ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 11:51
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ފިނޭންސް މިނިސްޓްރީ
ބީލަން ރަޖިސްޓްރީކުރުން ހޯމަ އަދި ބުދަ ދުވަހު
 
ހޯމަ އަދި ބުދަ ދުވަހެއްގެ ހެނދުނު 09:30 އިން 11:30 އަށް ބީލަންތަކަށް، ރަޖިސްޓަރީވުމަށް ދައްކަން ޖެހޭ ފީ ބަލައިގަތުމަށް ހަމަޖެހިފައިވޭ

ކޮވިޑް-19 އާއި ގުޅިގެން އޮފީސް ބަންދު ކޮށްފައި ހުންނަ މުއްދަތުގައި ފިނޭންސް މިނިސްޓްރީން ކުރިއަށްގެންދާ ބީލަންތަކަށް ފައިސާ ބަލައިގަންނާނީ ކޮންމެ ހަފުތާއެއްގެ ހޯމަ އަދި ބުދަ ދުވަހުގައި ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.

އެމިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ހޯމަ އަދި ބުދަ ދުވަހެއްގެ ހެނދުނު 09:30 އިން 11:30 އަށް ބީލަންތަކަށް، ރަޖިސްޓަރީވުމަށް ދައްކަން ޖެހޭ ފީ ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ސަރުކާރު ބަންދުކޮށްފައި އޮންނަތާ މަހެއްވާއިރު ބައެއް ކޮންމެހެން ދޭންޖެހޭ ޚިދުމަތެއްނޫނީ އޮފީސްތަކުން މިހާރު ދެމުންނެއް ނުގެންދެއެވެ. އަނެއްކޮޅުން ސަރުކާރު ބަންދުވެފައި އޮންނައިރު ފިނޭންސް މިނިސްޓްރީން ލިބެންޖެހޭ ޕޭމަންޓް ނުލިބުމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ.

ރާއްޖެއިން މިހާތަނަށް 19 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު 13 މީހަކު ވަނީ ރަނގަޅުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް