ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 08:19
ޗައިނާގެ ޤަދީމީ ބިނާއެއް
ޗައިނާގެ ޤަދީމީ ބިނާއެއް
ރޮއިޓަރސް
ކޮވިޑް-19
ޗައިނާގައި ކޮވިޑް-19 ގެ ކޭސްތައް ރިޕޯޓުކުރެވޭ މިންވަރު އަނެއްކާވެސް އިތުރުވެއްޖެ
 
އިއްޔެ އެކަނިވެސް ޗައިނާއިން 63 މީހުން ކޮވިޑް-19 ޖެހިގެން ރިކޯޑުކުރެވިފައިވޭ

ޗައިނާގައި ކޮވިޑް-19 ގެ ކޭސްތައް ރިޕޯޓުކުރެވޭ މިންވަރު އަނެއްކާވެސް އިތުރުވާން ފަށާފައިވާކަމަށް އެޤައުމުގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމެއްގައި އެކޮމިޝަނުގެ އިސް މަސްއޫލުވެރިން ވިދާޅުވީ، އިއްޔެ އެކަނިވެސް އެޤައުމުން 63 މީހުންނަށް ކޮވިޑް-19 ޖެހިގެން ރިކޯޑުކުރެވިފައިވާކަމަށެވެ. މިއީ ީމީގެ 62 ދުވަސް ކުރިން އެޤައުމުން ރިކޯޑު ކުރެވުުނު އަދަދަށް ވުރެ ބޮޑޫ އަދަދެއްގެގޮތުގައި އެކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ހާމަކުރާގޮތުގައި، އިއްޔެއަކީ މާރޗްމަހުގެ 25 ވަނަ ދުވަހުގެ ފަހުން އެޤައުމުން އެންމެ ގިނަ ކޭސް ރިޕޯޓުކުރެވުނު ދުވަސްކަމަށެވެ. އެގޮތުން އިއްޔެ ރިޕޯޓުކުރެވުނު 63 ކޭސްގެ ތެރެއިން 61 މީހުންނަކީ އެހެން ޤައުމުތަކަށް ދަތުރުކުރުމަށްފަހު އެނބުރި އައި މީހުން ކަމަށެވެ. ނުވަތަ "އިމްޕޯޓެޑް ކޭސް" ތަކެވެ. އެހެންނަމަވެސް މިމީހުންނަކީ ޗައިނާގެ ރައްޔިތުންކަމެއް ނުވަތަ ބިދޭސީންކަމެއް އެކޮމިޝަނުން ބުނެފައެއް ނުވެއެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކައް ބަލާއިރު، ޗައިނާގައި މިހާތަނަށް81,865މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، މީގެތެރެއިން3,335މީހަކު ވަނީ މަރުވެފައެވެ. އަދި މިހާރުވެސް1,160އަށް ފަރުވާދެމުންދާއިރު މީގެތެރެއިން176ޙާލަތު ވަރަށް ގޯސްކަމަށް ޚަބަރުލިބެއެވެ. އަދި ފަރުވާދީގެން77,370މީހުން ވަނީ ރަނގަޅުކުރެވިފައެވެ.

ކޮވިޑް-19 ވައިރަސް އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ހުބޭއީ ޕްރޮވިންސްގެ ވޫހާން ސީޓީން މިދިޔައަހަރުގެ ޑިސެންބަރު މަހުގެ ފަހުކޮޅުގައެވެ. އަދި ވައިރަސް ކޮންޓްރޯލް ކުރުމަށް އެޤައުމުގައި ކުރެވުނު މަސައްކަތުގެ ދަށުން ފެބްރުއަރީމަހިގެ ތޭރޭގައި ވައިރަސް ކޮންޓްރޯލް ކުރެވުނެވެ. އެހެންނަމަވެސް، އެކި ބޭނުންތަކައް ޤައުމުން ބޭރަށް ގޮސް ތިބި އެޤައުމުގެ ރައްޔިތުން އަނބުރާ އަންނަން ފެށުމާއެކު، އޭގެ ތެރެއިން ބައެއް މީހުން ވައިރަސްއަށް ޕޮޒިޓިވްވާން ފެށުމުން، އަނެއްކާވެސް ދެވަނަ ބުރަކަށް ވައިރަސް ނުރައްކާ މިންވަރަށް ފެތުރިދާނެކަމުގެ ބިރުވަނީ ހީވެފައެވެ. ޗައިނާގެ އިސް މަސްއޫލުވެރިން ވިދާޅުވާގޮތުގައި މީގެ ތެރޭގައި ގިނައީ އެހެން ޤައުމުތަކުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ޗައިނާގެ ދަރިވަރުންނާއި އެކި ބޭނުންތަކައް އެހެން ޤައުމުތަކައް ދަތުުރުކުރި އެޤައުމުގެ މީހުންނެވެ. މިހާތަނަށް އައިއިރު މިފަދަ 1،103 ކޭސް ރިކޯޑުކުރެވިފައިވާކަމަށް ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނެއެވެ.

ވައިރަސް ފެނުނު ވުހާން ސިޓީން ފާއިތުވި ތިން ހަފުތާގައި ރިކޯޑުކުރެވިފައިވަނީ އެންމެ 3 ކޭސްއެވެ. 11 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވޫހާން ސިޓީ "ލޮކް ޑައުން" ކުރުމަށްފަހު މިހާރު ވަނީ އެ އޫޞޫލު އުވާލާ އާންމުކޮށް ހުޅުވާލާފައެވެެ.

Advertisement
0%
0%
100%
0%
0%
0%
ކޮމެންޓް