ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 13:04
ޓްވިޓަރގެ ފައުންޑަރ އަދި ސީއީއޯ، ޖެކް ޕެޓްރިކް ޑޯސީ
ޓްވިޓަރގެ ފައުންޑަރ އަދި ސީއީއޯ، ޖެކް ޕެޓްރިކް ޑޯސީ
ގޫގުލް
ކޮވިޑް-19
ޓްވީޓާގެ ފައުންޑަރ އޭނާގެ މާލިއްޔަތުން އެއް ބިލިއަން ޑޮލަރު ކޮވިޑް-19ގެ ރިލީފް ފަންޑަށް ހަދިޔާ ކޮށްފި
 
މިއީ މިހާތަނަށް އެންމެ ބޮޑު އެހީއެއް ވެދިން ފަރާތް
 
އޭނާގެ މިލްކިއްޔާތުގައި ހުރީ 3.6 ބިލިއަން ޑޮލަރު، އޭގެ ތެރެއިން 28 ޕަސެންޓް މިވަނީ ކޮވިޑް-19 ރިލީފް ފަންޑަށް ހަދިޔާ ކޮށްފަ
 
ޖެކް ޑޯސީއަކީ ޓްވިޓަރގެ އިތުރުން ސްކޮޔާގެ ވެސް ފައުންޑަރ އަދި ސީއީއޯ

އެމެރިކާގެ ރައްޔިތެއްކަމަށްވާ ކޮމްޕިއުޓަރ ޕްރޮގްރާމަރ އަދި މަޝްހޫރު ސޯޝަލް ނެޓްވަރކް ޓްވިޓަރގެ ފައުންޑަރ އަދި ސީއީއޯ ޖެކް ޕެޓްރިކް ޑޯސީ އޭނާގެ މާލިއްޔާއިން 1 ބިލިއަން ޑޮލަރު ކޮވިޑް-19 ރިލީފް ފަންޑަށް ހަދިޔާ ކުރައްވައިފިއެވެ.

ޓްވިޓަރގެ އިތުރުން މޮބައިލް ޕޭމަންޓް ޕްލެޓް ފޯމެއްކަމަށްވާ، ސްކޮޔާގެ ސީއީއޯ، ޖެކް ޑޯސީ ބުދަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވާގޮތުގައި، އޭނާގެ އަމިއްލަ މާލިއްޔަތުން އެއް ބިލިއަން ޑޮލަރު، ލިމިޓެޑް ލައަބިލިޓީ ކޮމްޕެނީ (އެލްއެލްސީ) އަށް ހަދިޔާ ކުރެވޭނެ ކަމަށެވެ. އަދި އެލްއެލްސީ އަށް ހަދިޔާ ކުރެވިގެންދާ ހުރިހާ ފައިސާއެއް ބޭނުން ކުރެވޭނީ ދުނިޔޭގެ މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެހީތެރިކަން ފޯރު ކޮށްދިނުމަށް ކަމަށް ވެސް ޖެކް ޑޯސީ ބުނެފައިވެއެވެ.

މީގެއިތުރުން ޖެކް ޑޯސީ ބުނީ، ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެވުމުން އެ ޑޮނޭޝަން ފަންޑުގެ މަޤުޞަދަކަށް ވެގެންދާނީ އަންހެން ކުދިންގެ ޞިއްޙަތާއި، އުނގެނުން ކުރިއެރުވުން ކަމަށެވެ. އަދި ޔުނިވަރސިލް ބޭސިކް އިންކަމް (ޔޫބީއައި) އިން ފަންޑުކުރާނީ ދުނިޔެއަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމަށް ކުރެވޭ ތަހުލީލުތަކަށް ކަމަށް ޖެކް ޑޯސީ ބުނެފައި ވެއެވެ.

ޖެކް ޑޯސީ 1 ބިލިއަން ޑޮލަރު ކޮވިޑް-19 ރިލީފް ފަންޑަށް ހަދިޔާކުރަން ނިންމިއިރު، މިއީ މިހާތަނަށް އެންމެ ބޮޑު ޢަދަދެއް ދޭން ނިންމި ފަރާތެކެވެ. އަދި މިއީ ޖެކް ޖޯސީގެ މިލްކިއްޔާތުގެ 3.6 ބިލިއަން ޑޮލަރުގެ 28 އިންސައްތައެވެ.

ޓެކްނޮލޮޖީގެ ދާއިރާގައި އުޅުއްވާ ފަރާތްތަކުގެ ތެރެއިން، ޖެކް ޖޯސީގެ އިތުރުންވެސް ބައެއް ފަރާތްތަކުން ދަނީ ކޮވިޑް-19އިން އަރައިގަތުމަށް އެހީތެރިވެދެމުންނެވެ. އެގޮތުން ފޭސްބުކްގެ ފައުންޑަރ ޒަކަރބާގް ވަނީ 30 މިލިއަން ޑޮލަރު ހަދިޔާ ކުރައްވާފައެވެ. މައިކްރޯ ސޮފްޓްގެ ބާނީ އަދި ދުނިޔޭގެ އެންމެ މުއްސަނދި ބިލް ގޭޓްސް ވަނީ 100 މިލިއަން ޑޮލަރަށް ވުރެ ގިނައިން އެހީތެރިވެދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް