑުގެ ޗެއަރމަން ކަމަށްވާތީ، ދައުލަތުގެ ސިއްރު ހިފެހެއްޓުމުގެ ގޮތުން ކަމަށްވެއެވެ.

ރައީސް ޔާމީނުގެ ސަރުކާރުގެ އެންމެބޮޑު އެއް ޚިޔާނާތުގެ މައްސަލައަކީ އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި 1.23 ބިލިއަން ރުފިޔާގެ ޚިޔާނާތެވެ. މީގެއިތުރުން، ސަރުކާރުގެ އެކިއެކި ކުންފުނިތަކުގެ ތެރެއިން ވެސް ބޮޑެތި ޚިޔާނާތުގެ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.

މަނީ ލޯންޑަރިންގ މައްސަލާގައި ރައީސް ޔާމީން ގެންދަވަނީ، ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މީގެއިތުރުންވެސް އެމްއެމްޕީއާރުސީގެ އިތުރު މައްސަލަތަކެއްގެ ތަހުގީގު ފުލުހުން ދަނީ ހިންގަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.