ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 11:57
ޖޯ ބައިޑެން
ޖޯ ބައިޑެން
ރޮއިޓަރސް
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީ
ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ބައިޑެން ކާމިޔާބު ކުރައްވައިފި
 
އެމެރިކާގެ ރިޔާސީ އިންތިހާބު އޮންނާނީ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު
 
ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށް ކުރިން ބެލެވުނު ބާނީ ސެންޑާސް ވަނީ ޕްރައިމަރީން ވަކިވެވަޑައިގަންނަވާފަ

މިއަހަރު ފަހުކޮޅު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް، ޑޮނަލްޑް ޓްރަމްޕްއާ ވާދަކުރައްވާ އިދިކޮޅު ޕާޓީގެ ކެންޑިޑޭޓަކަށް އެޤައުމުގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން ވެއްޖެއެވެ.

ބައިޑެން އަށް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓު ކަށަވަރުވީ އޭނާ އާއި އެންމެ ގާތުން ޕްރައިމަރީގައި ވާދަކުރެއްވި ބާނީ ސެންޑަރސް ޕްރައިމަރީން ވަކިވެ ވަޑައިގެންނެވިކަން ބުދަ ދުވަހުގެ ރޭ އިޢުލާނު ކުރެއްވުމާ ގުޅިގެންނެވެ.

ސެންޑަރސް ވަނީ 2016 ވަނަ އަހަރު ވެސް ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާފައެވެ. ނަމަވެސް އެފަހަރު ސެންޑަރސްއާ ވާދަކޮށް އެ ޕާޓީގެ ޓިކެޓު ކާމިޔާބު ކުރެއްވީ އެޤައުމުގެ ކުރީގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަނެވެ.

ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީއާ ވާދަކޮށް، 2016ގައި ބޭއްވި ރިޔާސީ އިންތިޚާބު ކުރެއްވީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޓްރަމްޕެވެ. ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރެއްވީ 304 އިލެކްޓޯރަލް ވޯޓާއެކުގައެވެ. ހިލަރީއަށް ލިބިލެއްވި 227 ވޯޓެވެ. ނަމަވެސް ޕޮޕިއުލަރ ވޯޓަށް ބަލާއިރު ހިލަރީ އަށް ކުރިލިބިފައި ވެއެވެ. އެގޮތުން ހިލަރީއަށް 65،853،514 ވޯޓާއެކު 48.2 ޕަސެންޓް ލިބިފައިވާއިރު، ޓްރަމްޕަށް ލިބިފައިވަނީ 62,984,828 ވޯޓާއެކު، 46.1 ޕަސެންޓެވެ.

މިހާރު ހިނގަމުންދާ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި، ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގެ ކުރީކޮޅު އެ ޕާޓީގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައި އޮތީ ވެސް ސެންޑަރސް އަށެވެ. ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ބޭއްވި ޕްރައިމަރީތަކުން ސެންޑަރސް އަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނާނީ މިއަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް