ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 14:29
ހޯމް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އަބްދުއްރަހްމާން ހަމަޖައްސަވާ އޭނާއަށް ލިޔުން ހަވާލުކުރެއްވުން
ހޯމް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އަބްދުއްރަހްމާން ހަމަޖައްސަވާ އޭނާއަށް ލިޔުން ހަވާލުކުރެއްވުން
ހޯމް މިނިސްޓްރީ
ހޯމް މިނިސްޓްރީ
ހޯމް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އަބުދުއްރަޙްމާން ޞަލާޙު
 
އަބްދުއްރަހްމާން އަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު ކަން ކުރެއްވި ބޭފުޅެއް

މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ޕާމަނަންޓް ސެކެޓްރީގެ މަޤާމަށް އަބްދުއްރަޙްމާން ޞަލާޙު ރަޝީދު އައްޔަނު ކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަޤާމަށް އައްޔަންކުރެއްވި އަބްދުއްރަޙްމާންއަށް މަޤާމުގެ ލިޔުން ޙަވާލުކުރުން އޮތީ ހޯމް މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. މަޤާމުގެ ލިޔުން އޭނާއާ ޙަވާލުކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަލީ ޝަމީމް އެވެ. މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ވަނީ ބައިވެރިވެވަޑައިގަންފަ އެވެ.

ހޯމް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އައްޔަން ކުރި އަބްދުއްރަހްމާން އަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު ކަން ކުރެއްވި ބޭފުޅެކެވެ.

ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމުގައި ކުރިން ހުންނެވި އަލީ ހަމީދު ވަނީ މިދިޔަ އޮކްޓޫބަރުމަހު އެމަޤާމުން ސަސްޕެންޑްކޮށްފައެވެ. އޭނާއަކީ އެމަޤާމަށް 2015 ވަނަ އަހަރު އައްޔަންކުރެއްވި ބޭފުޅެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް