ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 19:19
ކުރީގެ ރައީސް ޔާމީނަށް ހުކުމްކުރި ދުވަހު އެމަނިކުފާނު ކްރިމިނަލް ކޯޓުގައި
ކުރީގެ ރައީސް ޔާމީނަށް ހުކުމްކުރި ދުވަހު އެމަނިކުފާނު ކްރިމިނަލް ކޯޓުގައި
ރާއްޖެ އެމްވީ
މަގޭ ރިޕޯޓު
ދައްތާފުޅުގެ ޖަނާޒާއަށް ރައީސް ޔާމީން ވަޑައިނުގެންނެވީ ކީއްވެކަން އެނގޭތޯ؟ މިއީ ހަގީގަތް!
 
އެކަން އާއިލާއަށްވެސް އަދި ޕީއެންސީގެ ރައީސް އަދުރޭއަށްވެސް އެނގިވަޑައިގަންނަވާނެ
 
ވަޑައިނުގެންނެވީ ގައިދީއެއްގެ ގޮތުގައި ބޭބޭފުޅުގެ ކުރިފުޅުމައްޗަށް ވަޑައިގަންނަވަން ޖެހޭތީ
 
ޔާމީން ޝަރުތުކުރީ ޖަނާޒާއަށް ގެނައުމަށް ފަހު މިނިވަންކުރުމަށް

ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ދައްތާފުޅުގެ މޫނު ބަލަން އައުމަށް އެމަަނިކުފާނު ދެކޮޅު ހައްދެވިކަމަށް ރާއްޖެ.އެމްވީގައި ޝާއިރުކުރި ހަބަރާއެކު، ޕީޕީއެމްގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެންދިޔަ އެވެ. ރާއްޖެ.އެމްވީން ގެނެސްދިން ހަބަރަކީ ދޮގު ހަބަރެއްކަމަށް ބުނެ އެތަކެއް ވާހަކަތަކެއް ފެތުރުމަށް މަސައްކަތްކޮށްފައިވެއެވެ. ކިތަންމެ ވަރަކަށް ދޮގުކުރިނަމަވެސް، ކަމުގެ ހަޤީޤަތަކީ އެއީކަން ހުދު އެބޭފުޅުންވެސް ގަބޫލުކުރައްވާނެ އެވެ. އެހެނީ ކަން ހިނގާދިޔައީ އެގޮތަށް ކަމަށްވާތީ އެވެ.

ޔާމީނާ އެއްބަފާ ދައްތާފުޅު މޫމިނާ ޢަބްދުލްޤައްޔޫމް އަވަހާރަވީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.

ޔާމީނުގެ ދައްތާފުޅު ނިޔާވުމާއެކު، ޢާއިލާއިން ވަނީ ޖަނާޒާގައި ބައިވެރިކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ކަރެކްޝަނަލް ސަރވިސްގައި އެދިފައެވެ. އަދި އެކަމާއި ގުޅިގެން އެދުވަހުގެ ހެނދުނު ކޮމިޝަނރަ އޮޕް ފްރިޒަންސް ވަނީ ޔާމީން ގެނައުމަށް ތައްޔާރުވަމުން އަންނަކަން ކަށަވަރު ކޮށްދެއްވާފައެވެ.

ކަރެކްޝަނަލް ސަރވިސްއިން ވަނީ ރައީސް ޔާމީން ޖަނާޒާގައި ބައިވެރިވުމަށް މާލެ ގެނައުމަށް އެ ދުވަހުގެ މެންދުރު 12:30 ގައި ތައްޔާރުވުމަށް އެމަނިކުފާނަށް އަންގަވާފައެވެ. އަދި އެދުވަހުގެ މެންދުރު 1:00 ޖެހިއިރު ލޯންޗެއް ސެކިއުރިޓީއާއެކު ހަމަޖެއްސުމުންވެސް ޔާމީނުގެ ހިލަމެއްވެސް ނުވިއެވެ. ވަޑައިގަތުމަށް ބޭނުން ނުވިއެވެ. ކަރެކްޝަނަލް ސަރވިސް އަށް ރައީސް ޔާމީނު ޝަރުޠުކުރެއްވީ، މާލެއަށް ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އައުމަށްފަހު އަނބުރާ ޖަލަށް ނުގެނައުމަށެވެ. އަދި އަނބުރާ ޖަލަށް ނުގެނެސް ގެއަށް ބަދަލުކުރުމަށް ޝަރުޠުކުރެއްވިއެވެ. އަދި ޖަނާޒާއަށް ވަޑައިގަންނަވާނީ އެކަމަށް އެއްބަސްވުމުންކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ހަޤީޤާތުގައި ޔާމީން ޖަނާޒާއަށް މާލެ އައުމަށްފަހު އެނބުރި ޖަލަށް ވަޑައިނުގަންނަވަން ޝަރުޠުކުރެއްވީ، ސިޔާސީ ޙަޔާތް ފައްޓަވައި ވެރިކަން ކާމިޔާބުކޮށްދެއްވި ބޮޑުބޭބޭފުޅުގެ ކުރިފުޅުމައްޗަށް ޤައިދީއެއްގެ ގޮތުގައި ވަޑައިގަންނަވަންޖެހޭތީއެވެ. މިއަދު ޔާމީން އެ އޮންނެވީ ނުޙައްޤުން ބޭބޭފުޅު ޖަލު ޙުކުމް ތަންފީޒުކުރައްވަމުން ގެންދެވި ގޮޅީގައެވެ.

ޖަނާޒާއަށް ވަޑައިނުގެން ރައީސް ޔާމީން ކުރެއްވި ޝަރުތުތަކުގެ މައުލޫމާތު ސަރުކާރުގެ އިސްބޭފުޅުން ވަގުތުން ވަގުތަށް ގެންދެވީ ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕާއި ހިއްސާކުރައްވަމުންނެވެ. އެކަން އެބޭފުޅުންނަށްވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. އޭގެތެރެއިން އެއް ބޭފުޅަކީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ރައީސް މައުމޫން އަބްދުއްޤައްޔޫމް - ރައީސް މައުމޫން ކުރިފުޅުމައްޗަށް ގައިދީއެއްގެ ގޮތުގައި އަރާވަޑައިގެންނެވުމަށް ރައީސް ޔާމީން ބޭފުޅުވެވަޑައެއް ނުގެންނެވި -- ފޮޓޯ: ރާއްޖެ.އެމްވީ

ކިތަންމެ ވަރަކަށް މީޑިއާތަށް ބަދުނާމުވާގޮތަށް ވާހަކަދެއްކެވިނަމަވެސް އެ ދުވަހު ކަން ހިނގާދިޔަގޮތަކާއި، އޮޅުވާލެވޭނެ ކަމެއް ނޫނެވެ. ކުރެވުނު މުއާމަލާތްކާއި، ދެކެވުނު ވާހަކަތަކާއި، ސަރުކާރުން ހަމަޖައްސައިދިން އިންތިޒާމްތަށް އޮތީ ސާފުކޮށް ފެންނާށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފަނު އަމަލުކުރެއްވިގޮތާއި، ހިލާފަށް ސަރުކާރުން އަމަލުކުރީ އިންސާނިއްޔަތުކަމާއެކު އެވެ. ރައީސް ޔާމީނަކީ އެމަނިކުފާނުގެ ވެރިކަމުގައި އޭރުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ އާއިލީ ބޭފުޅެއްގެ ޖަނާޒާއަށް ވަޑައިގަތުމުގެ ފުރުސަތު ނުދެއްވި ބޭފުޅެވެ. އަމިއްލަފުޅު ބޭބޭފުޅު ޖަލަށްލައްވައި، އެތަކެއް އަނިޔާތަކެއް ދެއްވި ބޭފުޅެވެ. ސިޔާސީ ފައިދާއަށްޓަކައި، އެތަށް ބަޔަކު ޖަލަށްލައި، މަރާ ހަނގުރާމަކޮށް، ދުނިޔެ ދޫކޮށްދިޔައީވެސް އެމަނިކުފާނުގެ ވެރިކަމުގެ ތެރޭގަ އެވެ.

ސަރުކާރުން އެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދިންއިރު ސިޔާސީ ސަބަބަށްޓަކައި ބަޔަކު މީހުން އެވާހަކަ ފެތުރިގޮތް ވިސްނާބައްލަވާށެވެ. އެކަމުގައި ސަރުކާރު ކުށްވެރިކުރުމަށް މަސައްކަތްކުރިއިރު، ރައީސް ޔާމީން ވަޑައިނުގަތީ ޤާއިދީއެއްގެ ގޮތުގައި ހުންނަވައި އައިލާއާއި ބައްދަލުކުރުމަށް ލަދުފުޅުގަންނަވާތީއެވެ. އާއިލާއަށްވުރެ އިސްކުރެއްވީ އެކަމުންވެސް އަމިއްލަ ފައިދާއަށެވެ. ދަނޑިވަޅުގައި ބެއްލެވީ މަނީލޯންޑަރިންގގެ ކުށުން ސަލާމަތްވެވަޑައިގަތުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
46%
18%
2%
12%
8%
14%
ކޮމެންޓް
1 މެއި 2020 | ހުކުރު 22:53
ސުޕޫން
ބޯގަންވިލާ އާއިލާ ބޭފުޅަކުވެސް ޖަލައް ލިޔަސް ވާނީ ހަމަ ތިވަރު ، ތިކަ ހަލަ ޙާލަތެއްގަ
17 އޭޕްރިލް 2020 | ހުކުރު 09:07
މަބްރޫކު
މި ކޮވިޑް 19 އޮއްބާލަން މަ ބުނެގެން ލިޔުުުނު ވަރަށް ފުރިހަމަ ޚަބަރެއް އެވެ,
10 އޭޕްރިލް 2020 | ހުކުރު 20:46
ޖަންބޯ ބުޅި
ތިހާ އޮމާން ކަމާއޮއެކު އަޅައިގަތުމެއްނެތި ތިވަރުގެ ބޮޑު ބުހުތާން ދޮގު ހަދަން ކެރުނީތީ ޝުކުރިއްޔާ
10 އޭޕްރިލް 2020 | ހުކުރު 00:06
ޔާނު
ދެން ޖަލުގަ ވާނުވާގަ ތިބި މީހުންނޯ މިހާރުވެސް.
9 އޭޕްރިލް 2020 | ބުރާސްފަތި 23:58
އައްނިބެ
ރާއްޖެ އެމްވީ އަކުންވެސް ރ ޓީވީ އަކުންވެސް ޔާމީން އާ ބެހޭގޮތުން ތެދު ޚަބަރެއް ގެނެސްނުދޭނެ. ޢެކަން އެ ދެ ފަރާތައްވެސް އިނގޭނެ. ޢެހެން ނޫނަސް އެ ދޭއްޗަކީ ފިތުނަ އުފެއްދުމުގައި 2 ވަނައެއް ނުވާ ދެ މީޑިއާ. ޢެކަން މި މީހުން ސަޕޯޓްކުރާ ޕާޓީގެ ރޫހާނީ ލީޑަރ ނަޝީދުވެސް އޮތީ ފާހަގަކޮށްފަ.
9 އޭޕްރިލް 2020 | ބުރާސްފަތި 22:55
ގަންޖާބޯ
ހަގީގަތޭ؟ ހަހަހަ ހަމަ ހުވާ؟ ތީ މަރު ބުހުތާން.
9 އޭޕްރިލް 2020 | ބުރާސްފަތި 22:08
މޯދީ
ހަޤީ ޤަތަކީ ކަލޭމެން އެންމެންނަކީ ވެސް ފިތުނަ އުފައްދައި ދޭތެރެ ޖެއްސުމާއި، ދޮގު މައުލޫމާތު ފެތުރުމުގައި އަރާ ތިބި ބައެއް
9 އޭޕްރިލް 2020 | ބުރާސްފަތި 20:53
މުހައްމަދު
ވަރައް ބޮޑު ހަސަދައެއް ފިލުވާލާފަ އޮތްލިޔުމެއް ކަމަށް ޤަބޫލުކުރެވޭ ...........އަނެއްކާމި ކޮމެންޓު ފޮނުވަދޭނެބާ ހަމަ އަހާލީ ......
9 އޭޕްރިލް 2020 | ބުރާސްފަތި 20:52
ޢައިޝަ
ދޮގު ހަބަރު ލިޔާ އިރު ހެއްދެވި ފަރާތް މަތިން ހަނދާކޮށްބަލަ...
9 އޭޕްރިލް 2020 | ބުރާސްފަތި 20:32
ޢާދިލް
ހުސް ވަގުން...އޭރުވެސް މިހާރުވެސް ހުސް ވަގުން.. ވެރިކަމޭ ވެރިކަމޭ ބޭނުމީ ވެރިކަމޭ.... ޤައްޔޫމް އާއިލާ އާ ކެރަފާ އާއިލާ... މިލްކެކޭ މިލްކެކޭ... މި ޤައުމަކީ މިލްކެކޭ އަންނި އާ މައުމޫން ބުންޏޭ... އެހެން ނުވާނެޔޭ..ޔާމީނާ އިބޫ ބުންޏޭ... ރަންކޮޅުންޅޭ މިޤައުމު ސަލާމަތްކުރާށޭ މައުމޫނުއާ އަންނި ކިބައިން... އެއީ އޭ ހައްލަކީ ޤައުމަށް.... ޢަދި ބިރަކީވެސް ޤައުމަށް އޮތް
9 އޭޕްރިލް 2020 | ބުރާސްފަތި 20:28
ޙުތުރު
ތީނޫސްވެރިންތަ؟ ނޫނީސިޔާސީއެކްޓިވިސްޓުންތަ؟
9 އޭޕްރިލް 2020 | ބުރާސްފަތި 20:18
އަލީ
ރާއްޖެ އެމްވީ. ނީޑް ޕްރޫފް. ތިހެން މަށަށްވެސް އެއްޗެއް ލިޔެވިދާނެ.