ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 11:54
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް
ސައުދީ ގެޒެޓް
ކޮވިޑް-19
ސައުދީގެ ރިއެންޓްރީ ވިސާ އިތުރު 3 މަހުގެ މުއްދަތައް އިތުރު ކުރަން ރަސްގެފާނު އަމުރު ކުރައްވައިފި
 
ވިސާގެ ކަންތައްތައް ކުރުމަށް ބިދޭސީ މަސައްކަތްތެރިން ޖަވާޒަތު އޮފީހަށް ދާކަށްވެސް ނުޖެހޭ
 
ވިސާ އިތުރުކޮށްދެނީ، ފެބްރުއަރީ 25 -މޭއި މަހުގެ 24 އާއި ދެމެދު ވިސާގެ މުއްދަތު ހަމަވާ މީހުންނަށް

ކޮވިޑް-19 އާއި ގުޅިގެން ސައުދީޢަރަބިއްޔާއިން ބޭރުނުވެވި ތިބި ބިދޭސީ މަސައްކަތްތެރިންނަށް، ހިލޭ 3 މަސްދުވަހަށް ވިސާ އިތުރުކޮށްދިނުމަށް ސައުދީ ރަސްގެފާނު ސަލްމާން އަބްދުލް ޢަޒީޒު އަމުރުކުރައްވައިފިއެވެ.

ސައުދީ އަރަބިއްޔާގެ ރަސްކަމުގެ ދަރުބާރުން މި ނިންމި ނިންމުމާއި ގުޅިގެން، އެޤައުމުގެ ދަ ޖެނެރަލް ޑިރެކްޓޮރޭޓް އޮފް ޕާސްޕޯޓްސް(ޖަވާޒަތު) އިން މިހާރު ވަނީ ވިސާ އިތުރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ފެބްރުއަރީ މަހުގެ 25 އިން މޭއި މަހުގެ 24 އާއި ދެމެދު ވިސާގެ މުއްދަތު ހަމަވާ މީހުންނަށް، އިިތުރު ތިންމަސްދުވަސް އެއްވެސް ފީއެއް ނެތި އިތުރުކޮށްދިނުމަށް ވަނީ ނިންމާފައެެވެ. ވިސާ މިހާރު ހަމަވެފައި ތިބި މީހުންނަށް އެއްވެސް އަދަބެއްވެސް ނުދޭގޮތައް ވަނީ ނިންމާފައެވެ. މީގެ ކުރިން ސައުދީގައި ވިސާގެ މުދައްތައް ފަހު އެޤައުމުގައި މަޑުކޮށްފިނަމަ ހަރުކަށީ އަދަބުދެެއެވެ.

ވިސާގެ ކަންތައްތައް ކުރުމަށް ބިދޭސީ މަސައްކަތްތެރިން ޖަވާޒަތު އޮފީހަށް ދާކަށްވެސް ނުޖެހެއެވެ. ސައުދީގެ ނެޝަނަލް އިންފޮމޭޝަން ސެންޓަރާއި، މިނިސްޓްރީ އޮފް ފައިނޭންސާއި ގުޅިގެން ޖަވާޒަތު އޮފީހުން ދަނީ އެޤައުމުގެ އެކި ސިނާޢަތްތަކުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ދެނެގަނެ، އިލެކްޓްރޯނިކް ވިސާ ޕޯރޓަލްގެ ތެރެއިން ވިސާގެ ކަންކަން އިންތިޒާމުކުރަމުންނެވެ. ވިސާ އިތުރުކޮށްދޭ މީހުން އަމިއްލަ އައިޑީން ވިސާ ސިސްޓަމަށް ވަދެ، އެކަންކަން ހަމަޖައްސުމަށްފަހު ސައުދީގެ ދާޚިލީ ވުޒާރާއަށާއި، ޚާރިޖިއްޔާއަށް އެކަން އަންގަންޖެހެއެވެ.

ސައުދީއަރަބިއްޔާއިން ފާހަގަކޮށްލެވޭ އެހެން ޚަބަރުތަކައް ބަލާލާއިރު، އެޤައުމުގެ ޖެނެރަލް އޯރގަނައިޒޭޝަން ފޮރ ސޯޝަލް އިންޝުއަރެންސް އިން އެޤައުމުގެ ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާ މުވައްޒަފުންނަސް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. ސައުދީ ރަސްގެފާނު ވަނީ މިހަފުތާގެ ކުރީކޮޅު ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ފަރާތްތަކައް ޚާއްޞަ ފަންޑެއް އިޢުލާނުކުރައްވާފައެވެ. މި ފަންޑުން އެ މުވައްޒަފުންނަށް ވަކި ކަންކަމަށް ބެލުމަށްފަހު ނަޤުދު ފައިސާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ރަސްގެފާނު ވަނީ އަމުރުކުރައްވާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރަސްގެފާނު ނެރުއްވާފައިވާ އެހެނިހެން އަމުރުތަކައް ބަލާލާއިރު، މިދިޔަ ހުކުރު ދުވަހު އާންމުކުރެއްވި އަމުރުފުޅު ފާހަގަކޮށްލެވެއެވެ. އެއީ އެޤައުމުގެ ސަރުކާރު މުވައްޒަފުންނަށް ތިންމަހުގެ މުސާރަ އެޑްވާންސްކޮށް ދިނުމަށް އަމުރެވެ. އެއީ ގާތްގަނޑަކަށް 9 ބިލިއަން ސައުދީ ރިޔާލެވެ. މީގެ އިތުރުން ރަސްގެފާނު ވަނީ އެޤައުމުގެ ރައްޔިތުންނެކޭ އެއް ބީދައިން އެޤައުމުގައި ދިރިއުޅޭ ބިދޭސީންނަށް ކޮވިޑް-19 އާއި ގުޅުން ހުރި ހުރިހައި ފަރުވާއެއް ހިލޭކޮށްދިނުމަށް ކަމާއި ބެހޭ ފަރާތްތަކައް އަމުރުކުރައްވާފައެވެ.

މިއީ ހައްތާވެސް ކޮވިޑް-19 އިން ރައްކާތެރިވެތިބެ، އާއްމު ރައްޔިތުންނާއި، އެޤައުމުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން ސައުދީ ރަސްކަމުގެ ދަރުބާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް