ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 15:41
މިހިނގާ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުން ފެށިގެން ކާފިއު ހިންގި
މިހިނގާ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުން ފެށިގެން ކާފިއު ހިންގި
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
މާލޭ ސިޓީގައި އިއުލާނުކުރި ކާފިއު އުވާލައިފި
 
މަގުމަތީގައި މީހުން އުޅުމާއި، ޕަބްލިކް ޓްރާންސްޕޯޓް ޚިދުމަތް އެގަޑީގައި މަނާ
 
ކާފިއު ހިންގީ ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް
 
މިހިނގާ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުން ފެށިގެން ކާފިއު ހިންގާފައިވޭ

މާލެސިޓީގައި އިއުލާނުކުރި ކާފިއު އުވާލައިފިއެވެ.

ބުރާސްފަތި ދުވަހު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ، އޭޕްރީލް މަހުގެ 9 ވަނަ ދުވަހުން ފެށިގެން ކާފިއު އުވާލާފައިވާ ކަމަށެވެ.

ކާފިއު އިއުލާނު ކުރުމަށް، މިހިނގާ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުމާއި، ޕަބްލިކް ޓްރާންސްޕޯޓް (ބަހާއި ފެރީ) ގެ ހިދުމަތް ހުއްޓައިލަން އަންގާ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވާފައިވެއެވެ.

މާލެ ސަރަހައްދުގެ ކާފިޔު އުވާލި ނަމަވެސް މީހުން އެއްތަނަކަށް ޖަމާވުން ހުއްޓުވުމަށާއި، ގައިދުރުކަން އިތުރުކުރުމަށްޓަކައި ލޯކަލް މާރުކޭޓްތަކާއި ލޯކަލް މަރުކޭޓްތަކާއި ސުޕަރ މާކެޓްތަކާއި، ފިހާރަތަކާއި، އޮފީސްތަކާއި، ބޭންކުތަކާއި، އެހެނިހެން ގޮތް ގޮތުން އާންމު ހިދުމަތްދޭ ތަންތަނުގައި ގައިދުރުކުުރުމުގެ ރަނގަޅު މިންގަނޑުތައް ހުންނާނެ ގޮތަށް އިންތިޒާމް ހަމަޖެހިފައި ހުންނަންވާނެ ކަމަށެވެ. އަދި ހިދުމަތް ހޯދާ ފަރާތްތަކުންވެސް ގައިދުުރުކުރުމުގެ ގޮތްތަކާއި އާދަތަކަށް އިސްކަން ދިނުމަށާއި އެގޮތަށް އަމަލުތައް ބެހެއްޓުމަށް އެޗްޕީއޭއިން ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
0%
0%
0%
100%
0%
0%
ކޮމެންޓް