ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 13:16
ކޮރޯނާވައިރަސް ހެލްމެޓް އަޅައިގެން ހުރި އިންޑިއާގެ ފުލުހަކު ޗެކް ޕޮއިންޓެއްގައި އާއްމުންގެ މީހަކާ ވާހަކަ ދައްކަނީ
ކޮރޯނާވައިރަސް ހެލްމެޓް އަޅައިގެން ހުރި އިންޑިއާގެ ފުލުހަކު ޗެކް ޕޮއިންޓެއްގައި އާއްމުންގެ މީހަކާ ވާހަކަ ދައްކަނީ
އޭއެފްޕީ
އޮޅިގެން ބަލިމީހުން ދޫކުރުން
ކޮވިޑް-19 ޖެހިފައިވާ 4 މީހުން އޮޅިގެން އިންޑިއާގެ ހޮސްޕިޓަލަކުން ދޫކޮށްލައިފި
 
ދޫކޮށްލީ ހެދުނު އިދާރީ ކުށަކުން ކަމަށް ބުނޭ
 
ފުލުހުންގެ ޚާއްސަ ޓީމަކުން ގެންދަނީ ހަރަކާތްތެރި ވަމުން

އިންޑިއާގެ ޓެމިންނާޑޫގެ ހޮސްޕިޓަލަކުން އޮޅިގެން ކޮވިޑް-19 ޖެހިފައިވާ 4 މީހަކު ދޫކޮށްލައިފިއެވެ.

ވިއްލުޕޫރަމް ޑިސްޓްރިކްޓްގެ މި ހޮސްޕިޓަލާ ހަވާލާދީ އިންޑިއާޓީވީން ބުނީ އެމީހުން ދޫކޮށްލެވުނީ ހެދުނު އިދާރީ ކުށަކުން ކަމަށެވެ.

ޑިސްޓްރިކްޓް ފުލުހުން ބުނީ މީގެ ތެރޭގައި ހިމެނޭ އެއް އާއިލާ އަކަށް ނިސްބަތްވާ 3 މީހުން މިހާރު ހޯދިފައިވާ ކަމަށެވެ.

ފުލުހުންގެ ޚާއްސަ ޓީމަކުން ގެންދަނީ ހަތަރުވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ވިއްލުޕޫރަމް ޑިސްޓްރިކްޓްގައި ކޮވިޑް-19 ޖެހިފައިވާ 20 މީހުން ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
100%
0%
0%
0%
ކޮމެންޓް