ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 12:10
އެމްއެމްއޭ
އެމްއެމްއޭ
ޔޫސުފް ސޮފްވާން ރަޝީދު
އެމްއެމްއޭ
އެމްއެމްއޭ އާއި ބޭންކުތައް އަންނަ ހަފުތާގައި ހުޅުވާފައި ހުންނާނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު
 
ބޭންކިންގ ޚިދުމަތް ދޭނީ ހެނދުނު 09:30 ން 12:30 އަށް

ކޮވިޑް-19 އާއި ގުޅިގެން އަންނަ ހަފުތާވެސް ސަރުކާރު ބަންދުކޮށްފައިވާތީ މިދުވަސްތަކުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކުތައް ހުޅުވާފައި ހުންނާނީ އަންނަ ހަފުތާގެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެ ދުވަސްތަކުގައި އެމްއެމްއޭއިން ޢާންމުންނަށް ޚިދުމަތްދޭ ގަޑިތަކާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތަކީ:

ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 09:30 އިން 12:30 އަށް

ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް: ހެނދުނު 09:30 އިން 11:00 އަށް.

ޖެމްސް ބޭނުންނުކުރާ އިދާރާތަކާއި ޢާންމު ފަރާތްތަކުން އެމްއެމްއޭއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ [email protected] މެއިލް މެދުވެރިކޮށް ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރު އަންނަނީ އޮފީސްތަކާއި ސްކޫލްތައް އަދި ޔުނިވަރސިޓީތައް ބަންދުކުރަމުންނެވެ. އަދި ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ނޫނީ މިހާރު ސަރުކާރު އޮފީސްތަކުން ދެމުންނެއް ނުގެންދެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް